ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ ޕްރެޒިޑެންޓްސް ކަޕުން

Oct 24, 2021, 10:09 AM
2017 ވަނަ އަހަރު ނިއުގެ ކުޅުންތެރިން ޕްރެޒިޑެންޓްސް ކަޕާ އެކު އުފާފާޅުކުރަނީ.

2017 ވަނަ އަހަރު ނިއުގެ ކުޅުންތެރިން ޕްރެޒިޑެންޓްސް ކަޕާ އެކު އުފާފާޅުކުރަނީ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޕްރެޒިޑެންޓްސް ކަޕުން ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމުން އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން ފާއިތުވި ތިން ސީޒަނުގައި ވެސް އެކި ސަބަބުތަކާ ހުރެ ޕްރެޒިޑެންޓްސް ކަޕް ބާއްވާފައި ނުވެ އެވެ. އެކަމަކު، އެފްއޭއެމުން މިއަދު އިއުލާނުކުރި ކުރިއަށް އޮތް ސީޒަނުގެ ކަލަންޑަރުގައި އެންމެ ފުރަތަމަ ބާއްވަން ކަނޑައަޅާފައިވަނީ ޕްރެޒިޑެންޓްސް ކަޕް އެވެ.

ހަތަރު ވަރަކަށް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޑިސެމްބަރު މަހު 15 ވަނަ ދުވަހު އެވެ. މުބާރާތް ކުރިއަށްދާނީ ލީގު ފޯމެޓަށް އެއް ބުރަށެވެ. މާނަ އަކީ މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު އަށް ޓީމު ޕްރެޒިޑެންޓްސް ކަޕުން ފެންނާނެ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު ބުރު ކުޅެނިމޭއިރު، އެއް ވަނައިގައި އޮންނަ ޓީމަކަށެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފަހު މެޗުތައް އޮންނާނީ ޖެނުއަރީ މަހު 19 ވަނަ ދުވަހު އެވެ.

އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕްގައި އަށް ޓީމު ހިމެނޭ ގޮތަށް ކުޅުނީ 2015 ވަަަނަ އަހަރު އެވެ. އެ ފަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން ގަލޮޅު ދަނޑުގެ ވިނަގަނޑު މަތީގައި ރަބަރުތަކެއް އެޅުމުގެ ސަބަބުން ވިނަގަނޑު މަރުވެ، ސީޒަން ކަލަންޑަރަށް ބަދަލުތަކެއް ގެންނަން ޖެހުނެވެ.

އެހެންވެ، އޭރު އެފްއޭއެމުން ނިންމީ ލީގުގައި ވާދަކުރަމުން ދިޔަ އަށް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ޕްރެޒިޑެންޓްސް ކަޕް ބާއްވާށެވެ. ހދ. ކުޅުދުއްފުއްޓާއި އައްޑޫގައި މުބާރާތް ކުރިއަށްދިޔައިރު، ފައިނަލު ކުޅުނީ އައްޑޫ ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ތަށި އެންމެ ފަހުން އުފުލާލި ޓީމަކީ ނިއު ރޭޑިއަންޓް އެވެ. ނިއު އިން 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު 15 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުން ވަނީ ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށްފަ އެވެ.

ޗެރިޓީ ޝީލްޑް މެޗު އަންނަ އަހަރު ފެބްރުއަރީ މަހު

ސީޒަން ކަލަންޑަރުގައިވާ ގޮތުން އަންނަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗު ބާއްވާނީ ފެބްރުއަރީ ހަތް ވަނަ ދުވަހު އެވެ. ޝީލްޑް މެޗުގައި ކުޅޭނީ އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް ކްލަބް ވެލެންސިއާ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަން ފަށާނީ ފެބްރުއަރީ 12 ވަނަ ދުވަހު އެވެ. މިދިޔަ ސީޒަނުގައި ވެސް ލީގުގައި ކުޅުނު އަށް ޓީމާ އެކު ކުރިއަށް އޮތް ސީޒަނުގެ ލީގުގެ އޮންނާނީ ތިން ބުރެކެވެ. ނިމިދިޔަ ސީޒަނުގައި ވެސް ލީގުގައި ތިން ބުރެއް ކުޅެން ނިންމި އެވެ.

އެކަމަކު، މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވެގެން މިދިޔަ މެއި މަހު ލީގު ދެ ބުރަށް ފަހު ނިންމާލަން ނިންމީ ފަހު ދެ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް ނުބާއްވާގޮތަށެވެ. މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކެންސަލްކުރަން ޖެހުނީ މުބާރާތުގެ ސެމީ ފައިނަލަށް ޓީމުތައް ހޮވިފައިވަނިކޮށެވެ.

ކުރިއަށް އޮތް ސީޒަނުގެ އެހެން މުބާރާތްތަކަށް ބަލާއިރު، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ އަންނަ އަހަރު ޖޫން މަހުގެ 27 އިން ޖުލައި މަހުގެ 28 އަށެވެ. ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މެޗުތައް ތާވަލްކޮށްފައި އޮތީ އޮގަސްޓް 5، 10 އަދި 14 ވަނަ ދުވަހު ކުޅޭ ގޮތަށެވެ.

އަތޮޅު ފުޓްބޯޅައިގެ ހާއްސަ މުބާރާތް، މިނިވަން ޗެމްޕިއަންޝިޕްގެ މެޗުތައް ވެސް ކުރިއަށް އޮތް ސީޒަނުގައި ފަށާނެ އެވެ. އަދި ސެންޓްރަލައިޒްކޮށް އަންނަ ޖޫން މަހު އޭޝިއަން ކަޕް ކޮލިފައިން މެޗުތައް ވެސް ކުޅޭނެ އެވެ. އޭއެފްސީ ކަޕްގެ މެޗުތައް އޮތީ ސެންޓްރަލައިޒްކޮށް މެއި 17 އިން 24 އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox