ނިއު ޒިލޭންޑް ބަލިކޮށް، ޕާކިސްތާނަށް ދެ ވަނަ މޮޅެއް

Oct 27, 2021, 5:38 AM
ނިއު ޒިލޭންޑް ބަލިކޮށް، ޕާކިސްތާނަށް ދެ ވަނަ މޮޅެއް

ޝާރްޖާހް (27 އޮކްޓޯބަރު) - ޓީ20 ވޯލްޑް ކަޕްގައި ރޭ ނިއު ޒިލޭންޑް އަތުން ފަސް ވިކެޓުން މޮޅުވެ، ޕާކިސްތާނުން މި މުބާރާތުގައި ދެ ވަނަ މޮޅު ހޯދައިފި އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ތާރީހީ މޮޅެއް ހޯދި ޕާކިސްތާނުން ރޭގެ މެޗުގައި އެންމެ ފުރަތަމަ ނިކުތީ ފީލްޑްކުރާށެވެ.

ނިއު ޒިލޭންޑުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި 8 ވިކެޓަށް ހެދީ 134 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ 27 ލަނޑު ހެދި ޑެވޯން ކޮންވޭ އާއި ޑެރީލް މިޝެލް އަދި 25 ލަނޑު ހެދި ޓީމުގެ ކެޕްޓަން ކޭން ވިލިއެމްސަނެވެ. ޕާކިސްތާނުގެ ބޯލަރު، ހާރިސް ރައުފް ހަތަރު ވިކެޓު ނެގި އެވެ.

ޕާކިސްތާން މެޗުން މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ ޝުއެއިބް މާލިކް އަދި އާސިފް އަލީގެ ޕާޓްނަޝިޕެވެ. އާސިފް 27 ލަނޑު ހެދިއިރު، ޝުއެއިބް ވަނީ 26 ލަނޑު ހަދައިފަ އެވެ.

މި މޮޅާއެކު، ޕާކިސްތާނުން ވަނީ ސެމީ ފައިނަލްގެ އުންމީދު ބޮޑުކޮށްފަ އެވެ. މި ގުރޫޕްގައި ޕާކިސްތާނަށް ބާކީ ދެން އޮތީ އަފްގާނިސްތާނާއި ނެމީބިއާ އަދި ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ މެޗެވެ.

މި މުބާރާތުގައި އިއްޔެ ދެކުނު އެފްރިކާ އަތުން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ވެސްޓް އިންޑީސް އަށް މުބާރާތުގެ ދެމި އޮތުމުގެ އުންމީދުތައް ވަނީ ކުޑަވެފަ އެވެ. ވެސްޓް އިންޑީސް މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވުމާއެކު، އެ ޓީމަށް ދެން ފައިނަލްގެ އުންމީދެއް އޮތީ ބާކީ އޮތް ތިން މެޗުން މޮޅުވެގެނެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox