ކާށިދޫ ކަނޑަށް ގެއްލުނު މީހާ ފަތާފައި ގޮސް ކާށިދޫއަށް އަރައިފި

ކ. ކާށިދޫ. މިއަދު އެރަށަށް ނިސްބަތްވާ ޒުވާނަކު ކަނޑަށް ގެއްލިގެން ހޯދަމުން ދަނިކޮށް، އެ ޒުވާނާ ވަނީ އަމިއްލައަށް ފަތާފައި ކާށިދުއަށް އަރައިފަ.-- ފޮޓޯ: ތިލަދުން.

ކ. ކާށިދޫ. މިއަދު އެރަށަށް ނިސްބަތްވާ ޒުވާނަކު ކަނޑަށް ގެއްލިގެން ހޯދަމުން ދަނިކޮށް، އެ ޒުވާނާ ވަނީ އަމިއްލައަށް ފަތާފައި ކާށިދުއަށް އަރައިފަ.-- ފޮޓޯ: ތިލަދުން.

މިއަދު ހެނދުނު ކ. ކާށިދޫ ކައިރިން ދަތުރުކުރަމުންދިޔަ ބޯޓަކުން ކަނޑަށް ވެއްޓި ގެއްލުނު މީހާ ފަތާފައި ގޮސް ކާށިދުއަށް އަރައިފި ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 22 އަހަރުގެ އެ ޒުވާނާ ކަނޑަށް ގެއްލުނީ މިއަދު 11 ޖަހާކަންހާއިރު އެވެ. އޭނާ ގެއްލުނީ އޭނާ މަސައްކަތްކުރާ ސަޕްލައި ދޯނި ބ. އަތޮޅަށް ދަތުރުކުރަމުންދަނިކޮށެވެ. ކާށިދޫ އަށް ނިސްބަތްވާ އެ ޒުވާނާ އަކީ އެ ދޯނީގައި ފަޅުވެރިޔެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކާށިދޫ ކައުންސިލް ރައީސް މުހައްމަދު އާމިރު ވިދާޅުވި އެވެ.

"އޭނާ ފަތާފައި އެރީ ރަށަށް. ދެން ނަސީބު ރަނގަޅުކަމުން ހުޅަނގު ފަރާތުން އޮޔާއެއްކޮށް ފަތާފައި އައިސް ރަށަށް އެރުނު ވަރަށް ފަސޭހައިން. އެއްވެސް އަނިޔާއެއް ނެތް މާ ބޮޑު. އެއީ ވަރަށް ރަނގަޅަށް ފަތަން ވެސް ދަންނަ ކުއްޖެއް،" އާމިރު ވިދާޅުވި އެވެ.

އެ ޒުވާނާއަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އޭނާ މިވަގުތު ހުރީ ކާށިދޫ ސިއްހީ މަރުކަޒުގައި ކަމަށް އާމިރު ވިދާޅުވި އެވެ.

އެ ޒުވާނާ ގެއްލުނުއިރު ބޯޓު ދަތުރުކުރަމުންދިޔައީ ކާށިދުއާ ހަ ނޯޓިކަލް މޭލު ބޭރުން ކާށިދޫ ކަނޑުން ބ. އަތޮޅާ ދިމާލަށްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ބުނެފަ އެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ވެސް ކޯސްޓްގާޑުން ވަނީ އޭރު ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox