އިޒްރޭލުން ފަލަސްތީނުގެ ޖަމިއްޔާތަކެއް މަނާކުރުމުން ނުރުހުން ފާޅުކުރަނީ

ފަލަސްތީނުގެ ދިދަ.

ފަލަސްތީނުގެ ދިދަ.

ގުދުސް (އޮކްޓޯބަރު 22) - ފަލަސްތީނުގައި އިސްކޮށް ހަރަކާތްތެރިވާ އަމިއްލަ ހަ ޖަމާއަތެއް "ޓެރަރިސްޓު ޖަމާއަތްތަކުގެ" ގޮތުގައި އިޒްރޭލުން ކަނޑައެޅުމުން ފަލަސްތީނު ސަރުކާރާއި، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން ނުރުހުން ފާޅުކޮށްފި އެވެ.

ފަލަސްތީނު ސަރުކާރުން ތުހުމަތު ކުރީ އެ ހަ ޖަމިއްޔާ އިން ސިއްރުން ޕޮޕިއުލާ ފްރަންޓް ފޯ ދަ ލިބެރޭޝަން އޮފް ޕަލެސްތީން (ޕީއެފްއެލްޕީ) އާއެކު މަސައްކަތް ކުރާ ކަމަށެވެ. ޕީއެފްއެލްޕީ އަކީ ޓެރަރިސްޓު ގްރޫޕެއް ކަމަށް ހުޅަނގުގެ ގިނަ ގައުމުތަކުން ދެކެ އެވެ.

އިޒްރޭލުން މަނާކުރި ގްރޫޕުތަކަކީ ޔޫނިއަން އޮފް ޕަލެސްތީނިއަން ވިމެންސް ކޮމިޓީޒް (ޔޫޕީޑަބްލިއުސީ)، އައްޑަމީޜް، ބިސާން ސެންޓާ ފޯ ރިސާޗް އެންޑް ޑެވެލޮޕްމަންޓް، އަލް ހައްގު، ޑިފެންސް ފޯ ޗިލްޑްރެން އިންޓަނޭޝަނަލް - ޕަލެސްތީން (ޑީސީއައި-ޕީ) އަދި ޔޫނިއަން އޮފް އެގްރިކަލްޗަރަލް ވޯކް ކޮމިޓީޒް (ޔޫއޭޑަބްލިއުސީ) އެވެ.

އެ ޖަމިއްޔާތައް ސިވިލް ސޮސައިޓީ ޖަމިއްޔާތަކުގެ ގޮތުގައި ހަރަކާތްތެރިވި ނަމަވެސް "ހަގީގަތުގައި ކޮންޓްރޯލް ކުރަނީ ޕީއެފްއެލްޕީގެ އިސް ލީޑަރުން" ކަމަށް އިޒްރޭލުން ތުހުމަތު ކުރި އެވެ. އަދި އެ ޖަމިއްޔާތަކުގެ މަސައްކަތުގައި ޓެރަރިސްޓު ހަރަކާތްތަކުގައި އުޅެފައި ތިބި މީހުން ހިމެނޭ ކަމަށް ބުންޏެވެ.

ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒް ވަނީ އެހެން ގައުމުތަކުން ވެސް އެ ޖަމިއްޔާތަކާ ގުޅިގެން އެއްވެސް ހަރަކާތެއް ނުހިންގުމަށް ގޮވާލައްވާފަ އެވެ.

އިޒްރޭލުގެ ނިންމުމާ މެދު ނުރުހުން ފާޅުކުރަމުން ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނީ ފަލަސްތީނުގެ ސިވިލް ސޮސައިޓީ އާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި އުޅޭ މީހުންނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރާ ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިޔުމަން ރައިޓްސް ވޮޗް އިން ވެސް ބުނީ އެއީ "އިންސާފުވެރި ކަމެއް ނެތް ނިންމުމެއް" ކަމަށާއި އިޒްރޭލް ސަރުކާރުން އެ ހަމަލާދެމުން ދަނީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ހަރަކާތަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox