ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުގެ އަސަރު: ކިހިނެއް ވާ ކަމެއް؟

މޫސުމީ ބަދަލާ ގުޅޭ އެއްވުމެއްގައި ދުނިޔެ ރައްކާތެރި ކުރުމަށް ގޮވާލައި ގެންގުޅުނު ޕޯސްޓަރެއް.

މޫސުމީ ބަދަލާ ގުޅޭ އެއްވުމެއްގައި ދުނިޔެ ރައްކާތެރި ކުރުމަށް ގޮވާލައި ގެންގުޅުނު ޕޯސްޓަރެއް.

ދުނިޔޭގެ ފިނިހޫނުމިން މަތިވަމުން ދަނީ އިންސާނުންގެ އަމަލުތަކާ ހެދި އެވެ. އޭގެ ސަބަބުން ކުރިމަތިވެފައިވާ މޫސުމީ ބަދަލުގެ އަސަރު އިންސާނުންގެ ދިރިއުޅުމުގެ ހުރިހާ ކަމަށް ވަނީ ކުރަން ފަށާފަ އެވެ.

އަޅާ ނުލައި ދޫކޮށްލައިފި ނަމަ، ދުނިޔެ އާދަޔާ ހިލާފަށް ހޫނުވުމުގެ މައްސަލައާ ކުރިމަތިވާނެ އެވެ. އެއާއެކު ކަނޑުގެ ލޮނުގަނޑު އުފުލި، ބައެއް ދިރުންތައް އެއްކޮށް ނެތިގެން ދިޔުމުގެ ބިރު އެބަ އޮތެވެ.

މޫސުމީ ބަދަލާ ދެކޮޅަށް ގިނަ ގޮންޖެހުންތައް ހުރި ނަމަވެސް، ބައެއް ކަހަލަ ހައްލުތައް ވެސް އެބަ ހުއްޓެވެ.

ކްލައިމެޓް ޗޭންޖު ނުވަތަ މޫސުމީ ބަދަލަކީ ކޮބާ؟

ކްލައިމެޓަކީ އެ ތަނެއްގެ މޫސުން ދިގު މުއްދަތެއްގައި އެވްރެޖުކޮށް އޮތް ގޮތަށް ކިޔާ ނަމެކެވެ. ކްލައިމެޓް ޗޭންޖު ނުވަތަ މޫސުމީ ބަދަލަކީ އެ ތަނެއްގެ އެވްރެޖް މޫސުން ބަދަލުވާން ފެށުމެވެ.

މޫސުމީ ބަދަލުތައް ހަލުވި ދުވެއްޔެއްގައި މިހާރު ފެންނަމުން ދަނީ އިންސާނުންގެ ބޭނުންތަކަށް ތެލާއި، ގޭސް އަދި ކޯލް އެތައް ދުވަހެއް ވަންދެން އެންދުމުގެ ސަބަބުންނެވެ.

މި ފޮސިލް ފިޔުލްތައް އެންދުމުން އޭގެން ޖައްވަށް ބޭރު ކުރަނީ ގްރީންހައުސް ގޭހެވެ. އޭގައި އެންމެ ގިނައިން ހިމެނެނީ ކާބަންޑައިއޮކްސައިޑެވެ. މި ގޭސްތަކުގެ ސަބަބުން އިރުގެ ހޫނު ދުނިޔޭގެ އެޓްމޮސްފިއާ ތެރޭގައި ބަންދުވެ، ދުނިޔޭގެ ފިނިހޫނުމިން މަތިވުމަށް މަގުފަހިކުރުވަ އެވެ.

ދުނިޔެ މި ވަގުތު މިއޮތީ 19 ވަނަ ގަރުނާ އަޅާ ބަލާއިރު، 1.2 ޑިގްރީ ސެލްސިއަސް ހޫނުކޮށެވެ. އަދި އެޓްމޮސްފިއާގައި ހުރި ކާބަންޑައިއޮކްސައިޑް ވަނީ 50 ޕަސެންޓުން އިތުރުވެފަ އެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި މޫސުމީ ބަދަލުގެ އަސަރު ކުޑަކުރަން ބޭނުން ނަމަ ދުނިޔެ ހޫނުވުން ކޮންޓްރޯލް ކުރަން ޖެހެ އެވެ. އެގޮތުން 2100 ވަނަ އަހަރާ ހަމައަށް ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަނުދީ ހިފަހައްޓަން ޖެހެ އެވެ.

ދުނިޔެ ހޫނުވަމުންދާ ގޮތް ދައްކުވައިދޭ ޗާޓެއް.
ދުނިޔެ ހޫނުވަމުންދާ ގޮތް ދައްކުވައިދޭ ޗާޓެއް.

ދުނިޔެ ހޫނުވަމުންދާ ގޮތް ދައްކުވައިދޭ ޗާޓެއް.

ނަމަވެސް އެކަން ހާސިލްކުރެވެން އޮތީ ފިޔަވަޅުތަކެއް އަޅައިގެންނެވެ. ފިޔަވަޅު ނާޅައިފި ނަމަ މި ގަރުނު ނިމޭއިރު ދުނިޔެ ދެ ޑިގްރީ ސެލްސިއަސް އިން ހޫނުވާނެ އެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެއްވެސް ކަމެއް ނުކޮށް ތިބެފި ނަމަ ދުނިޔެ ހޫނުވުން ހަތަރެއް ޑިގްރީ ސެލްސިއަސް އަށް ވުރެ ވެސް މަތިވުން އެކަށީގެންވެ އެވެ. އެހެން ވެއްޖެ ނަމަ އާދަޔާ ހިލާފަށް ހޫނުގަދަވެ، ކަނޑުގެ ލޮނުގަނޑު އުފުލި އެތައް މިލިއަން ބަޔެއްގެ ގެދޮރު ގެއްލު، ގަސްގަހާއި ޖަނަވާރުތަކަށް އިއާދަނުކުރެވޭ ބޮޑެތި ގެއްލުންތައް ވާނެ އެވެ.

ކްލައިމެޓް ޗޭންޖު އިމްޕެކްޓު ނުވަތަ މޫސުމީ ބަދަލުގެ އަސަރަކީ ކޮބާ؟

އާދަޔާ ހިލާފަށް ބާރުގަދަ މޫސުމީ ހަރަކާތްތައް މިހާރު ވެސް ހިނގުމުގެ ސަބަބުން މީހުން މަރުވެ، އާމްދަނީ ގެއްލޭ ހާލަތްތައް ވަރަށް ގިނައިން އަންނަނީ މެދުވެރިވަމުންނެވެ.

އިތުރަށް ހޫނުވަމުންދާ ނަމަ ދުނިޔޭގެ ބައެއް ހިސާބުތަކުގައި ދިރިނޫޅެވޭނެ އެވެ. އެއީ ބައެއް ދަނޑުބިންތައް ސަހަރާތަކަށް ބަދަލުވުމުގެ ފުރުސަތު އޮތުމުންނެވެ. އެއާ ހިލާފަށް ބައެއް އެހެން ހިސާބުތަކުގައި އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި، މީގެ ކުރިން ދުވަހަކު ވެސް ފެންބޮޑުނުވާ މިންވަރަށް ދަނީ ފެންބޮޑުވަމުންނެވެ. ދާދި ފަހުން ޗައިނާ، ޖަރުމަނުވިލާތް، ބެލްޖިއަމް އަދި ނެދަލެންޑްސް އަށް ދިމާވީ އެ ހާލަތެވެ.

މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ މޫސުމީ ބަދަލަށް ތައްޔާރު ވާނެ ފައިސާ ނެތް ފަގީރު ގައުމުތަކުގެ ރައްޔިތުންނަށެވެ. މިހާރު ވެސް ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދަނޑުވެރިންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ މާ ބޮޑަށް ހޫނުވާތީ ދަނޑުތައް ހަލާކުވާ މައްސަލަ އެވެ.

އޭގެ އިތުރުން ކަނޑުތަކާއި ކަނޑުގެ ދިރުންތަކަށް ވެސް ނުރައްކާ އެބަ އޮތެވެ. މިސާލަކަށް، އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފްގެ މުރަކަތަކުގެ ދެބައިކުޅައެއްބައި މިހާރު ވަނީ މަރުވެފަ އެވެ.

ގްރޭޓް ބެރިއާ ރީފްގެ މުރަކަތައް މަރުވެފައި.
ގްރޭޓް ބެރިއާ ރީފްގެ މުރަކަތައް މަރުވެފައި.

ގްރޭޓް ބެރިއާ ރީފްގެ މުރަކަތައް މަރުވެފައި.

ޖަންގަލިތަކުގައި ރޯވުން ވަނީ އިތުރުވެފަ އެވެ. ސައިބީރިއާ ފަދަ ތަންތަނުގައި ހުރި ގަނޑުފެންތައް ވިރެން ފެށުމުން، އެތައް ގަރުނެއް ވަންދެން ބަންދުވެފައި ހުރި ގްރީންހައުސް ގޭސްތައް އަނެއްކާވެސް ޖައްވުގެ ތެރެއަށް ދޫވެގެން ދާނެ އެވެ.

ދުނިޔެ ހޫނުވުމުން ޖަނަވާރުންނަށް ކާތަކެއްޗާއި ފެން ހޯދަން އުނދަގޫވެ، އެ ތަކެތި ދިރިއުޅޭ މާހައުލު ހަލާކުވާން ފަށާނެ އެވެ. މިސާލަކަށް، ގަނޑުފެންތައް ވިރެން ފެށުމުން ޕޯލާ ބެއާތައް މަރުވެ، އެތަށް ދުވާލެއްގެ މައްޗަށް ބޭނުންވާ 150-300 ލީޓަރުގެ ފެން ހޯދަން ދަތިވާނެ އެވެ.

ސައިންސްވެރިން ދެކޭ ގޮތުގައި ފިޔަވަޅު ނާޅައިފި ނަމަ މި ގަރުނުގެ ތެރޭގައި މަދުވެގެން 550 ދިރުން ނެތިގެން ދާނެ އެވެ.

ސަރުކާރުތަކުން ކުރަނީ ކޮން މަސައްކަތެއް؟

ހުރިހާ ގައުމަކުން ވެސް އެއްބަސްވަނީ އެކުގައި މަސައްކަތްކޮށްގެން މޫސުމީ ބަދަލު ކޮންޓްރޯލް ކުރެވިދާނެ ކަމަށޭވެ. ޕެރިސްގައި 2015 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން އެއްބަސްވީ 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދީ ފިނިހޫނުމިން ދެމެހެއްޓުމަށެވެ.

އޮކްޓޯބަރު 31 އިން ނޮވެމްބަރު 12 އަށް ސްކޮޓްލޭންޑުގެ ގްލާސްގޯގައި އޮންނަ މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ބައްދަލުވުން، ކޮޕް26 ބޭނުމަކީ 2030 އާ ހަމައަށް ދިޔުމުގެ ކުރިން ކާބަން މަދުކުރަން ގައުމުތަކުން އަޅާނެ ފިޔަވަޅުތައް ކަނޑައަޅައި ފައިނަލްކުރުމެވެ.

ގިނަ ގައުމުތަކުން ވައުދުވެފައި ވަނީ 2050 އާ ހަމައަށް ދާއިރު ކާބަން ނެޓް ޒީރޯ ހާސިލްކުރުމަށެވެ. ނެޓް ޒީރޯގެ މާނައަކީ ޖައްވަށް ދޫކުރާ ގޭހާއި ޖައްވުން ނައްތާލާ ގޭސް ބެލެންސް ކުރުމެވެ.

އިރުގެ އަވިން ހަކަތަ އުފައްދަން ގެޔެއްގައި ސޯލާ ޕެނަލް ހަރުކޮށްފައި.
އިރުގެ އަވިން ހަކަތަ އުފައްދަން ގެޔެއްގައި ސޯލާ ޕެނަލް ހަރުކޮށްފައި.

އިރުގެ އަވިން ހަކަތަ އުފައްދަން ގެޔެއްގައި ސޯލާ ޕެނަލް ހަރުކޮށްފައި.

ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި އެ ލަނޑުދަނޑިއަށް ވާސިލްވެވިދާނެ އެވެ. ނަމަވެސް އެކަން ވާނީ ސަރުކާރުތަކާއި، ވިޔަފާރިތަކާއި، ވަކިވަކި ފަރުދުންގެ އަމަލުތަކަށް ބޮޑު ބަދަލުތަކެއް ގެނެސްގެންނެވެ.

ވަކިވަކި ފަރުދުންނަށް ކުރެވޭނީ ކޮން ކަމެއް؟

މޫސުމީ ބަދަލުގެ އަސަރު ކުޑަ ކުރަން އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހެނީ ސަރުކާރުތަކާއި ވިޔަފާރިތަކެވެ. ނަމަވެސް ވަކިވަކި ފަރުދުންނަށް ކުރެވިދާނެ ކަންކަން ވެސް އެބަ ހުއްޓެވެ.

އެގޮތުން ވައިގެ ދަތުރު ކުރުން މަދު ކުރުމާއި، އެއްގަމު ދަތުރަށް ކަރަންޓު ކާރު ނުވަތަ ސައިކަލް ބޭނުން ކުރުމާއި، މަދުން ހަކަތަ ބޭނުން ކުރާ "އެނާޖީ އެފިޝަންޓް" ސާމާނު ގެޔަށް ހޯދުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox