ފުޓްބޯޅަ ކެރިއަރު ނިމެންދެން ލިވަޕޫލްގައި މަޑުކުރަން ބޭނުން ކަމަށް ސަލާހު ބުނެފި

Oct 23, 2021, 4:32 AM
ފުޓްބޯޅަ ކެރިއަރު ނިމެންދެން ލިވަޕޫލްގައި މަޑުކުރަން ބޭނުން ކަމަށް ސަލާހު ބުނެފި

ލިވަޕޫލް (އޮކްޓޫބަރު 23) - ފުޓްބޯޅަ ކެރިއަރު ނިމެންދެން ބޭނުންވަނީ ލިވަޕޫލްގައި މަޑުކުރަން ކަމަށް މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ބުނެފި އެވެ.

އުމުރުން 29 އަހަރުގެ ސަލާހު ލިވަޕޫލްގައި ހުރީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ.

ލިވަޕޫލުން އަންނަނީ ސަލާހުގެ ކޮންޓްރެކްޓް އާ ކުރަން މަޝްވަރާ ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ސަލާހު ލިވަޕޫލްގައި މަޑުކުރަން ކިޔާ މުސާރަ އުޅެނީ ހަފްތާ އަކު 450،000 ޑޮލަރަށް ވުރެ މަތީގަ އެވެ. ލިވަޕޫލުން އެ އަގު ދޭނަަމަ އެ ކްލަބްގެ މުސާރަ ޕޮލިސީ އަށް ބޮޑު ބަދަލެއް ގެންނަން ޖެހޭނެ އެވެ.

އިއްޔެ ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ސަލާހު ބުނީ އޭނާ ލިވަޕޫލްގައި މަޑުކުރުމަކީ އަމިއްލަ އަތުގައި އޮތް ނިންމުމެއް ނޫން ކަމަށެެވެ.

"އެ ކަންކަން އޮތީ ކްލަބަށް. އަހަރެންގެ އަމިއްލަ ވިސްނުމުގައި އެއްޗެއް ބުނާނަމަ ފުޓްބޯޅަ ކެރިއަރުގެ އެންމެ ފަހު ދުވަހާ ޖެހެންދެން އަހަރެން ލިވަޕޫލްގައި ހުންނަން ބޭނުން،" ސަލާހު ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން މި ކްލަބް ދޫކޮށް ދާން. އެެހެން ކްލަބެއްގައި ހުރެ ލިވަޕޫލާ ދެކޮޅަށް ކުޅެން ވެސް ބޭނުމެއް ނޫން. އެކަމަކު މި ހުރިހާ ކަމެއް ބަރޯސާވެފައި އޮތީ ކްލަބުން ބޭނުންވާ ގޮތެއްގެ މައްޗަށް،"

އާދަޔާހިލާފު ފޯމެއްގައި ހުރި ސަލާހު ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކުޅުނު 11 މެޗުގައި ޖުމްލަ 12 ގޯލު ޖަހައިފަ އެވެ. މި ގޯލުތަކުގެ ތެރެއިން ސަލާހު ވަނީ ރެކޯޑްތަކެއް މުގުރާލައި ބައެއް ރެކޯޑްތަކާ ހަމަކޮށްފަ އެވެ.

އެ ގޮތުން ސަލާހު ވަނީ ލިވަޕޫލަށް އެންމެ އަވަހަށް 100 ގޯލު ޖަަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ހަދައި، ލިވަޕޫލްގެ ތާރީހުގައި ޖެހިޖެހިގެން ނުވަ މެޗުގައި ގޯލު ޖެހި ފުރަތަމަ ކުލުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ. އަދި ޔޫރަޕްގައި ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ވެސް މިހާރު އޮތީ ސަލާހު އަތުގަ އެވެ.

މިސްރުގެ އަލް މޮކަލޫނުން 2010 ވަނަ އަހަރު ފުޓްބޯޅަ ކެރިއަރު ފެށި ސަލާހު ދެން ބަދަލުވީ 2012 ވަނަ އަހަރު ސްވިޒަލެންޑްގެ ބަސެލް އަށެވެ. ޗެލްސީން 2012 ވަނަ އަހަރު 14 މިލިއަން ޑޮލަރަށް ސަލާހު ގަތް ނަމަވެސް އޭނާގެ ބޭނުން މާ ބޮޑަށް ނުހިފުނެވެ.

ޗެލްސީގައި ފުރުސަތު ނުލިބޭތީ ސަލާހު ދެން ބަދަލުވީ އިޓަލީގެ ފިއޮރެންޓީނާ އާއި ރޯމާ އަށް ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ފަހުން ދާއިމީ ކޮންޓްރެކްޓެއްގައި ރޯމާ އަށް ސޮއިކުރުމަށް ފަހު އެ ޓީމުގައި ތަފާތު ދެއްކި އެވެ. ނަތީޖާ އަކަށްވީ 2017 ވަނަ އަހަރު ލިވަޕޫލުން 40 މިލިއަން ޑޮލަރަށް ސަލާހު ގަތުމެވެ. ލިވަޕޫލަށް މިހާތަނަށް ކުޅެދިން މެޗުތަކަށް ބަލާއިރު، ސަލާހު ވަނީ 214 މެޗުން 137 ގޯލު ޖަހައި 51 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox