18 ރަށެއްގައި ރިސޯޓު ހަދަން ބީލަން ހުޅުވާލައިފި

ރިސޯޓު ތަރައްގީކުރަން އިއުލާނުކުރި ބައެއް ރަށްތައް. -- ފޮޓޯ: ގޫގްލް އާތް

ރިސޯޓު ތަރައްގީކުރަން އިއުލާނުކުރި ބައެއް ރަށްތައް. -- ފޮޓޯ: ގޫގްލް އާތް

ފަތުރުވެރިކަމުގެ ބޭނުންތަކަށް ރަށްތައް ދޫކުރުމުގެ ތިންވަނަ މަރުހަލާގައި ރިސޯޓު ތަރައްގީކުރަން 18 ރަށެއްގެ ބީލަން މިއަދު ހުޅުވާލައިފި އެވެ.

މިހާރު ކުރިޔަށްދާ ދުބާއީ އެކްސްޕޯގައި ރިސޯޓު ހަދަން ބީލަން ހުޅުވާލި ރަށްތަކުގެ ތެރޭގައި ގިނައީ އެންމެ ފަހުން ބީލަން ހުޅުވާލައިގެން ނުވިކުނު ރަށްރަށެވެ.

އޭގެ އިތުރުން މިފަހަރު ބީލަން ހުޅުވާލީ ރަށްތަކަކީ ހއ. މެދަފުއްޓާއި ށ. ކުޑަޅައިމެންދޫ އާއި ރ. އެއްތިގިލި ހިމެނޭ ގޮތަށް އަލިފުށި ފަޅުން 10 ހެކްޓަރާއި. ފ. އެނބުލުފުށި އަދި ފ. ޖިންނަތުގައު އެވެ.

ކުރިން ފަހަރު ބީލަން ހުޅުވާލި ރަށްތަކުގެ ތެރެއިން މިފަހަރު ބީލަމަށް ނުލީ އެފަހަރު ވިކުނު ހަމައެކަނި ރަށް ކަމުގައި ހއ. ވެލިފިނޮޅާއި، ތ. ކަނިމީދޫ އެވެ.

ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތައް

  • ހއ. މެދަފުށި - 10.90 ހެކްޓަރު
  • ހއ. އަލިދުއްފަރުފިނޮޅު - 3 ހެކްޓަރު
  • ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު
  • ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު
  • ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު
  • މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު
  • މ. މާއުސްފުށި - 10.40 ހެކްޓަރު
  • ފ. އެނބުލުފުށި - 1.00 ހެކްޓަރު
  • ފ. ޖިންނަތުގައު - 0.89 ހެކްޓަރު
  • ތ. ކާއްޑޫ - 3.9 ހެކްޓަރު
  • ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު
  • ލ. ކަށިދޫ - 3.1 ހެކްޓަރު
  • ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު
  • ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު
  • ގއ. މާރެހާ - 17 ހެކްޓަރު
  • ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު
  • ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު
  • ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް - 9.26 ހެކްޓަރު

ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ މި ރިސޯޓުތައް ނަގަން ޝައުގުވެރިވާ އިންވެސްޓަރުންނަށް ނޮވެމްބަރު 4، 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އަދި ޖެނުއަރީ 20، 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ޒޫމް މެދުވެރިކޮށް ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.

މިނިސްޓްރީން ވަނީ މި މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީ ވެގެން މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފަ އެވެ.

މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކަށް ފަހު، ބީލަން ހުށަހަޅަން ހަތަރު މަސް ދުވަސް ލިބޭނެ އެވެ.

އެގޮތުން ހއ، ހދ، ށ، ރ އަތޮޅާއި މ، ފ، ތ އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅޭނެ ސުންގަޑިއަކީ 27 ފެބްރުއަރީ އެވެ. ލ، ގއ، ގދ. އަތޮޅުގެ ރަށްތަކަށް ބީލަން ހުށަހެޅޭނެ ސުންގަޑިއަކީ 28 ފެބްރުއަރީ އެވެ. މި ބީލަން ފޮއްތަށް އޮކްޓޫބަރު 31 އިން ފެށިގެން ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox