އިންޑިއާ އަތުން ޕާކިސްތާނަށް ބޮޑު މޮޅެއް

Oct 24, 2021, 11:11 PM
އިންޑިއާ އަތުން ޕާކިސްތާނަށް ބޮޑު މޮޅެއް

ދުބާއީ (25 އޮކްޓޫބަރު) - ޓީ20 ވޯލްޑް ކަޕްގައި މިރޭ އިންޑިއާ އަތުން ދިހަ ވިކެޓުގެ ތަފާތު ބޮޑު ނަތީޖާއަކުން ޕާކިސްތާން މޮޅުވެއްޖެ އެވެ.

ޒަމާންވީ ވާދަވެރިން ކަމަށްވާ އިންޑިއާ - ޕާކިސްތާންގެ ކުރިމަތިލުމަކީ މި މުބާރާތުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މެޗެކެވެ.

ދުބާއީގައި ކުޅުނު މެޗުގައި ފުރަތަމަ ކުޅެން އަރައި، އިންޑިއާ އަށް ވިހި އޯވަރުގެ ތެރޭގައި ހަތް ވިކެޓަށް ހެދުނީ 151 ލަނޑެވެ. ޖަވާބުގައި ކުޅެން އަރައި، ޕާކިސްތާނުން 17.5 އޯވަރުގެ ތެރޭގައި 152 ލަނޑު ހަދައި، މެޗު ކާމިޔާބުކުރީ އެންމެ ކުޅުންތެރިއެއް ވެސް ނުބައި ނުވެ އެވެ.

Advertisement

މިއީ ވޯލްޑް ކަޕެއްގައި، އިންޑިއާ އަތުން ޕާކިސްތާން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ޕާކިސްތާން ކްރިކެޓް ތާރީހުގައި ފާހަގަ ކޮށްލެވޭނެ ރެޔެކެވެ.

ޕާކިސްތާނަށް މި ތާރީހީ ކާމިޔާބީ ހޯދައިދިނުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ އެ ޓީމުގެ އޯޕަނިން ބެޓްސްމަނުން ކަމަށްވާ މުހައްމަދު ރިޒުވާން އަދި ބާބަރް އާޒަމެވެ. ރިޒުވާން ވަނީ 55 ބޯޅައިން 78 ލަނޑު ހަދައިފަ އެވެ. ޕާކިސްތާންގެ ކެޕްޓަން ބާބަރް ވަނީ 52 ބޯޅައިން 68 ލަނޑު ހަދައިފަ އެވެ.

"އަހަރެމެން ރޭވުންތަކާ އެއްގޮތަށް ހުރިހާ ކަމެއް ވެސް ކާމިޔާބުވި،" މެޗަށް ފަހު ޕާކިސްތާނުގެ ކެޕްޓަން ބާބަރް ބުންޏެވެ.

ޕާކިސްތާނާއި އިންޑިއާ 2019 ވަނަ އަހަރުގެ ފަހުން ކުރިމަތިލި ފުރަތަމަ މެޗަށް ގިނަ އަދެއްގެ ކުޅިބެލުންތެރިން ދަނޑަށް ވަނެވެ.

އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ ވަނީ މެޗުގައި 57 ލަނޑު ހަދައިފަ އެވެ. ޕާކިސްތާނުގެ ފާސްޓް ބޯލަރު ޝަހީން އަފްރީދީ ވަނީ 31 ލަނޑަށް އިންޑިއާގެ ތިން ކުޅުންތެރިން ނުބައިކޮށްފަ އެވެ.

މެޗަށް ފަހު ކޯލީ ބުނީ މިއީ ޕާކިސްތާނަށް ހައްގު މޮޅެއް ކަމަށެވެ.

"އަހަރަމެން ބޭނުންވި ގޮތަކަށް ނޫން މެޗު މިދިޔައީ. މިއަދު އަހަރަމެންނަށް ވުރެ މޮޅަށް ޕާކިސްތާނުން ކުޅުނު،" ކޯލީ ބުންޏެވެ. "އަދި ހާސްވާކަށް ނުޖެހޭ. މިއީ އަދި މުބާރާތުގެ ފުރަތަމަ މެޗު."

މި މޮޅާއެކު، ޕާކިސްތާންގެ އަކި ސިޓީތަކުގެ މަގުތަކަށް ނުކުމެ، އެ ގައުމުގެ ރައްޔިތުން ދަނީ އުފާފާޅުކުރަމުންނެވެ. -- ބީބީީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox