އިރާނުގެ ނިޔުކްލިއާ މަޝްވަރާ ފަށަން އުޅޭ ކަމެއް ނޭނގޭ: އީޔޫ

އިރާނުގެ ރައީސް އިބްރާހިމް ރައިސީ. -- ފޮޓޯ: އޭއެފްޕީ

އިރާނުގެ ރައީސް އިބްރާހިމް ރައިސީ. -- ފޮޓޯ: އޭއެފްޕީ

ލަގްޒެމްބޯގް (އޮކްޓޯބަރު 19) - އަންނަ ބުރާސްފަތި ދުވަހު އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތައް އަލުން ފަށަން ނިންމިކަން އެނގިފައި ނުވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.

އިރާނުގެ ޕާލިމެންޓު މެމްބަރު އަހްމަދު އަލީ ރެޒާބެއިގުއި ފާރްސް ނިއުސް އެޖެންސީ އަށް ވިދާޅުވީ ބުރާސްފަތި ދުވަހު މަޝްވަރާ ފަށާނެކަން ފޮރިން މިނިސްޓަރު ހުސެން އާމިރް އަބްދުއްލާހިއާން ކަށަވަރު ކޮށްދެއްވި ކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު އަލީ ރެޒާބެއިގުއި އާއި އަބްދުއް ލާހިއާން އާ ދެމެދު ބޭއްވި ބައްދަލުވުމަކަށް ފަހު އަލީ ރެޒާބެއިގުއި ވިދާޅުވީ ދުނިޔޭގެ ބާރުގަދަ ގައުމުތަކާއެކު ބުރާސްފަތި ދުވަހު މަޝްވަރާ ފަށާނީ ބްރަސެލްގައި ކަމަށެވެ.

ނަމަވެސް އީޔޫގެ ތަރުޖަމާނު ނަބީލާ މަސްރާލީ ވިދާޅުވީ ބުރާސްފަތި ދުވަހު ބައްދަލުވުމެއް ނޯންނާނެ ކަމަށާއި ބައްދަލުވުމެއް އޮންނާނެކަން ޔަގީންކަމެއް މި ވަގުތު ނެތް ކަމަށެވެ.

އެކަމަކު އިރާނުގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ މަޝްވަރާތަކުގައި އެ ގައުމުގެ ފަރާތުން ބައިވެރިވާ މަންދޫބު އަލީ ބަގޭތީ ބްރަސެލްސް އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިރާނާއެކު ނިޔުކްލިއާ މަޝްވަރާ ކުރާ ގައުމުތަކަކީ އދ. ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ ހަތަރު ގައުމު ކަމުގައިވާ އިނގިރޭސި ވިލާތް، ޗައިނާ، ފްރާންސް އަދި ރަޝިއާ އެވެ. އޭގެ އިތުރުން ޖަރުމަނު ވެސް މަޝްވަރާގައި ބައިވެރިވެ އެވެ.

އިރާނާއި އެ ފަސް ގައުމު އެކުގައި މަޝްވަރާތައް އަލުން ފެށީ މިދިޔަ އޭޕްރިލް މަހު ވިއެނާގަ އެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ވެސް ބައިވެރިވާ އިރު، އެމެރިކާ އިން ބައިވެރިވަނީ ނުސީދާ ކޮށެވެ.

އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ ބައެއް ހަރަކާތްތައް މަޑު ޖައްސާލުމުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދޭން އެއްބަސްވީ 2015 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގެ ކޯޑިނޭޓަރުގެ ގޮތުގައި އުޅެނީ އީޔޫ އެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2018 ގައި އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލެއްވުމާއެކު އިރާނުން ވެސް ނިޔުކްލިއާ މަސައްކަތް އަލުން ފެށި އެވެ.

ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ބޭނުންވެވަޑައިގަންނަވަނީ އެއްބަސްވުން އަލުން ތަންފީޒު ކުރުމަށެވެ. އެކަމަކު އެކަމާ ގުޅޭ މަޝްވަރާތައް ހުއްޓުނީ އިރާނުގެ ރައީސް ކަމަށް އިބްރާހިމީ ރައިސީ އިންތިހާބުވެވަޑައިގެންނެވި ހިސާބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox