ރާއްޖެ ގްރޫޕްގައި އޮތް އަފްގާނިސްތާނަށް އޭއެފްސީ ކޮލިފައިންނަށް ނުދެވުނު

Oct 26, 2021, 5:39 AM
ރާއްޖެ ގްރޫޕްގައި އޮތް އަފްގާނިސްތާނަށް އޭއެފްސީ ކޮލިފައިންނަށް ނުދެވުނު

މިހާރު ކުރިއަށްދާ އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް އަފްގާނިސްތާނުގެ 23 އަހަރުން ދަށުގެ ޓީމަށް ބައިވެރިނުވެވުނު ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.

އަފްގާނިސްތާންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަފްގާނިސްތާންގެ ޓީމަށް ކޮލިފައިންގައި ބައިވެރިނުވެވުނީ މި ވަގުތު އެ ގައުމުގެ ހާލަތު އޮތް ގޮތުން، މުބާރާތުގެ މެޗުތަކަށް ބާއްވާ ބަހުރޭނަށް ދެވޭނެ ގޮތެއް ނެތުމުން ކަމަށެވެ.

"އަފްގާނިސްތާންގެ 23 އަހަރުން ދަށުގެ ޓީމު ކޮލިފައިން މެޗުތަކަށް ފޮނުވުމަށް ފުޓްބޯލް ފެޑަރޭޝަނުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރި ނަމަވެސް، އަފްގާނިސްތާން ހާލަތު މި ވަގުތު އޮތް ގޮތުން އެކަން ކާމިޔާބެއް ނުވި،" އަފްގާނިސްތާންގެ ފުޓްބޯޅަ ފެޑަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކޮލިފައިންގައި އަފްގާނިސްތާން ހިމެނުނު ގުރޫޕް ސީގައި ބަހުރޭންގެ އިތުރުން ދެން އޮތީ ރާއްޖެ އާއި އިރާގެވެ. މި ގުރޫޕްގެ ފުރަތަމަ ދެ މެޗު އިއްޔެ ކުޅެން އޮތް ނަމަވެސް، އަފްގާނިސްތާނުގެ ޓީމަށް ބަހުރޭނަށް ދަތުރު ނުކުރެވުމުން، ބަހުރޭނާ ދެކޮޅަށް ކުޅެން އޮތް މެޗު ކުރިއަށް ނުގެންދެވުނެވެ.

"އަފްގާނިސްތާނާއި ގަތަރުގެ އޮލިމްޕިކް ކޮމެޓީއާ މަޝްވަރާކޮށް، ޓީމު ބަހުރޭނަށް ފުރުވާލެވޭނެ އިންތިޒާމްތައް ހަމަޖެއްސުނު. އެކަމަކު ކޮލިފައިންގެ ފުރަތަމަ މެޗަށް ދަތުރު ނުކުރެވުމުން، އޭއެފްސީން ވަނީ ދަތުރު ކެންސަލްކޮށްފަ،" އަފްގާނިސްތާނުގެ ފެޑަރޭޝަނުން ބުންޏެވެ.

އަފްގާނިސްތާންގެ މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ބަހުރޭނަށް ކުރަން އޮތް ދަތުރު ކެންސަލްކުރީ ބޭނުންވާ ވަގުތަށް ފްލައިޓެއް ނެތުމުންނެވެ. އަދި އަފްގާނިސްތާންގެ ހާލަތު ފީފާ އާއި އޭއެފްސީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މިދިޔަ އާދިއްތަ ދުވަހު އަފްގާނިސްތާނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ވެރިންނާ ގަތަރުގައި ބައްދަލުކުރައްވައި، އަފްގާނިސްތާންގެ ފުޓްބޯޅައިގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

އަފްގާނިސްތާންގެ ވެރިކަމަށް ތާލިބާނުން އައުމާ އެކު، އެ ގައުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެ ގައުމުގެ ގިނަ ކުޅުންތެރިންތަކެއް ވަނީ މިހާރު އާއިލާތަކާއެކު ގައުމު ދޫކޮށް، އެހެން ގައުމުތަކުގައި ވަޒަންވެރިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox