ނިއުކާސަލް އިން ބްރޫސް އަށް ހެދި ގޮތުން އާޓެޓާ އަށް އަސަރުކޮށްފި

Oct 21, 2021, 11:59 PM
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.-- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.-- ފޮޓޯ: އޭއެފްޕީ

ނިއުކާސަލް (އޮކްޓޫބަރު 22) - ނިއުކާސަލް ޔުނައިޓެޑްގެ ކޯޗުކަމުން ސްޓީވް ބްރޫސް ވަކިކުރިއިރު، އޭނައާ މެދު ކަންތައް ކުރީ ވަރަށް ބޭއިންސާފުން އިންސާނީ ކަރާމާތަށް ވެސް އިހުތިރާމް ކުޑަކޮށް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ނިއުކާސަލް އިން ވަނީ ބްރޫސް، 60، މަގާމުން ދުރުކޮށްފައިވާކަން މީގެ އެއް ދުވަސްކުރިން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ދާދި ފަހުން ނިއުކާސަލް ގަތުމާ އެކު، ބްރޫސް އެ މަގާމުން ވަކިކުރާނެ ކަމަށް ކުރިން ވެސް އޮތީ ބެެލެވިފަ އެވެ.

ނިއުކާސަލް ސަޕޯޓަރުންގެ ބަޔަކު ބްރޫސް ވަކިކުރުމުގެ ކުރިން ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަ ދެއްކިއިރު، ގިނަ ސަޕޯޓަރުން ވަނީ ބްރޫސްާ އޭނާގެ އާއިލާއާ ދިމާކޮށްލައިފަ އެވެ.

ސަޕޯޓަރުންގެ އެ ވާހަކަތަކަށް އިޝާރާތްކޮށް ބްރޫސް އިނގިރޭސި ނޫސް ޓެލެގްރާފަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތައް ފެންނަ ހިސާބުގައި އޭނާގެ މައިންބަފައިން ނެތުމަކީ ހިތްހަމަޖެހުމެއް ކަމަށް ބުނެފަ އެވެ.

"އޭނަ (ބްރޫސް)އާ މެދު އެ ކަންތައް ކުރީ ވަރަށް ބޭއިންސާފުން. އެއީ ކޯޗިން އަށް ވަންނަން ވިސްނައިގެން ތިބި މީހުންނަށް ދެވުނު ނުރަނގަޅު މެސެޖެއް. ފުޓްބޯޅަ އަށް ދެރައެއް މި ލިބެނީ،" އާޓެޓާ ބުންޏެވެ.

"ކޮންމެ މީހެއްގެ ވެސް ވިސްނުމެއް އޮންނާނެ. އެކަަމަކު، ކޯޗަކަށް ހުންނަ މީހެއްގެ އިއްޒަތާއި ކަރާމާތަށް ހުތުރުވާ ވަރަށް ބަސްބުނުން އެއީ ހިޔާލުފާޅުކުރުމެއް ނޫން. ބޭނުމެއް ނުހިފޭ ފަލަ މީހެކޭ ބުނެ ދިމާކޮށްލުމަކީ ފުޓްބޯޅައިގެ އަހުލާގުގެ އިތުރުން އިންސާނުންނަށް މުހާތަބު ވެސް ކުރަން ޖެހޭ ގޮތެއް ނޫން،"

އާޓެޓާ ބުނީ ބްރޫސް އަކީ ފުޓްބޯޅައިގެ ތެރޭގައި 40 ވަރަކަށް އަހަރު ވަންދެން އުޅެފައިވާ މީހެއް ކަމަށާއި އެ ވަރުގެ ފުޓްބޯޅައިގެ ހިދުމަތްތެރިއަކަށް އެ ފަދަ ގޮތަކަށް މުހާތަބު ކުރުމަކީ ފުޓްބޯޅަ އަށް ކުރެވޭ މަލާމާތެއް ކަމަށެެވެ. ފުޓްބޯޅައިގެ ފެއާޕްލޭ އަކީ މި ފަދަ ކަންކަން ވެސް ހުއްޓުވުން ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox