ރާއްޖެ ދެ ވަނަ މެޗުން ގަތަރު އަތުން ބަލިވެއްޖެ

Oct 25, 2021, 2:37 AM
ރާއްޖެ ދެ ވަނަ މެޗުން ގަތަރު އަތުން ބަލިވެއްޖެ

ގަތަރުގެ ދޯހާގައި މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ކުޅުނު ދެ ވަނަ މެޗުން އިއްޔެ ގަތަރު އަތުން ބަލިވެއްޖެ އެވެ.

ފުރަތަަމަ މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ ހަތް ވިކެޓުންނެވެ. ގަތަރުން އިއްޔެ ރާއްޖެ ބަލިކުރީ 98 ލަނޑުންނެވެ.

ކޮލިފައިން ގްރޫޕްގައި ރާއްޖެ ނޫން ދެން އޮތް ހަތަރު ޓީމަށް ވެސް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. އެއް ވަަނައިގައި ކުވެއިތު އޮތްއިރު، ދެ ވަނައިގައި އޮތީ ސައުދީ އަރަބިއްޔާ އެވެ. ތިން ވަނައިގައި ގަތަރު އޮތްއިރު، ހަތަރެއްގައި އޮތީ ބަހްރޭނެވެ. ރާއްޖެ އޮތީ އެންމެ ފަހަތުގަ އެވެ.

ދޯހާގެ ވެސްޓް އެންޑް ޕާކް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ޓޮސް ދިމާވީ ރާއްޖެ އަށެވެ. ރާއްޖޭން ނިންމީ ފީލްޑް ކުރާށެވެ.

ގަތަރުގެ ބެޓް ކުރުން ރަނގަޅު ދުވަހަކާ ދިމާވިއިރު، އެ ޓީމުން ވަނީ 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 154 ލަނޑު ހަދައިފަ އެވެ. ގަތަރަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 46 ބޯޅައިން 62 ލަނޑު ހެދި މުހައްމަދު ރިޒްލާން އާއި 22 ބޯޅައިން 20 ލަނޑު ހެދި މުހައްމަދު ތަންވީރު އެވެ.

ރާއްޖޭން ކުޅެން އަރައި ރަނގަޅަށް ކުޅެން މަސައްކަތް ކުރި ނަމަވެސް ގަތަރު ފެނުނީ ރަނގަޅު ފޯމެއްގައި ކުޅެލިތަނެވެ. ރާއްޖެ އަށް 18.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 56 ލަނޑެވެ.

މި މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ބޯޅައިން 18 ލަނޑު ހެދި އަހުމަދު ހަސަން އެވެ. ރާއްޖޭގެ ކެޕްޓަން މުހައްމަދު މަހުފޫޒާއި ޔޫސުފް އަޒްޔާން ފަރުހަތު އަދި މުހައްމަދު ރިޝްވާނަށް ރަނގަޅު ފޯމުގައި މި މެޗުގައި ނުކުޅެވުނެވެ.

ކޮލިފައިންގައި ރާއްޖެ ދެން ކުޅޭ މެޗުގައި ބުދަ ދުވަހު ބައްދަލުކުރާނީ ބަހްރޭނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox