ކޮވިޑަށް ފަރުވާ ކުރަނިކޮށް ކޮލިން ޕަވަލް އަވަހާރަވެއްޖެ

އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ސެކެޓްރީ އޮފް ސްޓޭޓް. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ސެކެޓްރީ އޮފް ސްޓޭޓް. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޮކްޓޯބަރު 18) - އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ސެކެޓްރީ އޮފް ސްޓޭޓް ކޮލިން ޕަވަލް އަށް ކޮވިޑް ޖެހި، ފަރުވާ ކުރަމުން ދަނިކޮށް އުމުރުން 84 އަހަރުގައި އަވަހާރަވެއްޖެ އެވެ.

"އަޅުގަނޑުމެންނަށް ގެއްލިގެން އެ ދިޔެއީ އާދަޔާ ހިލާފު ލޯބިން ފުރިގެންވާ ފިރިއެއް، ބައްޕައެއް، ކާފައެއް އަދި އެމެރިކާ ރައްޔިތެއް،" ޕަވަލް އާއިލާ އިން ސޯޝަލް މީޑިއާގައި އާއްމުކުރި ބަޔާނެއްގައި ބުންޏެވެ.

އެމެރިކާގެ ހަތަރު ރައީސަކަށް ހިދުމަތް ކުރެއްވި ޕަވަލް އަކީ ސިފައިންގެ ކުރީގެ ޖެނެރަލެކެވެ. ސެކެޓްރީ އޮފް ސްޓޭޓް ކަމަށް އޭނާ ވަޑައިގެންނެވީ 2000 ވަނަ އަހަރު އެވެ.

"ޖެނެރަލް ޕަވަލް އަކީ އެމެރިކާގެ ބަތަލެއް، އެމެރިކާގެ ނަމޫނާއެއް އަދި އެމެރިކާގެ ފަހުރުވެރި ޝަހުސެއް،" އޭނާ އެ މަގާމަށް ކަނޑައެޅިކަން އިއުލާނު ކުރައްވަމުން ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވިދާޅުވި އެވެ.

އެމެރިކާ އިން އިރާގަށް އަރަން ނިންމީ ނުރައްކާތެރި ހަތިޔާރު އެ ގައުމުގައި ހުރުމުން ކަމަށް އދ. ގެ ސަލާމަތީ މަޖިލީހުގައި ފެބްރުއަރީ 2003 ވަނަ ޕަވަލް ވިދާޅުވި އެވެ.

ނަމަވެސް އިރާގު ފަސްގަނޑުގައި އެފަދަ އެއްވެސް ހަތިޔާރެއް ނެތްކަން ސާބިތުވުމުން ޕަވަލް އަށް ކިޔާ ފާޑުކިޔުންތައް ވަރަށް ބޮޑަށް އިތުރުވި އެވެ.

"އެއީ ބޮޑު އޮޅުމެއް... އެކަން އަބަދުވެސް އަޅުގަނޑުގެ ރިކޯޑުގައި އޮންނާނެ. އެއީ ހިތްދަތި ކަމެއް. މިހާރު ވެސް ވަރަށް ހިތްދަތިވޭ،" އޭބީސީ ނޫހަށް 2005 ވަނަ އަހަރު ދެއްވި އިންޓަވިއުގައި އެކަމާ ގުޅޭ ގޮތުން ޕަވަލް ވިދާޅުވި އެވެ.

ޕަވަލް އަވަހާރަވުމާ އެކު އެމެރިކާގެ ސިޔާސީ އެކި ފަރާތްތަކުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ. ޕަވަލްގެ އާއިލާއިން ބުނީ އޭނާ އަށް ކޮވިޑް ޖެހިވަޑައިގެންނެވީ ވެކްސިން ފުރިހަމަ ކުރައްވާފައި ވަނިކޮށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox