ރޮނާލްޑޯ ގަތުމަކީ ޔުވެންޓަސްގެ ގޯސް ނިންމުމެއް: އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން ރައީސް

Oct 20, 2021, 3:50 AM
ރޮނާލްޑޯ ގަތުމަކީ ޔުވެންޓަސްގެ ގޯސް ނިންމުމެއް: އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން ރައީސް

ޓިއުރިން (އޮކްޓޫބަރު 20) - ޔުވެންޓަސް އިން ކްރިސްޓިއާނޯ ރޮނާލްޑޯ ގަންނަން ނިންމި ނިންމުމަކީ އެ ކްލަބަށް މުހިއްމު ކަމެއް ނޫން ކަމަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ގަބްރިއެލް ގްރަވީނާ ވިދާޅުވެއްޖެ އެވެ.

މީގެ ތިން އަހަރު ކުރިން، 2018 ވަނަ އަހަރު ޔުވެންޓަސް އިން ރޮނާލްޑޯގެ ސޮއި ހޯދީ ރެއާލް މެޑްރިޑަށް 120 މިިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދެއްކުމަށް ފަހު އެވެ. ޔުވެންޓަސް އިން ރޮނާލްޑޯ ގަތް އެންމެ ބޮޑު ބޭނުމަކީ 1996 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށެވެ. އެކަމަކު، ރޮނާލްޑޯ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުވެންޓަސް ދޫކޮށްލަން ޖެހުނީ އެކަން ހާސިލްނުވެ އެވެ.

"އަހަަންނަށް ފެނުނު ޔުވެންޓަސް ފިލޯސަފީގައި ކަންތައްތައް ހިނގި ގޮތަށް ބަލާއިރު ޔުވެންޓަސް އިން ރޮނާލްޑޯ ގަންނަން ނިންމުމަކި ގޯސް ނިންމުމެއް. ރޮނާލްޑޯ ޔުވެންޓަސް އަށް އައުމަކީ އިޓަލީ ފުޓްބޯޅަ މާކެޓް ކުރަން ރަނގަޅު ކަމެއް. އެކަމަކު، ޔުވެންޓަސް އަށް އޭގެ ސަބަބުން ފުޓްބޯޅައިގެ ނަޒަރުން ވީ ފައިދާއެއް ފެންނަން ނެތް،" އިޓަލީގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ގްރަވީނާ ވިދާޅުވި އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުވެންޓަސް އިން މެންޗެސްޓާ ޔުނައިޓެޑަށް ރޮނާލްޑޯ ވިއްކާލީ 23 މިލިއަން ޑޮލަރަށެވެ. މީގެއިން އެންމެ ފުރަތަމަ ޔުވެންޓަސް އަށް ލިބެނީ 17 މިލިއަން ޑޮލަރެވެ. ބާކީ ލިބޭނީ ރޮނާލްޑޯގެ ދެ އަހަރުގެ ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގަ އެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އިތުރު އެއް އަހަރަށް އާ ކުރެވޭ ގޮތަށެވެ.

ދިހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް މިދިޔަ ސީޒަނުގައި ޔުވެންޓަސް އަށް އިޓާލިއަން ލީގު ގެއްލުނުއިރު، އެ ޓީމު މި ފަހަރުގެ ސީޒަން ފަށަން ޖެހުނީ ވަރަށް އުނދަގޫ ފައްތަރެއްގަ އެވެ. ފުރަތަމަ މެޗުތަކަށް ފަހު ރެލިގޭޝަން ޒޯނުގައި ޔުވެންޓަސް އޮތް ނަމަވެސް މިހާރު ޖެހިޖެހިގެން ލީގުގެ ހަތަރު މެޗުން މޮޅުވެ، ޔުވެންޓަސް ވަނީ ކުރިއަށް ޖެހިލައިފަ އެވެ.

ގްރަވީނާ ވިދާޅުވީ މި ވަގުތަށް އޭނާ އަށް ފެންނަ މަންޒަރުތަކަށް ބަލާއިރު، ލީގުގެ ރޭހުގައި އޮތީ ނަޕޯލީގެ އިތުރުން އޭސީ މިލާނާއި އިންޓަ މިލާން ކަމަށެވެ. އެކަމަކު، ލީގު ކުރިއަށްދާ ވަރަކަށް ޔުވެންޓަސް ވެސް ރޭހަށް ވަނުމުގެ ފުރުސަތު އޮތްކަން ގްރަވީނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox