ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފި، ދަރިފުޅު އަދިވެސް ނުފެނޭ

 ނާހިދާގެ ހަށިގަނޑު މިއަދު މާލެ ގެންނަނީ. -- ފޮޓޯ: އެމްއެންޑީއެފް

ނާހިދާގެ ހަށިގަނޑު މިއަދު މާލެ ގެންނަނީ. -- ފޮޓޯ: އެމްއެންޑީއެފް

މާލޭން ވ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ރާޅެއްގައި ޖެހި އޭގެ ތެރެއިން ކަނޑަށް ވެއްޓި ރޭ މަރުވި މ. ގްރީން ޕީކް މަރިޔަމް ނާހިދާ، 33، ގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފްއިން ބުނީ ނާހިދާގެ ހަށިގަނޑު މާލެ ގެނައުމަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރު ކޮށްދީފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު މާލެ ގެނެވުނީ ހެނދުނު 7:30 ހާއިރު ކަމަށެވެ.

އޭނާއާ އެކު ކަނޑަށް ވެއްޓުނު އޭނާގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު އަދި ނުފެނެ އެވެ. އަނެއް ކުއްޖާ ވަނީ ސަލާމަތްކޮށްފަ އެވެ. ގެއްލުނީ އުމުރުން 4 އަހަރުގެ ފިރިހެން ކުއްޖެކެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ނާހިދާ އާއި އޭނާގެ ފިރިމީހާ އަދި ދެ ކުދިން އިއްޔެ މާލޭން ފުރީ ފިރިމީހާގެ ރަށަށް ޗުއްޓީއަކަށް ދިއުމަށެވެ.

މި ހާދިސާ ހިނގިއިރު ލޯންޗުގައި 13 މީހުން ދަތުރުކުރަމުން ދިޔަ އެވެ.

ހާދިސާ ހިނގުމުން ނާހިދާ ގެންދިޔައީ ކ. ގުރައިދޫއަށެވެ. ނަމަވެސް އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފަ އެވެ.

ލޯންޗުގައި ހުރި މީހަކު ބުނި ގޮތުގައި ހާދިސާ ހިނގީ ކަނޑުގަދަކަމުން ކުރިއަށް ނުދެވިގެން ލޯންޗު އަނބުރާލަން އުޅުނު ވަގުތު ކަމަށާއި ދަތުރުމަތީ އެއްވެސް މީހަކު ލައިފް ޖެކެޓް ނާޅާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި މާލޭން ދަތުރަށް ފެށިއިރު ވެސް ކަނޑު ވަރަށް ގަދަ އެވެ. އެކަމަކު އިއްޔެ ހެނދުނު ވެސް އެ ލޯންޗު ދަތުރެއްކޮށްފައިވާތީ ކެޕްޓަނަށް އިތުބާރު އޮތުމުން ފުރީ ކަމަށް އޭނާ ބުންޏެވެ.

"ކެޕްޓަން އަށް ކޮންފިޑެންސް އޮތީމާ ނައްޓާލީ،" އޭނާ ބުންޏެވެ.

އެކަމަކު ވަކި ހިސާބަކުން ދަތުރުކުރެވޭ ގޮތް ނުވުމުން އޮޅުވެލި ރިސޯޓް ކައިރިން މާލެއާ ދިމާލަށް އަނބުރާލަން މަޖުބޫރުވީ ކަމަށް އޭނާ ބުންޏެވެ. އެ ވަގުތު ލޯންޗު ތެރެއަށް ރާޅެއް ބިންދާލީ އެވެ. އަދި ބިންދާލި ރާޅާއެކު އެރި ލޮޅުމުގައި ނާހިދާ އާއި އޭނާ ދެ ކުދިން ކަނޑަށް ވިއްސައިގެން ދިޔަ އެވެ.

"އެވަގުތު ލޯންޗުގައި ތިބި އެއްވެސް މީހަކު ލައިފްޖެކެޓެއް ނެތް. އަދި ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެއް ނެތް،" އޭނާ ބުންޏެވެ.

ސަލާމަތްވި މީހުންނާ އެކު ލޯންޗު ގެންގޮސް ވެއްދީ ކައިރީގައި އޮތް ގުރައިދޫ ފަޅަށެވެ. އަދި ނާހިދާ ގުރައިދޫ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. ގުރައިދޫ ހެލްތު ސެންޓަރުން މިވަގުތު ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށެވެ.

ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވީ ހާދިސާގައި އިތުރު މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

"ޑްރީމް ސްޕީޑް 2" އަކީ ވ. ފެލިދޫގައި އޮޕަރޭޓްކުރާ ލޯންޗް ސެކްޝަނެއްގެ ލޯންޗެކެވެ. އެ އުޅަނދު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މާލެ އަށް ދެ ދަތުރު ކުރެ އެވެ. މީހުން ނަގަނީ ވ. އަތޮޅުގެ އެކި ރަށްރަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox