މެނިފެސްޓާއި ލައިފް ޖެކެޓު ނެތް ނަމަ ސީ ވާދިނަސް ބާތިލުކުރަނީ

މޫސުން ގޯސް ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

މޫސުން ގޯސް ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު

ފާއިތުވި ދެ ތިން ދުވަހުގެ ތެރޭގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ކަނޑުމަތީގެ ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގާފައިވަނިކޮށް، ކަނޑުގައި ދުއްވާ އުޅަނދުތަކުން ދަތުރުކުރާ ފަރާތްތަކުގެ މެނިފެސްޓާއެކު ލައިފް ޖެކެޓު ބެހެއްޓުން ފަދަ ސަލާމަތީ ގިނަ ފިޔަވަޅުތައް އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ފުރިހަމަކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީއިން އަންގައިފި އެވެ.

އެ އޮތޯރިޓީން މިރޭ ކުރި އިއުލާނެއްގައި ބުނީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވައިދުގެ ދަށުން ޖުމްލަ 11 ކަމެއް އަންނަ އަހަރުގެ ޖެނުއަރީ 16 ގެ ކުރިން ފުރިހަމަކުރަން އަންގާ ކަމަށެވެ.

އެގޮތުން، ލިސްޓުކޮށްފައިވާ ކަންކަމުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އުޅަނދުތަކުން ދަތުރުކުރާ ފަރާތްތަކުގެ މެނިފެސްޓު އެނގެން އޮތުމާއި ލައިފް ޖެކެޓާއި ލައިފް ބޮއި ހުުރުން ލާޒިމުކުރުމެވެ.

އޭގެ އިތުރުން، އުޅަނދުތަކުގައި މުއާސަލާތީ އާލަތްތައް ހުރުމާއި، އުޅަނދުތަކުގައި ވެސެލް ޓްރެކިން ޑިވައިސެއް ހަރުކުރަންޖެހޭނެ ކަމަށް އެ ގަވައިދުގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ލާޒިމުކޮށްފަ އެވެ.

ޖެނުއަރީ 16ގެ ކުރިން ފުރިހަމަކުރަންޖެހޭ އެހެން ކަންކަން

  • އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓްފިކެޓު ހެއްދުން.
  • ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާބެހޭ ސެޓްފިކެޓް ހެއްދުން.
  • ސުވޭޖް ސެޓްފިކެޓް ހެއްދުން.
  • އުޅަނދުފަހަރު މަރާމާތުކުރަން އެހެލުމަށްފަހު ދޫކުރާ ލިޔުން ނެގުން.
  • ކެޕްޓަނުންނާއި، ފަޅުވެރިންނާއި، އަދި މެރީން މެކޭނިކުންގެ އަތުގައި ލައިސެންސް އަދި ސަނަދުތައް އޮތުން.
  • ބޮޔަންޓް އެޕެރޭޓަސް ހުރުން.
  • ކެޕްޓަނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށަހެޅުން.

ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެކަންކަން ފުރިހަމަކޮށްފައިނުވާ އުޅަނދުތަކަށް ދޫކޮށްފައިވާ ސީ ވާދިނަސް ސެޓްފިކެޓް ބާތިލުކުރެވޭނެ ކަމަށެވެ.

ހިތާމަވެރި ހާދިސާތަކެއް

ޓްރާންސްޕޯޓް އޮތޯރިޓީން މިފަދަ އިއުލާނެއް ނެރެފައިވަނީ ފާއިތުވި ދެ ތިން ދުވަހުގެ ތެރޭގައި ކަނޑުމަތީގެ އެތައް ހާދިސާއެއް ހިނގައި، އުޅަނދުތަކުގެ ސަލާމަތީ ކަންކަން ތަންފީޒު ނުކުރެވޭތީ ކަމާބެހޭ އިދާރާތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކަށް ރާޅެއް ޖަހައި، އެ ބޯޓުގައި ދަތުރުކުރި އަންހެނެއް ވަނީ މަރުވެފަ އެވެ. އެ ހާދިސާގައި އެ އަންހެން މީހާގެ ދަރިފުޅު ގެއްލިފައިވާއިރު، އަދި ވެސް އެ ކުއްޖާ ފެނިފައެއް ނުވެ އެވެ.

މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފައިވަނިކޮށް، އެ ލޯންޗުގައި ތިބި އެއްވެސް މީހަކު ލައިފް ޖެކެޓެއް ނާޅަ އެވެ.

އޭގެ ފަހުން އިއްޔެ ކާށިދޫ ކަނޑުން ދަތުރުކުރި ސަޕްލައި ދޯންޏަކުން ޒުވާނަކު ކަނޑަށް ވެއްޓުނެވެ.

އޭނާ ސަލާމަތްވީ، ދެ ގަޑިއިރެއްހާއިރު ވަންދެން ފަތާފައި ގޮސް ކާށިދޫއަށް އަރައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox