ގައުމާ ހަވާލުވާނެ ޒުވާނުން ބިނާކުރަން ރައީސްގެ ހާއްސަ އަމާޒެއް

ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ޒުވާނުންނަކީ މާދަމާ ގައުމުގެ ހުންގާނާ ހަވާލުވާން ތިބި މީހުން ކަމަށާއި އެހެންވެ ގާބިލް ޒުވާނުންތަކެއް އުފެއްދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުން ދަނީ ޒުވާނުން ގައުމުގެ ހިންގުމާ ހަވާލުވާ ދުވަސް އަންނަންވާ އިރަށް އެ ޒުވާނުންނަކީ ގައުމީ މަސްއޫލިއްޔަތު އުފުލޭވަރުގެ ބަޔަކަށް ހެދުމަށް ކަމަށެވެ.

"ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ އެންމެ މުހިންމު ބޭނުމަކީ ވެސް، ގައުމަށް ބޭނުންތެރި އިލްމީ ޒުވާނުން ބިނާކުރުން. މަސައްކަތުގެ ދާއިރާތަކުން މީހުން ތަމްރީން ކުރުމުގެ ފުރުސަތުތައް މި ފަހިކޮށްދެނީ ވެސް، ގައުމުގެ ތަރައްގީގައި ބައިވެރިވާނެ ހުނަރުވެރި އަދި ފަންނުވެރި ޒުވާނުން އުފެއްދުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ގޮވާލެއްވީ ޒުވާން އުމުރުފުރައަކީ އުމުރުގެ އެންމެ އަގުބޮޑު ދުވަސްވަރުކަން ދެނެގަނެ ހަޔާތުގެ ކުރިމަގަށް އަޅާ ބިންގާ ސީދާކޮށް ކޮންމެ ޒުވާނެއްގެ ކިބައިގައި ވެސް ތަފާތު ހުނަރުތަކަކާއި ތަފާތު ގާބިލުކަމެއް އަލާކުރުމަށެވެ.

"ގައުމު މިއަދު އެދި ގޮވަނީ، ތިޔަ ޒުވާނުންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަމުން، އަދި އުފެއްދުންތެރި ވިސްނުންތަކުން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް،" ރައީސް ވިދާޅުވި އެވެ.

ޒުވާނުންގެ ދުވަސް މިއަހަރު އައީ، ޒުވާނުންގެ ކަންކަމާމެދު ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ދުވަސްވަރެއްގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ޒުވާނުންނަށް ކިޔަވައިދިނުމާއި، މަސައްކަތުގެ ތަމްރީން ހޯދައިދިނުމާއި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމާއި، ގައުމީ ތަރައްގީގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ އެކަންކަމާ ދޭތެރޭ ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށެވެ.

އަދި ސަރުކާރުން މިހާރު ޑްރާފްޓްކޮށްފައިވާ "ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލް" ގެ އެންމެ މުހިންމު އެއް މަގުސަދަކީވެސް އިސްލާމް ދީނަށް ލޯބިކުރާ ދީނުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތާ ގައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުންތަކެއް ބިނާކުރުންކަމަށް ރައީސް ވިދާޅުވި އެވެ.

"ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މަގު ދައްކައިދީ، ކުރިމަގުގެ ފުރުސަތުތަކަށް މަގުފަހުކޮށްދިނުމަކީ ވެސް މި ބިލްގެ ވަރަށް މުހިންމު މަގުސަދެއް. މިބިލްގެ ސަބަބުން، ގައުމު ކުރިއަރުވައި ރާއްޖެއަށް ޝަރަފާއި ފަހުރު ހޯދައި ދިނުމުގައި، މިހާރަށްވުރެ ބޮޑަށް ޒުވާނުންގެ ބައިވެރިވުން ލިބޭނެކަމަށް ގަބޫލުކުރެވޭ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ގައުމީ ކަންކަމުގައި އިސްނެގުމާއި ހިންގުމުގެ ރޫހު ޒުވާނުންގެ މެދުގައި އާލާކުރުމުގެ ޕްރޮގްރާމެއް ވެސް މިހާރު ކުރިޔަށްދާކަމަށް ރައިސް ވިދާޅުވި އެވެ. އަދި މަސައްކަތުގެ ހުނަރު ދަސްކޮށްދީ ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރެން ކުރިއަށް ގެންދާ، އެޕްރެންޓިސްޝިޕް ޕްރޮގްރާމާ ގުޅޭ ގޮތުން ވެސް ރައީސް ވާހަކަދެއްކެވި އެވެ.

"މިއަހަރު ފެށި ނޭޝަނަލް ވޮލަންޓިއާސް ޕްރޮގްރާމްގައި މިއަދާ ހަމައަށް ޖުމްލަ 105 ވޮލަންޓިއަރުން ބައިވެރިވެއްޖެ. އޭގެ ތެރެއިން 40 ވޮލަންޓިއަރުން ތަމްރީން ފުރިހަމަކޮށް މިހާރު އަންނަނީ ގައުމީ ކަންކަމުގައި ބައިވެރިވަމުން. ކޮވިޑް ފެސިލިޓީތަކުގައި ވެސް ބައެއް ވޮލަންޓިއަރުން ވަރަށް މުހިންމު ހިދުމަތްތަކެއް ކުރެއްވި،" ރައީސް ވިދާޅުވި އެވެ.

"(އެޕްރެންޓިސްޝިޕް) ޕްރޮގްރާމްގެ ދަށުން ދެ ކުންފުންޏަކަށް 19 ޒުވާނުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ. އަދި އިތުރު ކުންފުނިތަކާ މަޝްވަރާކޮށް، ކުރިމަތިލި ޒުވާނުން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް އެދަނީ ކުރިޔަށް،" އެ ޕްރޮގްރާމްތަކަކީ 3،000 ރުފިޔާގެ އެލަވަންސެއް ދީގެން، ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތުގެ ހުނަރާއި ތަމްރީން ހޯދައިދޭ ޕްރޮގްރާމްތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ މިރޭ ޔޫތު އެވޯޑު ހާސިލްކުރި 10 ޒުވާނުންނަށް ވެސް މަރުހަބާ ވިދާޅުވެ، އެ ޒުވާނުންގެ މަސައްކަތުން ގައުމުގެ ކަންކަން ރަނގަޅު ކުރުމުގެ އަޒުމް، ދިވެހި ޒުވާނުންގެ ކިބައިގައި އެބަހުރިކަން ސާބިތުވެފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ ޒުވާނުންގެ ހުރި ހުނަރާއި ފަންނުވެރިކަމުން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް އެދި ގައުމު ގޮވާލަމުންދާ ކަމަށެވެ.

"އަޅުގަނޑުގެ އުންމީދަކީ، ގައުމަށް ބޭނުންތެރި އަދި ގައުމަށް ހިދުމަތްކުރާ މީހަކަށް ވުމުގެ އަޒުމް، ތިޔަ ޒުވާނުން މިއަދުން ފެށިގެން ކަނޑައެޅުން، ދިވެހި ޒުވާނުންގެ ހިތްތަކުގައި ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމުގެ ޝައުޤުވެރިކަން އުފައްދުން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox