12 އަހަރަށް ފަހު ފަލަސްތީނު ބަޔަކަށް ރެޒިޑެންސީ ހުއްދަ އިޒްރޭލުން ދީފި

އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް. -- ފޮޓޯ: އޭއެފްޕީ

ގުދުސް (އޮކްޓޯބަރު 19) - ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ހުއްދަ ފަލަސްތީނުގެ 4،000 މީހުންނަށް 12 އަހަރަށް ފަހު އިޒްރޭލުން ދީފި އެވެ.

އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންގެ ގޮތުގައި އަލަށް ރަޖިސްޓްރީ ކުރި މީހުންނަކީ މިހާރު ވެސް އެ ތަނުގައި އުޅެމުންދާ މީހުންނެވެ.

އޭގެ ތެރޭގައި "ސައްހަ ލިޔެކިޔުން ނެތް" ކަމަށް ކަނޑައަޅާފައިވާ 1،200 މީހުން ހިމެނެ އެވެ. އެގޮތަށް ކަނޑައެޅީ ފަލަސްތީނުގެ އާބާދީ ރަޖިސްޓްރީގައި އެ މީހުންގެ ނަން ނެތުމުންނެވެ.

އޭގެ އިތުރުން އިޒްރޭލުން ވަށާލައި ބަންދުކޮށްފައިވާ ގާޒާގައި ކުރިން ދިރިއުޅުނު ރައްޔިތުންގެ ގޮތުގައި ތިބި 2،800 މީހުން ވެސް ވަނީ ހުޅަނގު އައްސޭރީގެ ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީވެފަ އެވެ.

އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބެނީ ގާންޓްޒް ވިދާޅުވީ އަލަށް ރަޖިސްޓްރީ ވާން ހުއްދަ ދިނީ "އިންސާނީ" ހާލަތްތަކަށް ބެލުމަށް ފަހު "ފަލަސްތީނުގެ އިގްތިސާދާއި ފަލަސްތީނު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމުގެ ސިޔާސަތުގެ" ދަށުން ކަމަށެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް ހަތް ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމަ އަށް ފަހު އިޒްރޭލުން އުޅެނީ ހުޅަނގު އައްސޭރި ހިފައިގެންނެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އުޅޭ ފަލަސްތީނު މީހުންގެ ކަންކަން ބަލަހައްޓާ އިޒްރޭލް ސިފައިންގެ ގޮފިން ބުނީ މިއީ 2009 ވަނަ އަހަރަށް ފަހު ހުޅަނގު އައްސޭރީގައި ރަޖިސްޓްރީ ވާން ހުއްދަ ދިން ފުރަތަމަ ފަހަރު ކަމަށެވެ.

ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަމަށް ފަހު މި އަހަރު އަލަށް އައި ސަރުކާރުން ބޭނުން ވަނީ ހުޅަނގު އައްސޭރީގައި އުޅޭ ފަލަސްތީނު މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.

ހުޅަނގު އައްސޭރީގައި އިޒްރޭލުން ވަޒަންވެރިވުމުގެ ގޮތުން ހިންގާ ޕްރޮގްރާމުތަކުގެ ދަށުން 475،000 އަށް ވުރެ ގިނަ ޔަހޫދީން އެ ތަނުގައި ދިރިއުޅެ އެވެ. ނަމަވެސް އެ ތަނުގައި ޔަހޫދީން އާބާދު ކުރަނީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށެވެ. އެއީ ހުޅަނގު އައްސޭރި އަކީ ފަލަސްތީނު ދައުލަތުގެ ބިމަކަށް ވާތީ އެވެ.

ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން މިހާރުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ބޭނުންވެވަޑައިނުގަންނަވަ އެވެ. އަދި އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލްހައިގެ މަޝްވަރާ ނުކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox