އެމެރިކާގެ ޑްރޯން ހަމަލާއެއްގައި އަލް ގައިދާގެ އިސް ލީޑަރަކު މަރާލައިފި

އެމެރިކާ އިން އުފައްދާފައިވާ ރީޕާ ޑްރޯނެއް. -- ފޮޓޯ: އޭއެފްޕީ

އެމެރިކާ އިން އުފައްދާފައިވާ ރީޕާ ޑްރޯނެއް. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޮކްޓޯބަރު 23) - އެމެރިކާ އިން ސީރިއާ އަށް ދިން ޑްރޯން ހަމަލާއެއްގައި އަލް ގައިދާގެ އިސް ލީޑަރަކު މަރާލައިފި އެވެ.

އެމެރިކާގެ ހަމަލާދީފައި މި ވަނީ މީގެ ދެ ދުވަސް ކުރިން ދެކުނު ސީރިއާގައި ހުންނަ އެމެރިކާ ކޯލިޝަނުގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައި ވަނިކޮށެވެ.

"ހުޅަނގު އުތުރު ސީރިއާ ގައި އެމެރިކާ އިން މިއަދު (ހުކުރު ދުވަހު) ދިން ޑްރޯން ހަމަލާއެއްގައި އަލް ގައިދާގެ އިސް ލީޑަރު އަބްދުލް ހާމިދް އަލް މަތާރް ވަނީ މަރާލާފައި،" ސެންޓްރަލް ކޮމާންޑް ތަރުޖަމާނު އާމީ މޭޖާ ޖޯން ރިގްސްބީ ވިދާޅުވި އެވެ.

އެމްކިއު-9 ވައިގެ އުޅަނދެއްގެ އެހީގައި ފޮނުވި ހަމަލާގައި އިތުރު އެއްވެސް ބަޔަކު މަރުވި ކަމުގެ ރިޕޯޓެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލް ގައިދާގެ އެ ލީޑަރު މަރާލެވުމާއެކު ޓެރަރިސްޓު ގްރޫޕުގެ މަސައްކަތަށް ހުރަސް އެޅިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ވެސް އެމެރިކާ އިން ވަނީ ސީރިއާ އަށް ދިން ވައިގެ ހަމަލާއެއްގައި އަލް ގައިދާގެ އިސް ލީޑަރަކު މަރާލާފަ އެވެ. އެ ފަހަރު މަރުވީ ސާލިބް އަބޫ އަހްމަދެވެ.

ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި އޭނާ އަކީ އަލް ގައިދާގެ ހަމަލާތައް ރާވައި، ފަންޑުކޮށް އަދި ހަމަލާ ދިނުމަށް ހުއްދަ ދިނުން ފަދަ ކަންކަމުގައި އިސްކޮށް އުޅުނު މީހެކެވެ.

"އަލް ގައިދާ އަކީ އެމެރިކާ އާއި އަޅުގަނޑުމެންގެ އެކުވެރިންނަށް ނުރައްކަލެއް. އަލް ގައިދާ އިން ސީރިއާ ބޭނުން ކުރަނީ އެ ގްރޫޕު އަލުން ބިނާކުރާ މަރުކަޒެއްގެ ގޮތުގައި،" ރިގްސްބީ ވިދާޅުވި އެވެ.

ސީރިއާގެ ދާހިލީ ހަނގުރާމައާ ހެދި އެ ގައުމު ވެފައި ވަނީ ގިނަ އަދަދެއްގެ ބޭރުގެ ފައުޖުކާއި ޓެރަރިސްޓު ގްރޫޕުތަކުން ހަރަކާތްތެރިވާ މަރުކަޒަކަށެވެ.

ސީރިއާ ހަނގުރާމައިގައި 2011 ވަނަ އަހަރުން ފެށިގެން ބައި މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައި ވެ އެވެ. އެ ހަނގުރާމަ ފެށުނީ ސަރުކާރާ ދެކޮޅު އެއްވުންތައް ހުއްޓުވަން ސިފައިން ނެރުނު ހިސާބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox