ނޭމާ އަށް އަނިޔާވެ ކުޅުމާ ދުރަށް

Oct 19, 2021, 3:00 AM
ނޭމާ އަށް އަނިޔާވެ ކުޅުމާ ދުރަށް

ޕެރިސް (އޮކްޓޫބަރު 19) - ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ބްރެޒިލަށް ކުޅެނިކޮށް ނޭމާ އަށް އަނިޔާވެފައިވާ ކަމަށް އޭނާ ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީން ބުނެފި އެވެ.

ޕްރެކްޓިހުގައި ބައިވެރިވި ނަމަވެސް ޗެމްޕިއަންސް ލީގުގައި މިރޭ އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅޭ މެޗުގައި އުކުޅުވަޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ނޭމާ އަށް ނުކުޅެވޭނެކަމަށް ޕީއެސްޖީން ވަނީ މީޑިއާގައި ބުނެފަ އެވެ.

ޕީއެސްޖީން އުއްމީދު ކުރަނީ ފްރެންޗް ލީގުގައި މި މަހު މާސޭ އާއި އެންމެ ފަހުގެ ޗެމްޕިއަން ލިލްއާ ދެކޮޅަށް ކުޅޭ މެޗާ ހަމައަށް ދާން ވާއިރަށް ނޭމާ ފިޓްވުމެެވެ.

"އަހަންނަށް އެންމެ މުހިއްމީ ކުޅުންތެރިންގެ ސިއްހަތު. ނޭ (ނޭމާ) މި ވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި. މާ ދުވަހެއް ނުވެ އޭނާ އެއްކޮށް ފިޓްވެގެން އެނބުރި އަންނާނެ. ޕީއެސްޖީގައި ނޭ ކުޅޭ އެ މަގާމަށް ކުޅެވޭނެ ކުޅުންތެރިން އެބަތިބި،" ޕީއެސްޖީގެ ކޯޗު މަައުރޯ ޕޮޗެޓީނޯ ބުންޏެެވެ.

މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން ހަތް މެޗުން ނޭމާ ޖަހާފައިވަނީ އެންމެ ގޯލެކެވެ. އެކަމަކު، ވޯލްޑް ކަޕް ކޮލިފައިންގައި އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި 2017 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ނޭމާ ވަނީ އެ ކްލަބާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ. ލިއޮނަލް މެސީ މި ފަހަރު ޕީއެސްޖީ އަށް ގެނައުމުގައި އެންމެ އިސް ރޯލެއް ކުޅުނީ ނޭމާ އެވެ.

މިރޭ ލައިޕްޒިގާ ދެކޮޅަށް ކުޅޭ މެޗަށް ޕީއެސްޖީގެ އެންހެލް ޑި މާރިއާ ސަސްޕެންޑް ވެފައިވާއިރު، ލެއަންޑްރޯ ޕަރޭޑޭސް އާއި ސާޖިއޯ ރާމޯސް ހުރީ އަނިޔާގަ އެވެ. އަދި އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީ އާއިލީ ކަމެއްގައި މި ވަގުތު ހުރީ ޓީމާ ދުރުގަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިކާޑީ އާއި އޭނާގެ ލޯބިވެރިޔާ ވަންޑަ ނާރާ މައްސަލަ ޖެހި ދެ މީހުން ވަނީ ވަކިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox