މެސީ ޕީއެސްޖީން ފެނުމުން ހައިރާންވޭ: ރޮނާލްޑީނިއޯ

Oct 23, 2021, 3:32 AM
މެސީ ޕީއެސްޖީން ފެނުމުން ހައިރާންވޭ: ރޮނާލްޑީނިއޯ

ޕެރިސް (އޮކްޓޫބަރު 23) - ލިއޮނަލް މެސީ ޕީއެސްޖީން ފެންނާނެ ކަމަަށް ދުވަހަކު ވެސް އުއްމީދު ނުކުރާ ކަމަށް މަޝްހޫރު ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފި އެވެ.

ބާސެލޯނާއާ އެކު މެސީ ހަދާފައި އޮތް ކޮންޓްރެކްޓް މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވިއިރު، އޭރު ވެސް އެ ކްލަބުން ޔަގީންކަން ދެމުން އައީ މެސީ އާ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެެވެ. މެސީ ވެސް ނިންމައިގެން ހުރީ އެ ގޮތަށެވެ. އެކަމަކު، މަންޒަރު ބަދަލުވީ އެންމެ ފަހު ވަގުތު އެވެ.

މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބާސެލޯނާ އިން ބެލިއިރު، އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ބާސެލޯނާގެ ހުރިހާ ކުުޅުންތެރިިންގެ ޖުމްލަ މުސާރަ އިންތިހާ އަށް ބޮޑުވެފައިވުމެވެ. ލަލީގާގެ މުސާރަ އޮނިގަނޑަށް ފައްތައިގެން މެސީ މަޑުކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން ބާސެލޯނާ އަށް ޖެހުނީ އޭނާ ހިލޭ ދޫކޮށްލާށެވެ. މެސީ ޕީއެސްޖީ އަށް ސޮއިކުރީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

Advertisement

ލައިޕްޒިގާއި ޕީއެސްޖީގެ މެޗު ފެށުމުގެ ކުރިން: ރޮނާލްޑީނިއޯ (ކ) އާއި މެސީ ދަނޑުމަތީގައި.

ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި ޕީއެސްޖީން ފަހަތުން އަރައި ޖަރުމަނުގެ އާރްބީ ލައިޕްޒިގު ބަލިކުރި މެޗުގައި މެސީ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ މެޗު ބަލަން ޕީއެސްޖީގެ ހާއްސަ ދައުވަތަކަށް ރޮނާލްޑީނިއޯ ވެސް ދިޔަ އެވެ. މެޗު ފެށުމުގެ ކުރިން މެސީ އާއި ރޮނާލްޑީނިއޯ ވަނީ ބައްދަލުކޮށްފަ އެވެ. ކުރިން ޕީއެސްޖީ އަށް ކުޅުނު ރޮނާލްޑީނިއޯ އަކީ މެސީ ބާސެލޯނާ އަށް ސީނިއާ ލެވަލްްގައި 2004 ވަނަ އަހަރު ކުޅެން ފެށިއިރު، އެ ޓީމުގައި މެސީ އަށް އެންމެ އެހީވެދިން އެއް ކުޅުންތެރިޔާ އެވެ.

"އަހަަރެން ޔޫރަޕްގައި އެންމެ ފުރަތަމަ ކުޅުނީ ޕީއެސްޖީ އަށް. އެ ޓީމުގެ ޖޯޒީގައި މެސީ ފެނުމުން އުފާވޭ. އެކަމަކު، ހަގީގަތަކީ މެސީ ޕީއެސްޖީން ފެނުމުން އަހަރެން ވަރަށް ހައިރާންވޭ،" ބްރެޒިލްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑީނިއޯ ބުންޏެވެ.

ޕެޕް ގާޑިއޯލާގެ ކޯޗަކަށް އައިތާ މާ ގިނަ ދުވަހެއް ނުވެ ރޮނާލްޑީނިއޯ ބާސެލޯނާ ދޫކޮށްލިއިރު، އޭނާ ބޭނުންކުރަމުން އައި 10 ނަމްބަރު ޖޯޒީ ދިނީ މެސީ އަށެވެ. ރޮނާލްޑީނިއޯ ބުނީ މެސީ ބާސެލޯނާގައި ހާސިލްކުރި ކަންކަމަށް ބަލާއިރު، އެއީ އެއްވެސް ކުޅުންތެރިއަކަށް ހަމަކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

"އަހަރެން ހީކުރީ މެސީ ކެރިއަރު ނިންމާލާނީ ބާސެލޯނާގައި ކަމަށް. އޭނާ ޕީއެސްޖީން ފެނުމަކީ އަހަންނަށް ސަޕްރައިޒެއް. ހަަމަ ލޮލަށް ފެންނައިރު ވެސް ގަބޫލުކުރަން އުނދަގޫ. އަހަރެންގެ ހިތުގައި ޕީއެސްޖީ އަށް އޮތް ލޯތްބަށް ބަދަލެއް ނާންނާނެ. މެސީ އެ ޓީމުން ފެނުމުން ވަރަށް ބޮޑު އުފަލެއް ލިބިއްޖެ،" ރޮނާލްޑީނިއޯ ބުންޏެވެ.

ބްރެޒިލްގެ ގްރެމިއޯ އިން 1998 ވަނަ އަހަރު ކެރިއަރު ފެށި ރޮނާލްޑީނިއޯ ޕީއެސްޖީއާ ގުޅުނީ 2001 ވަނަ އަހަރު ފަސް މިލިއަން ޔޫރޯ އަށެވެ. އެ ޓީމަށް ދެ އަހަރު ކުޅެދިން ރޮނާލްޑީނިއޯ 2003 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވީ 30 މިލިއަން ޔޫރޯ އަށެވެ.

މެންޗެސްޓާ ޔުނައިޓެޑް ފަހަތަށް ޖައްސާލާފައި ބާސެލޯނާ އިން ރޮނާލްޑީނިއޯގެ ސޮއި ހޯދިއިރު، އޭނާ ވަނީ އެ ޓީމަށް ފަސް އަހަރު ކުޅެދީފަ އެވެ. ރޮނާލްޑީނިއޯ ބާސެލޯނާ ދޫކޮށް 2008 ވަނަ އަހަރު ބަދަލުވީ އިޓަލީގެ އޭސީ މިލާނަށެވެ. އެއީ ޔޫރަޕްގައި އޭނާ ކުޅުނު އެންމެ ފަހު ކްލަބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox