މައުންޓްގެ ހެޓްރިކާ އެކު ހަތް ގޯލުން މޮޅުވެ ޗެލްސީ އަށް އެއް ވަނައިގައި ލީޑެއް

Oct 23, 2021, 1:43 PM
މައުންޓް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މައުންޓް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޮކްޓޫބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެންމެ ފުލުގައި އޮތް ނޯވިޗް ސިޓީ އަތުން ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން 7-0 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ނޯވިޗާ ދެކޮޅަށް ކުޅުނު މި މެޗުގައި ޗެލްސީގެ މޭސަން މައުންޓް ހެޓްރިކެއް ހެދިއިރު، މިއީ އޭނާގެ ޗެލްސީ ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކް އެވެ. އަދި މިއީ މިިދިޔަ 11 ވަރަކަށް އަހަރު ތެރޭ ލީގުގެ މެޗެއްގައި ޗެލްސީން ހަތް ގޯލު ޖެހި ފުރަތަމަ ފަހަރެވެ.

ފުރުސަތުގެ ބޭނުން ހިފައި ޗެލްސީން ލީގުގެ އެއް ވަނައިގައި ލީޑުނެގިއިރު، އެ ޓީމަށް ނުވަ މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް އަށް މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ އެ ޓީމު ނުކުންނާނީ ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

ލީގުގެ ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ އަށް މެޗުން 17 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ބްރައިޓަން އަށް ވަނީ އަށް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. މިރޭ ސިޓީ ރަށުންބޭރުގައި ބްރައިޓަންއާ ބައްދަލުކުރާނެ އެވެ.

ޗެމްޕިއަންސް ލީގުގައި މަލްމޯއާ ބައްދަލުކުރި މެޗުގައި ޗެލްސީގެ ދެ ފޯވާޑުން ކަމަށްވާ ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާ އަށް އަނިޔާވުމުން ޗެލްސީން މި މެޗަށް ނުކުތީ އެ ދެ ކުޅުންތެރިން ނުލަ އެވެ. މުހިއްމު ދެ ފޯވާޑުން ނެތް ކަމުގައި ވިޔަސް ޗެލްސީ އަށް މާ ބޮޑު މައްސަލައެއް މި މެޗުގައި ދިމައެއް ނުވެ އެވެ.

ޗެލްސީން ފުރަތަމަ ހާފު ނިންމާލީ ތިން ގޯލު ކުރީގައި އޮވެގެންނެވެ. އަށް ވަނަ މިނިޓްގައި މައުންްޓް ޗެލްސީ އަށް ލީޑުނަގައިދިންއިރު، މެޗުގެ 18 ވަނަ މިނިޓްގައި ކަލުމް ހަޑްސަން އޮޑޯއި ވަނީ އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީގެ ތިން ވަނަ ގޯލު ޖެހީ ރީސް ޖޭމްސް އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 57 ވަނަ މިނިޓްގައި ބެން ޗިލްވެލް ވަނީ ޗެލްސީގެ ހަތަރު ވަަނަ ގޯލު ޖަހައިފަ އެވެ. ޗެލްސީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ޗިލްވެލް ގޯލު ޖެހިއިރު، އޭނާ އަކީ 2013 ވަނަ އަހަރު ފްރޭންކް ލަމްޕާޑަށް ފަހު ޖެހިޖެހިގެން ހަތަރު މެޗުުގައި ޗެލްސީ އަށް ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އެެވެ. މެޗުގެ 62 ވަނަ މިނިޓްގައި ނޯވިޗްގެ މެކްސް އާރޮންސް އަތުން ބައިކޮޅަށް ވަން ލަނޑުން ޗެލްސީން ފަސް ވަނަ ގޯލެއް ޖެހި އެވެ.

މެޗުގެ ފަހު 25 މިނިޓް ނޯވިޗުން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. ފަސް ގޯލު ފަހަތުގައި އޮއްވައި ނޯވިޗްގެ ބެން ގިބްސަން ފުލުފުލުގައި ހޯދި ދެ ރީނދޫ ކާޑާ އެކު އޭނާ އަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލި އެވެ.

މެޗުގެ 85 ވަނަ މިނިޓްގައި މައުންޓް އޭނާގެ ދެ ވަނަ ގޯލު އަދި ޗެލްސީގެ ހަ ވަނަ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ. މައުންޓް ފުރަތަމަ ފޮނުވާލި ޕެނަލްޓީ ނޯވިޗްގެ ކީޕަރު ޓިމް ކްރުލް މަތަކުރި ނަމަވެސް އެ ޕެނަލްޓީ އަލުން ޖަހަން ދިނެވެ. އެއީ މައުންޓް ފޮނުވާލިއިރު، ކްރުލް ގޯލު ލައިންގެ ކުރިއަށް ޖެހިފައި ޕެނަލްޓީ މަތަކުރުމުންނެވެ. ޕެނަލްޓީ ޖަހަން ދެ ވަނަ ފަހަރަށް ލިބުނު ފުރުސަތުގައި މައުންޓް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އިތުރު ވަގުތުގައި މައުންޓް އޭނާގެ ހެޓްރިކް ފުރިހަަމަ ކުރީ ރުބެން ލޮފްޓަސް-ޗީކް ދިން ބޯޅައަކުންނެވެ.

މައުންޓަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ޗެލްސީ އަށް ހެޓްރިކެއް ހަދައިދިން 20 ވަނަ ކުޅުންތެރިޔާ އެވެ. އެއް ޓީމަކަަށް ނިސްބަތްވާ ތަފާތު ކުޅުންތެރިންނަށް ބަލާއިރު، އެންމެ ގިނަ ހެޓްރިކް ފެނުނީ އާސެނަލުންނެވެ. އާސެނަލް ޖޯޒީގައި ތަފާތު 21 ކުޅުންތެރިއަކު ވަނީ ޕްރިމިއާ ލީގުގައި ހެޓްރިކް ހަދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox