ޑޯޓްމަންޑް ވިއްދާފައި، ޗެމްޕިއަން ބަޔާން ލީޑުގައި

Oct 23, 2021, 6:52 PM
ޑޯޓްމަންޑުގެ ބެލިންހަމް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޑޯޓްމަންޑުގެ ބެލިންހަމް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (އޮކްޓޫބަރު 23) - ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑުން އާރްމީނިއާ ބީލަފީލްޑް އަތުން 3-1 އިން މޮޅުވި ނަމަވެސް މިރޭ ހޮފެންހައިމް އަތުން ފަސޭހަކަމާ އެކު 4-0 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ޖަރުމަނު ލީގުގެ އެއް ވަނައިގައި އެއް ޕޮއިންޓުގެ ލީޑު ދަމަހައްޓައިފި އެވެ.

ކުޅުނު ނުވަ މެޗުން ބަޔާން ލީގުގެ އެއް ވަނައިގައި އޮތީ 22 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ ނުވަ މެޗުން 21 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ މިރޭ ވުލްފްސްބާގް އަތުން ރަށުންބޭރުގައި 2-0 އިން މޮޅުވި ފްރެއިބާގެވެ. ފްރެއިބާގަށް ވަނީ ނުވަ މެޗުން 19 ޕޮއިންޓް ލިބިފަ އެވެ.

ބަޔާންގެ އަލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ 30 މިނިޓް ތެރޭގައި ބަޔާނުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ ކުރީކޮޅުގައި ސާޖް ގްނަބްރީ ޖެހި ގޯލެއް ވަނީ ބަލައިނުގަތެވެ. އެކަމަކު، މެޗުގެ 16 ވަނަ މިނިޓްގައި ޖަމާލް މުސިއާލާ ދިން ބޯޅައަކުން ގްނަބްރީ ވަނީ ބަޔާނަށް ލީޑުނަގައިދީފަ އެވެ. އޭގެ ފަހުން 30 ވަނަ މިނިޓްގައި ބަޔާންގެ ދެ ވަނަ ގޯލު ޖެހީ ރޮބަޓް ލެވަންޑޯސްކީ އެވެ. މިއީ މި ފަހަރު ލީގުގައި ލެވަންޑޯސްކީ ނުވަ މެޗުން ޖެހި 10 ވަނަ ގޯލެވެ.

ހޮފެންހައިމް ކުޅުންތެރިއަކު ކައިރިން ލެވަންޑޯސްކީ ބޮލުން ބޯޅަ ފޮނުވާލަން މަސައްކަތްކުރަނީ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ހޯމް ކަރަންޓީނުގައި ހުރި މި މެޗުގައި ބަޔާންގެ ފަހު ދެ ގޯލު ޖެހީ މެޗުގެ ފަހު ކޮޅުގަ އެވެ.

މެޗުގެ 82 ވަނަ މިނިޓްގައި ބަޔާންގެ ތިން ވަނަ ގޯލު ޖެހީ އެރިކް މެކްސިމް ޗޮޕޫ-މޯޓިން އެވެ. އޭގެ ފަސް މިނިޓް ފަހުން ކިންގްސްލީ ކޯމަން ވަނީ ބަޔާންގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މި ދެ ގޯލު ޖަހަން ވެސް ފުރުސަތު ތަނަަވަސްކޮށްދިނީ ބަޔާނަށް މި ސީޒަނުގައި ބަދަލުވި ފްރާންސްގެ ޑިފެންޑަރު ޑަޔޫޓް އުޕަމެކާނޯ އެވެ.

ރަށުންބޭރުގައި މިރޭ ކުޅުނު ޑޯޓްމަންޑުން ވަނީ ފުރަތަމަ ހާފުގައި އެމްރޭ ޗާންގެ ޕެނަލްޓީ އާއި މެޓް ހަމެލްސްގެ ގޯލުން ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ.

އަނިޔާގެ ސަބަބުން ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ނުލައި ޑޯޓްމަންޑުން ކުޅުނު މި މެޗުގެ 72 ވަނަ މިނިޓްގައި އިނގިރޭސި މިޑްފީލްޑަރު، އުމުރުން 18 އަހަރުގެ ޖޫޑް ބެލިންހަމް ޖެހި މޮޅު ގޯލުން ޑޯޓްމަންޑުން ތިން ގޯލަށް ލީޑުފުޅާކުރި އެވެ. ބެލިންހަމް މި ގޯލު ޖެހީ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ގޮހެވެ.

މެޗު ނިމުމުގެ ކުރިން އަމިއްލަ ދަނޑުގައި ކުޅުނު އާރްމީނިއާ ބީލަފީލްޑުން ގޯލެއް ޖެހި އެވެ. ޕެނަލްޓީ އަކުން އެ ޓީމުގެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފަބިއަން ކްލޯސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox