ޖަޕާނުގެ އާސޯ ފަރުބަދަ ގޮވައިފި

ޖަޕާނުގެ އާސޯ ފަރުބަދަ ގޮވަނީ. -- ފޮޓޯ: އޭއެފްޕީ

ޖަޕާނުގެ އާސޯ ފަރުބަދަ ގޮވަނީ. -- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ، ޖަޕާން (އޮކްޓޯބަރު 20) - ޖަޕާނުގެ އާސޯ ފަރުބަދަ ގޮވައި އެތައް ހާސް މީޓަރެއް އުހަށް ދުންތައް ފެތުރެން ފަށައިފި އެވެ.

ޖަޕާނުގެ ހުޅަނގު ދެކުނުގައި ހުންނަ މި އަލިފާން ފަރުބަދަ ބުދަ ދުވަހުގެ ހެނދުނު ގޮވާފައިވާ އިރު މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ނުލިބެ އެވެ.

ފަރުބަދައިން ހޫނު ގޭސްތައް ފެތުރެން ފެށުމުން އާއްމުން އެ ސަރަހައްދަށް ނުދިޔުމަށް ވަނީ އަންގާފަ އެވެ. އެއްވެސް މީހަކަށް އަނިޔާއެއްވިތޯ ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އާސޯ ފަރުބަދައިގެ ތިރީގައި ފަތުރުވެރިންގެ މެދުގައި މަގްބޫލު ދާރުލް އާސާރެއް ހުރެ އެވެ. ނަމަވެސް ދާރުލް އާސާރާ ހަމައަށް އަލިފާން ފައިބާފައެއް ނުވެ އެވެ.

ޖަޕާނުގެ މިޓިއޮރޮލޮޖިކަލް އެޖެންސީން ބުނީ ފަރުބަދައާ ކައިރި ހިސާބުތަކަށް ބޮޑެތި ގާ ފަދަ ތަކެތި ވިއްސައިގެން ދިޔުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އާސޯ ފަރުބަދައާ ގުޅިގެން އެ އެޖެންސީން ވަނީ ލެވެލް ތިނެއްގެ އިންޒާރެއް ދީފަ އެވެ. އެއްވެސް ހަރަކާތެއް ނެތި 19 އަހަރު އޮތް އާސޯ ފަރުބަދަ 2016 ގައި ގޮވުމުން ވެސް އެ ލެވެލްގެ އިންޒާރު ނެރުނެވެ.

ޖަޕާނުގެ ހުޅަނގު ދެކުނުގައި އޮންނަ ކިޔޫޝޫ އައިލެންޑުގައި ހުންނަ 1،592 މީޓަރު އުސް މި އަލިފާން ފަރުބަދައަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު ތަނެކެވެ.

ޖަޕާނަކީ ދުނިޔޭގެ އަލިފާން ފަރުބަދަތަކުގެ ތެރެއިން އެންމެ ގިނައިން ހަރަކާތްތައް ހިނގާ އަލިފާން ފަރުބަދަތައް ހުންނަ ގައުމެވެ. ޖަޕާނު އޮންނަ "ޕެސިފިކް ރިންގް އޮފް ފަޔާ" އަކީ ގިނަ އަދަދެއްގެ ބިންހެލުމާއި، އަލިފާން ފަރުބަދަ ގޮވުން ފަދަ ކަންކަން ހިނގާ ހިސާބެކެވެ.

ނުވަދިހަ އަހަރުގެ ތެރޭގައި ޖަޕާނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާ ދިމާވީ ސެޕްޓެމްބަރު 2014 ގައި އޮންޓަކޭ ފަރުބަދަ ގޮވުމުންނެވެ. އެ ފަހަރު 63 މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox