ފާޑުކިޔުމަކުން އަހަންނަށް އަސަރެއް ނުކުރާނެ: ސޯލްޝެއާ

Oct 20, 2021, 7:00 AM
ފާޑުކިޔުމަކުން އަހަންނަށް އަސަރެއް ނުކުރާނެ: ސޯލްޝެއާ

މެންޗެސްޓާ (އޮކްޓޫބަރު 20) - އޭނާ އަށް މީޑިއާ އިން އަމާޒުކުރަމުން އަންނަ ފާޑުކިޔުންތަކުގެ ސަބަބުން އަސަރެއް ނުކުރާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ނޯވޭ އަށް އުފަން އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ފަހަކަށް އައިސް ޔުނައިޓެޑުން ކުޅުނު މެޗުތަކުގައި ނަތީޖާތައް ނުކުމެފައިވާ ގޮތުން ސޯލްޝެއާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ޔުނައިޓެޑްގެ ބައެއް ސަޕޯޓަރުންގެ ގްރޫޕްތަކާއި ޓީވީ އެނަލިސްޓުން ވެސް އަންނަނީ ޔުނައިޓެޑަށް ތަށި ހޯދޭނެ ފެންވަރުގެ މޮޅު ކޯޗެއް ގެންނަން ޖެހޭ ކަމަށް ބުނެ ސޯލްޝެއާ އަށް ފާޑުކިޔަމުންނެވެ.

"އަހަންނަށް އެ ވާހަކަ ތަކުން އަސަރެއް ނުކުރޭ. އަހަންނަށް އެބައޮތް އަމިއްލަ ނަފްސަށް އިތުބާރު. ކްލަބުން އަހަންނަށް ކުރާ އިތުބާރު ބަދަލުނުވާހާ ހިނދަކު، ވަކި ބަޔަކު އަހަންނަށް ކުރާ މަލާމާތެއް ނޫނީ ފާޑުކިޔުމެއް މުހިއްމެއް ނޫން،" ޔުނައިޓެޑަށް އާ ކޯޗެއް ބޭނުންވާ ކަމަށް ބުނެ ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު އަދި ސްކައި ސްޕޯޓްސްގެ އެނަލިސްޓް ޖޭމީ ކެރަގާ ދެއްކި ވާހަކައާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ސޯލްޝެއާ ބުންޏެވެ.

"އާދިއްތަ ދުވަހު އަހަރެމެންނާ (ޔުނައިޓެޑާ) ލިވަޕޫލްގެ މެޗު ވެސް އެބައޮތް،"

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. ހަތަރު މެޗުން ބަލިވިއިރު، އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ލެސްޓާ ސިޓީ އަތުން ވަނީ 4-2 އިން ބަލިވެފަ އެވެ. އެ ނަތީޖާއާ އެކު 29 މެޗަށް ފަހު ޔުނައިޓެޑް ވަނީ ލީގުގައި ފުރަތަމަ ފަަހަރަށް ރަށުންބޭރުގައި ބަލިވެފަ އެވެ. ދޮޅު އަހަރު ދެމެހެއްޓި ރެކޯޑަކަށް ނިންމުން އައީ އެވެ.

"ކޮންމެ ޓީމެއް ވެސް އުނދަގޫ ދުވަސްތަކެއް ގުނާނެ. އޭގެ މާނަ އަކީ ކުރަމުން އަންނަ މަސައްކަތްތައް ހުއްޓާލަން ވީއެއް ނޫން. އަހަރެމެން ފޯކަސް ކުރަންވީ ރަނގަޅު ކުރެވޭނެ ކަންތައްތަކަށް،" މި ވަގުތު ފޯމު ގެއްލިފައި އޮތް އޮތުމަށް އިޝާރާތްކޮށް ސޯލްޝެއާ ބުންޏެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ވަގުތަށް ބަލާއިރު ޔުނައިޓެޑްގެ ބޯޑު މެމްބަރުންގެ ތާއީދު 100 ޕަސެންޓް ސޯލްޝެއާ އަށް އެބައޮތެވެ. އެކަމަކު، ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާ ރަނގަޅު ނުކުރެވޭނަމަ ކަންކަން ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހޯސޭ މޮރީނިއޯ ވަކިކޮށް ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ. ވަގުތީ ކޮންޓްރެކްޓެއްގައި ތިން މަސް ދުވަސް ހޭދަކުރިއިރު، ސޯލްޝެއާގެ މަސައްކަތް ޔުނައިޓެޑަށް ރަނގަޅުވުމުން އެ ޓީމުން އޭނާ އަށް ދާއިމީ އެއްބަސްވުމެއް ދިނީ ތިން އަހަރުގެ މުއްދަތަށެވެ.

މި ސީޒަން ފެށުމުގެ ކުރިން ކުރިން އޮތް އެ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކުރި އެވެ. އެކަމަކު، މިހާރު ކަންތައްތައް ބަދަލުވަމުންދާ ގޮތަށް ބަލާއިރު، ސޯލްޝެއާ އަށް ކައިރި މުސްތަގުބަލެއްގައި ޔުނައިޓެޑްގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ.

ޔުނައިޓެޑް މިރޭ ޗެމްޕިއަންސް ލީގުގައި ނުކުންނާނީ އިޓަލީގެ އެޓަލަންޓާއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox