ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް އުންމީދެއް އޮތީ ޑައިނަމޯ ބަލިކޮށްގެން: ކޫމަން

Oct 20, 2021, 7:51 AM
ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް އުންމީދެއް އޮތީ ޑައިނަމޯ ބަލިކޮށްގެން: ކޫމަން

ބާސެލޯނާ (20 އޮކްޓޫބަރު) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދިއުމަށް ބާސެލޯނާ އިން ކުރާ އުންމީދުތައް ދެމެހެއްޓޭނީ، މި މުބާރާތުގައި މިރޭ ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ބަޔާން މިއުނިކާއި ބެންފީކާ އަތުން ބަލިވެ، ބާސެލޯނާ އޮތީ ގުރޫޕް އީގެ ފުލުގަ އެވެ. މި މުބާރާތުގައި ބާސެލޯނާ އަށް ދެން އޮތީ ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ކުޅޭ ދެ މެޗެވެ. ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ބާސެލޯނާ މިރޭ ނުކުންނާނީ އަމިއްލަ ދަނޑުގަ އެވެ.

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ބާސެލޯނާ އެންމެ ފަހުން ކެޓީ މީގެ 21 އަހަރު ކުރިންނެވެ.

މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޫމަން ބުނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ އުންމީދެއް ބާސެލޯނާ އަށް އޮތީ މިރޭގެ މެޗުން މޮޅުވެގެން ކަމަށެވެ.

"މާދަމާ (މިރޭ) ބާސެލޯނާ ނުކުންނާނީ ޗެމްޕިއަންްސް ލީގުގައި ކުރިއަށް ދިއުމަށް އޮތް ފުރުސަތު ދަމަހައްޓަން،" ކޫމަން ބުންޏެވެ.

"ފުރަތަމަ ދެ މެޗުން ބަލިވުމުން، އަހަރަމެންނަށް މި މެޗުން މޮޅުވުން ނޫން ގޮތެއް ނެތް."

ބާސެލޯނާ އާއި ޑައިނަމޯ ކިއޭވް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ.

ފާޓީއާ މެދު ބޮޑު އުއްމީދެއް

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި 11 މަސް ދުވަސް ހޭދަކުރުމަށް ފަހު، އަންސޫ ފާޓީ އެނބުރި ދަނޑަށް ނުކުތުމާއެކު ބާސެލޯނާގެ ސަޕޯޓަރުންގެ އުންމީދުތައް ވަނީ އާވެފަ އެވެ. އަނިޔާ އިން ރަނގަޅުވުމަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ފާޓީ ވަނީ ލެވަންޓޭ ކޮޅަށް މިދިޔަ މަހު ލަނޑު ޖަހައިފަ އެވެ. އަދި ސްޕެނިޝް ލީގުގައި އާދިއްތަ ދުވަހު ވެލެންސިއާ އަތުން ބާސެލޯނާ މޮޅުވި މެޗުގައި ވެސް އޭނާ ލަނޑުޖެހި އެވެ.

މި ސީޒަންގެ ނިޔަލަށް ފާޓީގެ ކޮންޓްރެކްޓް ހަމަވާއިރު، އޭނާ އެހެން ކްލަބަކަށް ބަދަލުވާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. އެކަމަކު ކޫމަން ބުނީ ފާޓީގެ ކޮންޓުރެކްޓް އާކުރާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"އަހަންނަށް އެނގޭ ކަމަކީ ފާޓީގެ ކޮންޓުރެކްޓް އާކުރުމުގެ މަޝްވަރާތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަން. މިއީ ވަރަށް މުހިންމު ހަބަރެއް. ފާޓީ އަކީ މި ކްލަބުގެ މުސްތަގްބަލް ބައްޓަންކުރާނެ ފެންވަރުހުރި ކުޅުންތެރިއެއް،" ކޫމަން ބުންޏެވެ. -- އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox