އޭޝިއާ އަށް މިހާތަނަށް އެންމެ ހޫނުވީ 2020 ވަނަ އަހަރު

ފަހަކަށް އައިސް އިންޑިއާ އާއި އޭޝިއާގެ އެހެން ގައުމުތަކަށް އާދަޔާ ހިލާފަށް ހޫނުވުމުގެ މައްސަލަ ދަނީ ދިމާވަމުން.

ފަހަކަށް އައިސް އިންޑިއާ އާއި އޭޝިއާގެ އެހެން ގައުމުތަކަށް އާދަޔާ ހިލާފަށް ހޫނުވުމުގެ މައްސަލަ ދަނީ ދިމާވަމުން.

ޖެނީވާ، ސްވިޓްޒަލޭންޑް (އޮކްޓޯބަރު 26) - ރިކޯޑުތައް ބަލަހައްޓަން ފެށި ފަހުން މިހާތަނަށް އޭޝިއާ އަށް އެންމެ ހޫނުގަދަވީ 2020 ވަނަ އަހަރުގައި ކަމަށް އދ. އިން ބުނެފި އެވެ.

އދ. ގެ ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން އިން ކޮންމެ އަހަރަކު ނެރޭ "ސްޓޭޓް އޮފް ދަ ކްލައިމެޓް އިން އޭޝިއާ" ރިޕޯޓުގައި ބުނީ ހޫނުވުމުގެ މައްސަލަ އޭޝިއާގެ ހުރިހާ ހިސާބަކަށް ވެސް ކުރި ކަމަށެވެ.

"ދެމެހެއްޓެނިވި ތަރައްގީ އަށް ދަނީ ހުރަސް އެޅެމުން. ކާބޯތަކެއްޗާއި ފެނުގެ ޔަގީންކަން ކުޑަވަމުން ދިޔުމާއި ސިއްހީ ނުރައްކާތަކާއި ތިމާވެށި ހަލާކުވެގެން ދިޔުމުގެ މައްސަލަތައް ވަނީ އިތުރުވެފައި."

އެ ރިޕޯޓުގައި ވަނީ މޫސުމީ ބަދަލާ ގުޅިގެން ދިމާވި ހާދިސާތަކުގެ ސަބަބުން 2020 ވަނަ އަހަރު އޭޝިއާގެ ގައުމުތަކަށް ލިބުނު ގެއްލުމުގެ އެވްރެޖް ވެސް ހިމަނާފަ އެވެ.

އިގްތިސާދުގެ ސައިޒަށް ބަލާއިރު ތަޖިކިސްތާނަށް ލިބުނު ގެއްލުމަކީ ޖީޑީޕީގެ 7.9 ޕަސެންޓެވެ. އޭގެ އިތުރުން ކެމްބޯޑިއާ އަށް ޖީޑީޕީގެ 5.9 ޕަސެންޓު އަދި ލާއޯސް އަށް ޖީޑީޕީގެ 5.8 ޕަސެންޓު ގެއްލުން ލިބުނެވެ.

އިތުރަށް ހޫނުގަދަވާނެ ކަމަށް ލަފާކުރެވޭތީ އޭޝިއާގެ ގައުމުތަކުގައި އިމާރާތްތަކުގެ ބޭރުގައި މަސައްކަތުގައި ހޭދަކުރާ ވަގުތު އިތުރަށް މަދުވެގެން ދާނެ ކަމަށް ރިޕޯޓުގައި ބުނެފައި ވެ އެވެ. އޭގެ ސަބަބުން އެތައް ބިލިއަން ޑޮލަރުގެ ގެއްލުންވުން އެކަށީގެންވެ އެވެ.

"މި ހުރިހާ ކަމެއް އެއްކޮށްލުމުން، ދިގު ރާސްތާގެ ދެމެހެއްޓެނިވި ތަރައްގީ އަށް ބޮޑެތި އަސަރުތަކެއް ކުރާނެ."

ރިޕޯޓުގައިވާ ގޮތުން 2020 ވަނަ އަހަރު އޭޝިއާގައި ފެންބޮޑުވުމާއި ތޫފާންތަކުގެ އަސަރު 50 މިލިއަން މީހުންނަށް ކުރިމަތިވެ، 5،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

އޭޝިއާގައި މިހާތަނަށް ރިކޯޑު ކުރި އެންމެ ހޫނު އަހަރުގެ ގޮތުގައި 2020 ވަނަ އަހަރުވެފައި ވަނީ 1981-2010 ވަނަ އަހަރާ ދެމެދުގެ އެވްރެޖަށް ވުރެ 1.39 ޑިގްރީ ހޫނުވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox