ހިޔާ ފްލެޓުގެ ގޯސް އަގު ކަނޑައެޅުމުގައި ޖިނާއީ ތަހުގީގެއް ހިންގަން ގޮވާލައި މަޖިލީހަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތައް: ކުރީ ސަރުކާރުން އެތަނުގެ ކުލި ކަނޑައެޅީ ގޯސް ހިސާބުތަކެއްގެ މައްޗަށް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނި. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތައް: ކުރީ ސަރުކާރުން އެތަނުގެ ކުލި ކަނޑައެޅީ ގޯސް ހިސާބުތަކެއްގެ މައްޗަށް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނި. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމަށް ހިންގި ހިޔާ މަޝްރޫގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީން އަގު ކަނޑައެޅުމުގައި ގަސްތުގައި މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހް މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ގިނަ ދުވަސްތަކެއް ވަންދެން ހިޔާ ފެލްޓުތަކުގެ ކުލި ބޮޑުވެގެން ރައްޔިތުން ޝަކުވާކުރަމުން އަންނަނިކޮށް، އެކަމަށްޓަކައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓުގައި ކުރީ ސަރުކާރުން ކަނޑައެޅި އަގަކީ ގޯސް ހިސާބެއްކަން ހާމަވެފައިވާ ކަމަށެވެ.

މި ސަރުކާރުން ކަނޑައެޅި އަގު ބޮޑުވެގެން ކަންބޮޑުވުން ފާޅުކުރަމުން އައިއިރު، ގޯސް ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް، ގަސްތުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލައި، ނުތަނަވަސްކަން އުފައްދަން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.

Advertisement

ފަލާހް ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ބުނީ ހިޔާ ފްލެޓު މަޝްރޫއު ހިންގާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ދައުލަތަށް ގެއްލުންވާ ގޮތަށް ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭންކަން ވެސް އޮޑިޓު ރިޕޯޓުން ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

ފަލާހް
ފަލާހް

މާފަންނު ހުޅުނަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

އެހެންކަމުން، އެކަމުގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި، ގާނޫނީ ފިޔަވަޅު އެޅުން އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް އެ މައްސަލައިގައި ވަނީ ގޮވާލައިފަ އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އިއްތިފާގުންނެވެ.

އޮޑިޓުގައި ބުނީ ކީކޭ؟

ހިޔާ މަޝްރޫގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި 6،600ރ. އަކީ ގޯސް ހިސާބެއް ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައި ވެ އެވެ.

އެގޮތުން އެޗްޑީސީން އެންމެ ފުރަތަމަ މި ފްލެޓުގެ ކުލީގެ ގޮތުގައި ހުށަހެޅީ 11،000ރ. އެވެ. ނަމަވެސް ސަރުކާރުން ބައެއް ހަރަދުތަކަށް ޒިންމާވާ ގޮތަށް ފަހުން ކުލި ކުޑަކޮށް، މިހާރު ފްލެޓެއްގެ ކުއްޔަކީ 7،500ރ. އެވެ.

ހިޔާ މަޝްރޫއަށް ހިނގި ހަރަދުތަކާއި ކުލި ކަނޑައެޅުނު ގޮތާ ގުޅިގެން އާންމުކުރި އޮޑިޓުގައި ބުނީ އެޗްޑީސީން ކުލީގެ ގޮތުގައި ފުރަތަމަ ކަނޑައެޅި 11،000ރ. އަކީ މިފަދަ ހައުސިން މަޝްރޫތަކަށް އާންމުކޮށް ބޭނުންްކުރާ އީއެމްއައި މެތަޑުން މީގެ ފްލެޓަކަށް ޖެހޭ އަގު ކަމަށެވެ.

އޭގެ ބަދަލުގައި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން މި ފްލެޓުތަކުގެ ކުލި ކަނޑައެޅީ އެ މިންގަނޑުން ބޭރުން ކަމަށާއި، އެއީ އެ މަޝްރޫއަށް ނެގި ލޯނާއި، ލޯނު ރީފައިނޭންސިން ހަރަދާއި، އިންޓްރެސްޓް ދައްކަން ހިނގާނެ ކޭޝްފްލޯއަށް ރިއާޔަތްނުކޮށް ޖެހި ހިސާބެއް ކަމަށް އޮޑިޓުގައި ފާހަގަކުރި އެވެ.

މީގެ ސަބަބުން ޔުނިޓަކުން ފައިނޭންސްގެ ގޮތުގައި ލިބޭ އަދަދު ކުޑަވެ ބޮޑު ގެއްލުމެއް ފޫބައްދަން ޖެހުނީހެވެ. އެގޮތުން 6،600ރ. ރޭޓުން ކުލި ނަގާނަމަ، ކޮންމެ ޔުނިޓަކުން 1.1 މިލިއަން ރުފިޔާ ގެއްލުން ވާނެ ކަމަށް އޮޑިޓުން ދައްކަ އެވެ.

މިއީ ހުރިހާ ޔުނިޓަކަށް ހިސާބުކޮށްލުމުން ގާތްގަނޑަކަށް 7.9 ބިލިއަން ރުފިޔާގެ ގެއްލުމެކެވެ.

އޭގެ އިތުރުން ކުލީ ބޮޑުކަމުގެ ޝަކުވާތަކާއެކު މިފަހުން މާލެ ސިޓީ ކަައުންސިލުން ފްލެޓެއްގެ ކުލީގެ ގޮތުގައި ހުށަހެޅި 5،548ރ. އަކީ އީއެމްއައި މެތަޑު ބޭނުންކޮށްގެން ކަނޑައެޅި އަގެއް ނަމަވެސް އެ ހިސާބުތައް ޖެހީ ލޯނުގެ ލައިބޯ ރޭޓު ކުޑަކޮށް ޖަހައިގެން ކަމަށް އޮޑިޓުގައި ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން ލައިބޯ 0.06 ޕަސެންޓުގައި ހިސާބުކުރި ނަމަވެސް، އަަސްލު ލައިބޯ ހުރީ 1.7 ޕަސެންޓުގައި ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

މިކަންކަން ފާހަގަކޮށް އޮޑިޓާ ޖެނެރަލް ދެއްވި ލަފާާގައި ވިދާޅުވީ، މުސްތަގުބަލުގައި ވެސް ލޯނު ނަގައިގެން ހިންގާ މިފަދަ މަޝްރޫތަކުގައި އާންމުކޮށް ބޭނުންކުރާ އީއެމްއައި މެތަޑް ބޭނުންކޮށްގެން އަގު ކަނޑައެޅުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox