ރަސްދޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ރައީސްގެ އުއްމީދީ ޖަވާބެއް

ރައީސް ސޯލިހު ރަސްދުއަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވަނީ. ކައުންސިލްގެ ފަރާތުން ރައްޔިތުންގެ ހުރި މައިގަނޑު ކަންބޮދުވުންތައް ރައީސްއާ ހިއްސާކޮށްފަ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ރަސްދުއަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވަނީ. ކައުންސިލްގެ ފަރާތުން ރައްޔިތުންގެ ހުރި މައިގަނޑު ކަންބޮދުވުންތައް ރައީސްއާ ހިއްސާކޮށްފަ.-- ފޮޓޯ: ރައީސް އޮފީސް

އއ. ރަސްދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުންކަމުގައިވާ އެރަށުގައި ބިން ނެތުމުގެ ސަބަބުން އެރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ރޭވުންތަކެއް ރާއްވަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރަސްދުއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެ ބައްދަލުވުމުގައި ރަސްދޫ ކައުންސިލުގެ ފަރާތުން ވަނީ ރަށަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާ އަދި އެ ދަތިކަމުގެ ސަބަބުން ދެން ކުރިމަތިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ރައީސަށް ދަންނަވައިފަ އެވެ.

ޖަވާބުގައި ރައީސް ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއިން އެ މައްސަލައަށް ވަގުތީ ހައްލެއް ލިބިގެންދާނެކަމަށް ވިދާޅުވެފަ އެވެ. އަދި ދާއިމީ ހައްލެއް ހޯދުމަށްޓަކައި ދިގު މުއްދަތުގެ ޕްލޭނެއް ރާއްވަވާނެ ކަމަށް ވެސް ރައީސް ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ކުރިޔަށް އޮތް ދެ އަހަރު ތެރޭ ސަރުކާރުން ރަސްދޫގައި މިހާރު ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއް ނިމޭނެކަމުގެ ޔަގީންކަން އަނެއްކާ ވެސް ރަސްދޫ ކައުންސިލަށް އަރުވައިފަ އެވެ.

ރަސްދޫގައި ސަރުކާރުގެ ގިނަ މަޝްރޫތަކެއް މިހާރު ވެސް ކުރިޔަށް އެބަ ދެ އެވެ. އޭގެ ތެރޭގައި އެރަށުގެ އާރުއޯ ޕްލާންޓާއި ފެނުގެ ސްޓޮރޭޖް ޓޭންކެއް ގާއިމުކުރަން ހިންގާ މަޝްރޫއުގެ އިތުރުން، ފުޓުބޯޅަ ދަނޑު ތަރައްގީކުރުމުގެ މަޝްރޫއާއި އާ އިންޖީނުގޭގެ މަޝްރޫއު ހިމެނެ އެވެ.

އަމަލީ މަސައްކަތް ނުފެށި ހުރި ނަމަވެސް ރަސްދޫގައި ކުރިޔަށް ގެންދަން ޓެންޑާކޮށްފައި ހުރި މަސައްކަތްތަކުގެ ތެރޭގައި މަސްވެރިންނަށް އައިސް ޕްލާންޓެއް އެރަށުގައި ގާއިމުކުރުމާއި ރަސްދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ 12 އާ ކުލާސްރޫމާއި މަލްޓި ޕާޕޮސް ހޯލް އިމާރާތްކުރުން ހިމެނެ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ މިފަދަ ބައެއް މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރައްވާފަ އެވެ. ރައީސްއާއެކު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވަނީ ރަސްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފަ އެވެ.

އަދި ރަސްދޫގައި އަޅާފައިވާ ސީ ވޯލްއަށް ލިބިފައިހުރި ގެއްލުންތަކާ އެރަށުގައި ކުޅިވަރު އިތުރަށް ކުރިއަރުވަން ވެސް ކައުންސިލުން ވަނީ ރައީސްއާ މަޝްވަރާ ކޮށްފަ އެވެ. އަދި ކައުންސިލާއި ސަރުކާރުގެ އިދާރާތަކާއެކު ގުޅިގެން އިތުރަށް ރަށުގައި ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ.

ރައީސް ސޯލިހު ރަސްދޫގައި. ރައީސް ވަނީ ރަސްދުއަށް ވަޑައިގެން އެރަށުގެ ގިރާ ސަރަހައްދަށް ޒިޔާރަތްކުރައްވާފަ.-- ފޮޓޯ: ރައީަސް އޮފީސް
ރައީސް ސޯލިހު ރަސްދޫގައި. ރައީސް ވަނީ ރަސްދުއަށް ވަޑައިގެން އެރަށުގެ ގިރާ ސަރަހައްދަށް ޒިޔާރަތްކުރައްވާފަ.-- ފޮޓޯ: ރައީަސް އޮފީސް

ރައީސް ސޯލިހު ރަސްދޫގައި. ރައީސް ވަނީ ރަސްދުއަށް ވަޑައިގެން އެރަށުގެ ގިރާ ސަރަހައްދަށް ޒިޔާރަތްކުރައްވާފަ.-- ފޮޓޯ: ރައީަސް އޮފީސް

އެފަހުން ރައީސް ވަނީ ރަސްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފަ އެވެ. އަދި އެރަށުގައި ގިރަމުންދާކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދަށް ވެސް ރައީސް ވަނީ ޒިޔާރަތްކުރައްވާފަ އެވެ.

އާބާދީގައި ގާތްގަނޑަކަށް 1،200 އެއްހަ މީހުން ދިރިއުޅޭ ރަސްދޫއަކީ ރައީސްގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި ވަޑައިގަތް ދެވަނަ މަންޒިލެވެ. އަތޮޅުވެރިކަން ކުރާ ރަސްދުއަށްފަހު އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދުއަށް ވެސް ރައީސް ވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox