ފުރާނަ އަތްމައްޗަށް ލައިގެން ކާށިދޫ ކަނޑުގައި ދެ ގަޑިއިރު

ލީވާން: އޭނާ އަކީ މޮޅަށް ފަތަން ދަންނަ ޒުވާނަކަށް ވާތީ އޭގެ ފައިދާ މިއަދު ކުރި.

ލީވާން: އޭނާ އަކީ މޮޅަށް ފަތަން ދަންނަ ޒުވާނަކަށް ވާތީ އޭގެ ފައިދާ މިއަދު ކުރި.

ފާހާނާކުރަން ދޯނީގެ ފަހަތުކޮޅަށް ގޮސް އޭނާ ހުއްޓުނުއިރު ކުރިމަތިން ފެންނަނީ ކާށިދޫ ކަނޑުގެ ބިޔަ ރާޅުތަކެވެ. މިއީ އާދަޔާހިލާފަށް މޫސުން ގޯސް ދުވަސްވަރެއްކަމުން، ގަދަ ކަމަށް މަޝްހޫރު ކާށިދޫ ކަނޑުގެ ބިރުވެރިކަން މިއަދު އަދި މާބޮޑެވެ. އެހެން ހުއްޓާ ކުއްލިއަކަށް ޖެހި ރާޅެއްގައި ދޯންޏަށް އެރި ގުޑުމާ އެކު އޭނާ ކަނޑަށް ވެއްޓުނީ އެވެ.

އޭނާ އަށް ހަޅޭއްލަވާނެ ފުރުސަތެއް ނުލިބުނެވެ. ކަނޑަށް ވެއްޓުނު ގޮތަށް ފުރަތަމަ ވެސް ދިޔައީ އަޑިއަށެވެ. ވަރަށް މަސައްކަތުން މައްޗަށް އެރިއިރު ދޯނި އޮތީ ދުރަށް ގޮއްސަ އެވެ. އެހިސާބުން ހަޅޭއްލަވައި، އޭނާ ވެއްޓުނުކަން ދޯނީގައި ތިބި މީހުންނަށް އަންގަން މަސައްކަތްކުރި އެވެ. އެކަމަކު ދޯނީގައި ތިބި މީހުންނަކަށް އެ އަޑެއް ނީވެ އެވެ. އިންޖީނުގެ އަޑާއި ޖަނަރޭޓަރުގެ އަޑުގެ ސަބަބުން އޭނާގެ ހަޅޭކުގެ އަޑު ފަޅުވެރިންގެ ކަންފަތާ ހަމަޔަށް ފޯރާ ގޮތެއް ނުވި އެވެ.

"އެހެން ގޮސް ދޯނި ގެއްލުނީ ލޯމައްޗަށް، ވަރަށް ދެރަވި އެވަގުތުކޮޅު. ދެން އޮތީ ފުރާނަ އަތަށް ލައިގެން،" އޭނާ ކިޔައިދިނެވެ.

އެއީ މިއަދު ކާށިދޫ ކަނޑުން ދަތުރުކުރި ސަޕްލައި ދޯންޏަކުން ކަނޑަށް ވެއްޓުނު އިބްރާހިމް ލީވާންގެ ވާހަކަ އެވެ. އޭނާ ހޯދަން ސިފައިން މަސައްކަތްކުރަނިކޮށް އިވުނީ ފަތާގައި ގޮސް ކައިރީގައި އޮތް އުފަން ރަށް ކާށިދޫ އަށް އެރި ހަބަރެވެ.

އުމުރުން 22 އަހަރުގެ ލީވާން ބުނި ގޮތުގައި ކާށިދޫ ކަނޑުގައި އޭނާ ހޭދަކުރީ އިންތިހާ އަށް ބިރުވެރި ވަގުތުކޮޅެކެވެ. ސަލާމަތްކޮށްދޭނެ މީހެއް ނެތެވެ. ލައިފްޖެކެޓެއް ނެތެވެ. ހިކިފަސްތަނެއް ފެންނާކަށް ނެތެވެ. ވަށައިގެން ފެންނަނީ ބޮޑެތި ރާޅުތަކެވެ. ބިޔަ ބާނިތަކެވެ.

"ގާތްގަނޑަކަށް ދެ ގަޑިއިރު ވަރުވާނެ ކަނޑުވެފައި. ވަރަށް ބިރުގަތް އެ ގަޑީގަ. ކާށިދޫ ކަނޑަކީ ހަމަ އެންމެ ގަދަ އެއް ކަނޑުތާ. ދެން މިއަދު އަދި އެހާ ވިއްސާރަކޮށް އޮއްވާ އެހެންވީމާ ވަރަށް ބިރުގަތް،" ލީވާން ކިޔައިދިނެވެ.

އެކަމަކު އޭނާ އަށް އިތުރު ގޮތެއް ނެތެވެ. އެހެންވެ ކަށިން ހިތްވަރު ނެރުނެވެ. އަދި މަޑުމަޑުން، އެކަމަކު ގަދަ ހިތްވަރާ އެކު ކާށިދޫ ކަނޑުގެ ބިޔަ ރާޅުތަކާ އެކު ހަނގުރާމަކުރަން ފެށި އެވެ. ވިސްނުންތެރިކަމާ އެކު ދަނޑިވަޅެއް ހޯދައި ރަށާ ދިމާލަށް ފަތައިގަތެވެ.

"ވަރުބަލި ވުމުން ފްލޯޓް ވެލާފަ އަނެއްކާ ވެސް ފަތައިގަންނަނީ،" އޭނާ ބުންޏެވެ.

ލީވާނަކީ މޮޅަށް ފަތަން ދަންނަ ޒުވާނަކަށް ވާތީ އެކަމުގެ ފައިދާ މިއަދު ކުރި އެވެ. އޭނާގެ ނަސީބު ވެސް ރަނގަޅީ އެވެ. އޮއި ހުރީ ރަށާ ދިމާލަށްކަމަށް ކަމުން ދެ ގަޑިއިރު ތެރޭ ރަށުގެ ފަރާ ހަމަޔަށް އޭނާ ފޯރި އެވެ. އޭނާ ދޯނިން ވެއްޓުނީ ކާށިދޫއާ ތިނެއް ނުވަތަ ހަތަރު މޭލު ބޭރުން ގާތްގަނޑަކަށް ހެނދުނު 10 ޖެހިއިރު އެވެ. ރަށާ ހަމަޔަށް ފޯރިއިރު 12 ޖަހާ ބޮޑުވެދާނެ އެވެ.

"ފުރަތަމަ ވެސް އަރާ ވަރުބަލި ފިލުވާލާފައި ހެއްދެވި ފަރާތަށް ޝުކުރު އަދާކުރީ،" ލީވާން ބުންޏެވެ.

އޭނާ އަށް ރަށަށް އެރުނީ ރަށުގެ ވަލު ފަރާތުންނެވެ. އެތާ ކުޑަ މަގެއް އޮވެ އެވެ. އެމަގުން ގޮސް އެންމެ ފުރަތަމަ ވެސް ޖެހޭނީ އޭނާގެ އާއިލާ މީހެއްގެ ގެޔަކާ އެވެ. އެ ގެޔަށްގޮސް ވީ ގޮތް ކިޔައިދިނުމުން ބޭބެއާއެއްކޮށް ސައިކަލުގަ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ އެވެ.

"އެތަނުން އެއްޗެހި ބަދަލުކޮށްގެން ދެން ދިޔައީ ސިއްހީ މަރުކަޒަށް،" ލީވާން ކިޔައިދިނެވެ.

އޭނާ އަށް ބޮޑު އަނިޔާއެއް ނުވެ އެވެ. ހަމައެކަނި ލިބުނު ހާނިއްކަ އަކީ ފަރުމައްޗަށް އެރިއިރު ފައިގެ ދަށްފުށް މަށައިގެން ދިއުމެވެ.

މިއަދުގެ ހާދިސާއާ އެކު އެންމެން އަހާ ސުވާލަކީ މިހާ ގަދައިގައި ދަތުރުކުރީ ކީއްވެ ހެއްޔެވެ؟ ލީވާން ބުނި ގޮތުގައި ކައްޕި ހުރީ ނުފުރާ މަޑުކޮށްގެން ކަމަށެވެ. އެކަމަކު ސަޕްލައި ދޯނީގެ ވެރި ފަރާތުން އެންގުމުން އިތުރު ގޮތެއް ނެތުނީ ކަމަށް އޭނާ ބުންޏެވެ.

"އެހެން އޮވެފައި ރޭ ދަންވަރު ފުރީ އެންމެ ފަހުން،" އޭނާ ބުންޏެވެ.

ގަދަ ހިތްވަރުން ސަލާމަތްވެ އެއްގަމަށް އެރުމުން ލީވާނުގެ ކަންފަތުގައި ޖެހުނީ ހިތްހަމަނުޖެހުނު އަޑެކެވެ. އޭނާ ދޯނިން ފުންމާލީ އަމިއްލަ އަށް ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކުރީ އެވެ. ލީވާން އެ ވާހަކަތައް ދޮގުކުރެ އެވެ.

"އަޅުގަނޑަކީ އުމުރުން 22 އަހަރުގެ ފިރިހެނެއް. އަޅުގަނޑު އަދި މިހުރީ ހަމަ ބުއްދީގަ. ދޯނިން ފުންމާލަންވީ އެއްވެސް ސަބަބެއް ނެތް ހަމަ. އެއީ ހުސް ދޮގު،" ލީވާން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox