ބާރަށުގައި ދާޖަހައިގެން މިޔަރު ބޭނި މީހާ ޖަވާބުދާރީވާން ނޯޓިސް ފޮނުވައިފި

ބާރަށުން ދާޖަހައިގެން ބޭނިކަމަށް ބުނާ މިޔަރުތަކެއް. އެ މައްސަލައިގަ މިޔަރު ބޭނި މީހާއަށް ފިޝަރީޒް މިނިސްޓްރީން ވަނީ ޖަވާބުދާރީވާން ނޯޓިސް ފޮނުވާފަ-- ފޮޓޯ: ސޯޝަލް މީޑިއާ

ބާރަށުން ދާޖަހައިގެން ބޭނިކަމަށް ބުނާ މިޔަރުތަކެއް. އެ މައްސަލައިގަ މިޔަރު ބޭނި މީހާއަށް ފިޝަރީޒް މިނިސްޓްރީން ވަނީ ޖަވާބުދާރީވާން ނޯޓިސް ފޮނުވާފަ-- ފޮޓޯ: ސޯޝަލް މީޑިއާ

ހއ. ބާރަށުގެ ފަޅުތެރޭގައި ގަވާއިދާ ހިލާފަށް ދާޖަހައިގެން މިޔަރު މަސްވެރިކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހަކަށް ޖަވާބުދާރީވުމަށް ފިޝަރީޒް މިނިސްޓްރީން ނޯޓިސް ދީފި އެވެ.

ފިޝަރީޒް މިނިސްޓްރީން ނޯޓިސް ދީފައިވަނީ، ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ފަސް ވަނަ މާއްދާގެ ދަށުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދަކުން ހިފުމާއި، ބޭނުމާއި، މެރުން މަނާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ މަޑި އަދި މިޔަރު ބާނައި ހިފި ކަމުގެ ތުހުމަތުގައިކަމަށް އެ މިނިސްޓްރީގެ ސީނިއާ ކޮމްޕަލަޔަންސް އޮފިސަރު ހުސެއިން ޒަމީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން ވަނީ ނޯޓިސް ދީފަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭނުން މަނާ ބާވަތްތަކުގެ ތެރޭ ހިމެނޭ މިޔަރު ބޭނިކަމުގެ ތުހުމަތުގައި އެފަރާތަށް،" ޒަމީލް ވިދާޅުވި އެވެ.

ޒަމީލް ވިދާޅުވީ، މިޔަރު ބޭނިކަމަށް ތުހުމަތުވާ މައްސަލައިގައި މިނިސްޓްރީގެ ފަރާތުން އޯޑިއޯ-ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމީހާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ޖަވާބުދާރީވުމަށް އޮންނަ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު ކަމަށް ޒަމީލް ވިދާޅުވި އެވެ. އަދި އެ އޯޑިއޯ ވީޑިއޯ ކޮންފަރެންސް ކުރިޔަށްދާނީ ބާރަށު ޕޮލިސް ސްޓޭޝަނުގައިކަމަށް ވެސް ޒަމީލް ވިދާޅުވި އެވެ.

"އެފަދަ މައްސަލަތައް ވަރަށް ސީރިއަސް ކޮށް ނަގައި ސާބިތު ވެއްޖެ ނަމަ ފިޔަވަޅު ވެސް އަޅާނަން. ޖޫރިމަނާ ކުރާނަމަ، ގާނޫނުގައި އޮވޭ 400،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރެވެން ސާބިތުވެއްޖެ ނަމަ،" ޒަމީލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox