އެމެރިކާ އަކީ ނަހަމަ އުސޫލު ގެންގުޅޭ ގައުމެއް: އުތުރު ކޮރެއާ

އުތުރު ކޮރެއާ އިން މިސައިލް ފޮނުވި މަންޒަރު ޓީވީއަކުން ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

އުތުރު ކޮރެއާ އިން މިސައިލް ފޮނުވި މަންޒަރު ޓީވީއަކުން ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

ސޯލް، ދެކުނު ކޮރެއާ (އޮކްޓޯބަރު 21) - އުތުރު ކޮރެއާ އިން މިދިޔަ އަންގާރަ ދުވަހު ޓެސްޓު ކުރި މިސައިލާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން، އެމެރިކާ އަކީ ނަހަމަ އުސޫލު ގެންގުޅޭ ގައުމެއް ކަމަށް އުތުރު ކޮރެއާ އިން ބުނެފި އެވެ.

އުތުރު ކޮރެއާ އިން ޓެސްޓުކޮށްފައި ވަނީ މުޅިން އާ ވައްތަރެއްގެ ސަބްމެރީނުން ލޯންޗު ކުރާ ބެލިސްޓިކް މިސައިލެކެވެ. ފަހަކަށް އައިސް ގިނަ މިސައިލްތަކެއް އެ ގައުމުން ދަނީ ޓެސްޓު ކުރަމުންނެވެ.

އުތުރު ކޮރެއާގެ ފޮރުން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ ޓެސްޓުތައް ކުރަމުން ދަނީ އެމެރިކާ އަށް ބިރު ދައްކަން ނޫން ކަމަށާއި އެއީ "ހަމައެކަނި އުތުރު ކޮރެއާގެ ދިފާއީ ގާބިލްކަން އިތުރު ކުރުމަށް" ކުރާ މަސައްކަތްތަކެއް ކަމަށެވެ.

"އެހެންވީމަ މިސައިލް ޓެސްޓު ކުރާތީ އެމެރިކާ އިން ކަންބޮޑުވެ ފިކުރު ކުރަން ޖެހޭ ސަބަބެއް ނެތް،" ކޭސީއެންއޭ ނިއުސް އެޖެންސީން އާއްމުކުރި ބަޔާނެއްގައި ތަރުޖަމާނާ ހަވާލަދީ ބުނެފައި ވެ އެވެ.

އޭގެ އިތުރުން އެމެރިކާ އަތުގައި މިހާރު ވެސް އޮތް ނުވަތަ އެމެރިކާ އިން އުފައްދަން މަސައްކަތް ކުރަމުންދާ ހަތިޔާރެއް އުތުރު ކޮރެއާ އިން ޓެސްޓު ކުރުމުން އެކަމާ ފާޑުކިޔުމަކީ އެމެރިކާ އިން ގެންގުޅޭ ނަހަމަ އުސޫލު ހާމަވާ ކަމެއްގެ ގޮތުގައި ސިފަކުރި އެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ތިން ފަހަރެއްގެ މަތިން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރައްވާފަ އެވެ. ނަމަވެސް އުތުރު ކޮރެއާގެ ނިޔުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

އެމެރިކާގެ މިހާރު ރައީސް ޖޯ ބައިޑެން ވިދާޅުވެފައި ވަނީ ޑިޕްލޮމެސީ އަށް އިސްކަން ދެއްވާނެ ކަމަށެވެ. ނަމަވެސް ބައިޑެންގެ ސަރުކާރުގައި އުތުރު ކޮރެއާގެ މައްސަލައިގައި މިހާތަނަށް މާ ބޮޑު ކުރިއެރުންތަކެއް ހޯދިފައެއް ނުވެ އެވެ.

މި މަހުގެ ކުރީކޮޅު އުތުރު ކޮރެއާ އިން ތުހުމަތު ކުރި ގޮތުގައި ދެ ކޮރެއާގެ ދެމެދުގައި ހަމަނުޖެހުން ހިނގަނީ އެމެރިކާއާ ހެދި އެވެ. އުތުރު އަދި ދެކުނު ކޮރެއާގެ ހަނގުރާމަ ނިމުނުކަން މިހާތަނަށް ވެސް ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެ އެވެ. އެހެންކަމުން ދެ ގައުމުގެ ހަތިޔާރުގެ ވާދަވެރިކަން ވަރަށް ބޮޑަށް އޮވެ އެވެ.

ފަހަކަށް އައިސް އުތުރު ކޮރެއާ އިން ހަތިޔާރު ޓެސްޓު ކުރާ މިންވަރު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން އަޑަށް ވުރެ ބާރަށް ދަތުރު ކުރާ ހައިޕަސޮނިކް މިސައިލާއި ދިގު ރާސްތާގެ ކްރޫޒް މިސައިލާއި އެންޓި އެއާ-ކްރާފްޓް ހަތިޔާރު ވެސް ޓެސްޓުކޮށްފައި ވެ އެވެ.

ބައެއް ހަތިޔާރުތައް ޓެސްޓު ކުރަމުން ދަނީ އެކަމާ ދެކޮޅަށް ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނިކޮށެވެ. އދ. އިން އުތުރު ކޮރެއާ އަށް މަނާކޮށްފައި ވަނީ ބެލިސްޓިކް މިސައިލާއި ނިޔުކްލިއާ ހަތިޔާރު ޓެސްޓު ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox