ލުކާކޫ ޗެލްސީއާ ގުޅުނީ ފައިސާ އަށް: އިންޓަ މިލާން ޗީފް

Oct 23, 2021, 4:12 AM
ލުކާކޫ ޗެލްސީއާ ގުޅުނީ ފައިސާ އަށް: އިންޓަ މިލާން ޗީފް

ލަންޑަން (އޮކްޓޫބަރު 23) - މި ސީޒަން ފެއްޓުމުގެ ކުރިން ޗެލްސީގެ ރެކޯޑް ޓްރާންސްފާއެއްގެ ގޮތުގައި ރޮމެލޫ ލުކާކޫ އެ ޓީމާ ގުޅުނީ ފައިސާ އަށް ކަމަށް އިންޓަ މިލާންގެ ޗީފް ބެޕޭ މޮރާޓާ ވިދާޅުވެއްޖެ އެވެ.

ލުކާކޫ ގަންނަން ޗެލްސީން އެންމެ ފުރަތަމަ ކުރި ދެ ބިޑް ވެސް އިންޓަ އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެކަމަކު، ޗެލްސީ ލުކާކޫ ގަންނަން ތިން ވަނަ ބިޑެއް ތައްޔާރުކުރަން ފެށުމާ އެކު ލުކާކޫ އިންޓަގައި އެދުނީ އޭނާ ޗެލްސީ އަށް ދޫކޮށްލުމަށެވެ. އެހެންވެ، އިންޓަ އިން ބޭއިހުތިޔާރުގައި ވިޔަސް ނިންމީ ލުކާކޫ ވިއްކާލާށެވެ.

ޗެލްސީން އެންމެ ފުރަތަމަ ލުކާކޫ ގަންނަން އިންޓަ އަށް ހުށަހެޅީ 94 މިލިއަން ޑޮލަރުގެ ބިޑެކެވެ. މާ ގިނައިރުތަކެއް ނުވެ އިންޓަ އިން އެ ބިޑް އަނބުރާ ފޮނުވާލި އެވެ. އޭގެ ފަހުން ޗެލްސީން ހުށަހެޅީ 100 118 މިލިއަން ޑޮލަރު އާއި ސްޕެއިންގެ ފުލްބެކް މާކޯސް އަލޮންސޯ އެވެ. އެ ޑީލަށް ވެސް އިންޓަ އިން ވަނީ ނޫނެކޭ ބުނެފަ އެވެ. ލުކާކޫގެ ވެސް އެދުމާ އެކު އިންޓަ އިން އޭނާ ޗެލްސީ އަށް ވިއްކާލީ 135 މިލިއަން ޑޮލަރަށެވެ. އެއީ އެއް ކުޅުންތެރިއަކު ހޯދަން ޗެލްސީން އެ ކްލަބްގެ ތާރީހުގައި ވެސް ދިން އެންމެ ބޮޑު ޓްރާންސްފާ ފީ އެވެ.

"ލުކާކޫ ދިޔައީ އިންޓަ އިން ދެމުން ދިޔަ މުސާރަ އަށް ވުރެ ދެ ގުނަ ބޮޑު މުސާރަ އަކަށް. އެހެންވީމަ އޭނާ ޗެލްސީ އަށް ދިޔައީ ފައިސާ އަށޭ ބުނެވޭނެ،" އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މަރޯޓާ ވިދާޅުވި އެވެ.

ޗެލްސީން ސީޒަނަކު ލުކާކޫ އަށް މުސާރައިގެ ގޮތުގައި 12 މިލިއަން ޔޫރޯ ދެ އެވެ. އިންޓަ އަށް ކުޅުނުއިރު ބޯނަހާ އެކު ލުކާކޫ އަށް ލިބެނީ 5.8 މިލިއަން ޔޫރޯ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ލުކާކޫ ވިއްކާލުމަށް ފަހު އެ މަގާމަށް އިންޓަ އިން ގެނައީ ރޯމާގައި ހުރި ބޮސްނިއާގެ ފޯވާޑް އެޑިން ޒެކޯ އެވެ.

ޒެކޯ އަންނަނީ ހިލޭ ޓްރާންސްފާއެއްގައި އިންޓަ އަށް ބަދަލުވެ، ރަނގަޅު ކުޅުމެއް ދައްކައި ގިނަ ގޯލުތަކެއް ޖަހަމުންނެވެ. ޒެކޯ ވަނީ 11 މެޗުން ހަތް ގޯލު ޖަަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

"ލުކާކޫ ވެސް ފޯވާޑަކަށް ހުރެ ޖެހީ ގޯލު. ހަމަ އެ ގޮތަށް އެކަންކަން ޒެކޯ ވެސް ފުރިހަމަ އެބަކޮށްދޭ. އެހެންވީމަ އަހަރެމެންނަށް ލުކާކޫ ގެއްލުނަސް ކްލަބްގެ ހިންގުމަށް ބަލާއިރު މި ލިބުނީ މާލީ ގޮތުން ލުޔެއް،" މަރޯޓާ ވިދާޅުވި އެވެ.

އިޓަލީގެ ކްލަބްތަކުގެ ހަރަދުކުރުމުގެ ވައްޓަފާޅި ހުރި ގޮތަށް ބަލާއިރު، އެއްވެސް ކްލަބަކުން ކުއްލިއަކަށް އެހެން ހުރެފައި 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގެއް ދީފައި ކުޅުންތެރިން ނުގަންނާނެ ކަމަށް މަރޯޓާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox