ފޮޑެން ތަފާތު ދައްކައި މެންޗެސްޓާ ސިޓީ ދެ ވަނަ އަށް

Oct 23, 2021, 7:55 PM
ލަނޑު ޖެހުމަށް ފަހު ފޮޑެން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ފޮޑެން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސައުތެމްޓަން (އޮކްޓޫބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފިލް ފޮޑެންގެ މޮޅު ކުޅުމާ އެކު ބްރައިޓަން އަތުން 4-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

އެއް ވަނައިގައި އޮތީ މިރޭ ނޯވިޗް ސިޓީ އަތުން 7-0 އިން މޮޅުވި ޗެލްސީ އެވެ. ޗެލްސީ އެއް ވަނައިގައި އޮތީ ނުވަ މެޗުން 22 ޕޮއިންޓާ އެކު އެވެ. ދެ ވަނަ މަގާމަށް އެރި ސިޓީ ވަނީ ނުވަ މެޗުން 20 ޕޮއިންޓް ހޯދައިފަ އެވެ. ލިވަޕޫލް ތިން ވަނައިގައި އޮތީ އަށް މެޗުން 18 ޕޮއިންޓާ އެކު އެވެ. ލިވަޕޫލަށް އަލުން ދެ ވަނަ އަށް އެެރެން އޮތީ މާދަމާ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި މޮޅުވެގެންނެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗުގެ ފުރަތަމަ 31 މިނިޓް ތެރޭގައި ސިޓީން ވަނީ ތިން ގޯލު ޖަހައިފަ އެވެ. މެޗުގެ 13 ވަނަ މިނިޓްގައި ސިޓީގެ ކެޕްޓަން އިލްކާއި ގުންޑޮގާން އެ ޓީމަށް ލީޑުނަގައިިދިންއިރު، އެ ގޯލު ޖެހުމުގެ ކުރިން ސިޓީގެ ގަބްރިއެލް ޖީސޫސް ބްރައިޓަންގެ ސްޕެއިން ކީޕަރު ރޮބާޓް ސަންޗޭޒަށް ފައުލުކުރިކަމަށް އެޕީލްކުރި ނަމަވެސް ރެފްރީ ކެވިން ފްރެންޑް ނިންމީ ގޯލު ބަލައިގަންނާށެެވެ.

މެޗުގެ 28 ވަނަ މިިނިޓްގައި ކައުންޓަ އެޓޭކެއްގައި ސިޓީގެ ޖެކް ގްރީލިޝް ދިން ބޯޅައަކުން ފޮޑެން ވަނީ ސިޓީގެ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ތިން މިނިޓް ފަހުން ޖީސޫސް ޖެހި ބޯޅައެއް ގޯލަށް ވަނީ ފޮޑެން ފައިގައި ޖެހިފައި އަދި ކީޕަރު ސަންޗޭޒް އަތުގައި ވެސް ޖެހިފަ އެވެ. ބޯޅައިގެ މިސްރާބު ކީޕަރު ސަންޗޭޒަށް އޮޅުނީ ފޮޑެން ފައިގައި ޖެހިފައި ކަމަށްވާތީ ލީގުން ނިންމީ މި ގޯލު ފޮޑެން އަށް ދިނުމަށެވެ.

ބްރައިޓަންގެ މޯޑާ (ވ) ކައިރިން ސިޓީގެ ފޮޑެން ބޯޅަ ފޮނުވާލަނީ.

ދެ ވަނަ ހާފް ފަށައިގެން ބްރައިޓަން އިން ގިނަ އެޓޭކްތަކެއްކޮށް ގޯލެއް ޖެހޭތޯ ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. އެގޮތުން ޕަސްކާލް ގްރޮސް އާއި ލެއަންޑްރޯ ޓްރޮސާޑް ޖެހި ބޯޅަތައް ސިޓީގެ ކީޕަރު އެޑަސަން މޮރާއޭސް ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށް އެޑަސަން ދިން ޕެނަލްޓީ އަކުން ބްރައިޓަން އިން ގޯލެއް ޖެހި އެވެ. އެޑަސަން އޭރިއާތެރެއިން ބްރައިޓަންގެ އެނޮކް އެމްވޭޕޫ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އާޖެންޓީނާގެ ފޯވާޑް އަލެކްސިސް މެކަލިސްޓާ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރެއިން ފަހު މިނިޓްގައި ސިޓީގެ ފަހު ގޯލު ޖެހީ ފޮޑެން ދިން ބޯޅައަކުން ރިޔާދު މާރޭޒް އެވެ. މި ސިޓީގެ އެއް މެޗެއްގައި ދެ ލަނޑު ޖަހައި އެއް ގޯލު ޖަހަން ފޮޑެން ފުރުސަތު ތަނަވަސްކޮށްދިން ފުރަތަމަ ފަަހަރެވެ. މި މެޗުގައި ހެޓްރިކް ހަދަން ފޮޑެން ޖެހި ޝޮޓްތައް ކީޕަރު ސަންޗޭޒް ވަނީ ހުއްޓުވައިފަ އެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފަހު ވަގުތު ގޯލުތަކެއް ޖަހައިގެން ކްލައުޑިއޯ ރަނިއޭރީގެ ވަޓްފޯޑް ވަނީ 5-2 އިން އެވަޓަން ދަނޑުގައި މޮޅުވެފަ އެވެ. މިއީ ކުރިން ލެސްޓާ އާއި ޗެލްސީ އަށް ކޯޗުކޮޑްދިން ރަނިއޭރީ ހަވާލުވި ފަހުން އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ.

ކްރިސްޓަލް ޕެލަސް އާއި ނިއުކާސަލް 1-1 އިން އެއްވަރުވިއިރު، ލީޑްސް އާއި ވުލްވްސް ވެސް ނިމުނީ ހަމަ އެ ނަތީޖާއިންނެވެ. އަދި ސައުތެމްޓަން ދަނޑުގައި ބާންލީ ވެސް ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox