ކޮޕް26 ގެ ކުރިން އިންޒާރެއް: ގްރީންހައުސް ގޭސް ރިކޯޑް މިންވަރަށް މަތިވެއްޖެ

ފްރާންސްގެ ފެކްޓްރީއަކުން ޖައްވަށް ވިހަ ގޭސްތައް ބޭރު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ ފެކްޓްރީއަކުން ޖައްވަށް ވިހަ ގޭސްތައް ބޭރު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޖެނީވާ، ސްވިޓްޒަލޭންޑް (އޮކްޓޯބަރު 26) - ދުނިޔޭގެ އެޓްމޮސްފިއާގައިވާ ގްރީންހައުސް ގޭސް ރިކޯޑު މިންވަރަށް މަތިވެފައިވާ ކަމުގެ އިންޒާރު އދ. އިން ދީފި އެވެ.

އދ. އިން ނެރުނު ރިޕޯޓެއްގައި އެހެން ބުނެފައި ވާއިރު، މި މަހު ފަށާ މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ސަމިޓުން ރަނގަޅު ނަތީޖާއެއް ނުލިބިދާނެތީ އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅުކުރި އެވެ.

"އަޅުގަނޑު އެންމެ ކަންބޮޑުވަނީ ގޯސްކޮށް ހިނގައިދާނެތީ،" އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ އެވެ.

ނަމަވެސް 12 ދުވަހުގެ މަޝްވަރާ އަށް ފަހު އެއްބަސްވުމަކަށް އައުމުގެ އުއްމީދު ބޮޑު ކަމަށް ވިދާޅުވި އެވެ.

ކޮޕް26 ސަމިޓު އޮންނާނީ އޮކްޓޯބަރު 31 އިން ނޮވެމްބަރު 12 އަށް ސްކޮޓްލޭންޑުގެ ގްލާސްގޯގަ އެވެ. ގައުމުތަކުން ސަމިޓަށް ދާނީ ދުނިޔެ ހޫނުވިޔަ ނުދީ ހިފެހެއްޓުމަށް ކުރާނެ ކަންކަމުގެ ޕްލޭން ހިފައިގެންނެވެ.

އދ. ގެ ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަނުން ބުނީ ގްރީންހައުސް ގޭސް ބޭރުކުރުން މަދު ނުކުރެވޭ ނަމަ ދުނިޔެ ހޫނުވުން ނުހުއްޓުވޭނެ ކަމަށާއި އާދަޔާ ހިލާފަށް ވަރުގަދަ މޫސުމީ ހަރަކާތްތަކާ ކުރިމަތިވާނެ ކަމަށެވެ.

ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ އިން އިތުރަށް ބުނީ ކޮވިޑް ބަލިމަޑުކަމާ ހެދި އިގްތިސާދުތައް ހުއްޓުމުން ގޭސް ބޭރު ކުރުން މަދުވި ނަމަވެސް، މިހާރު އެޓްމޮސްފިއާގައި ތާށިވެފައި ހުރި ގްރީންހައުސް ގޭސްގެ މިންވަރަށް އޭގެން އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ.

އެ އިދާރާގެ ގްރީންހައުސް ގޭސް ބުލެޓިންގައި ބުނީ މިދިޔަ އަހަރު ގްރީންހައުސް ގޭސް އިތުރުވި މިންވަރު ހުރީ 2011 އާއި 2020 ވަނަ އަހަރާ ދެމެދުގެ އެވްރެޖަށް ވުރެ މަތީގައި ކަމަށާއި އެ ޓްރެންޑު މި އަހަރު ވެސް ފެންނަމުންދާ ކަމަށެވެ.

ޖައްވަށް ބޭރު ކުރާ ގޭސްތަކުގެ ތެރެއިން ދުނިޔެ ހޫނުވުމަށް އެންމެ ބޮޑަށް މަގުފަހިކުރަނީ ކާބަންޑައިއޮކްސައިޑެވެ. އެހެންވެ، ކާބަން ބޭރު ކުރުން މަދުކުރި ނަމަވެސް މިހާރު އެޓްމޮސްފިއާގައި ތާށިވެފައި ހުރި ކާބަންގެ އަސަރު ގިނަ އަހަރުތަކެއް ވަންދެން ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox