މަހުމޫދުގެ މަރު: ތަހުގީގު ފުޅާކޮށް، ގެއެއް ބަލައި ފާސްކުރަނީ

މަހުމޫދުގެ މަރުގެ ތަހުގީގަށް ހެކި ހޯދަން ފުލުހުން ބަލަމުންދާ ސަރަހައްދު މިހާރު ވަނީ ފުޅާކޮށްފައި. -ފޮޓޯ: އަމަން ހަލީމް/އަދަދު

މަހުމޫދުގެ މަރުގެ ތަހުގީގަށް ހެކި ހޯދަން ފުލުހުން ބަލަމުންދާ ސަރަހައްދު މިހާރު ވަނީ ފުޅާކޮށްފައި. -ފޮޓޯ: އަމަން ހަލީމް/އަދަދު

މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައި އދ. ދަނގެތީގެ ފަޅު ގެޔެއްގެ ތެރޭ ހުރި ވަޅެއްގެ ތެރެއިން އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގު މިއަދު ފުޅާކޮށްފި އެވެ.

ދަނގެތީގައި މިވަގުތު ހުރި "އަދަދު" ގެ ނޫސްވެރިޔާ ބުނި ގޮތުގައި ހަށިގަނޑު ފެނުނު ގެއާއި ޖެހިގެން ހުރި ގެތައް ހިމެނޭގޮތަށް ބަންދުކޮށްފައިވާ ސަރަހައްދު ވަނީ ވަރަށް ބޮޑުތަނުން ފުޅާކޮށްފަ އެވެ.

އަދި ހަށިގަނޑު ފެނުނު ގެެއާއި ޖެހިގެން ހުރި ގެތައްވެސް މިހާރު ފުލުހުން ދަނީ ބަލަމުންނެވެ.

މަހުމޫދުގެ މަރުގެ ތަހުގީގަށް ހެކި ހޯދަން ފުލުހުން ބަލަމުންދާ ސަރަހައްދު މިހާރު ވަނީ ފުޅާކޮށްފައި. -ފޮޓޯ: އަމަން ހަލީމް/އަދަދު
މަހުމޫދުގެ މަރުގެ ތަހުގީގަށް ހެކި ހޯދަން ފުލުހުން ބަލަމުންދާ ސަރަހައްދު މިހާރު ވަނީ ފުޅާކޮށްފައި. -ފޮޓޯ: އަމަން ހަލީމް/އަދަދު

މަހުމޫދުގެ މަރުގެ ތަހުގީގަށް ހެކި ހޯދަން ފުލުހުން ބަލަމުންދާ ސަރަހައްދު މިހާރު ވަނީ ފުޅާކޮށްފައި. -ފޮޓޯ: އަމަން ހަލީމް/އަދަދު

ރަށުގެ މެދަށްވާ ގޮތަށް ހުންނަ މުޅި އެ ބްލޮކް މުޅިންހެން އާއްމުންނަށް ވަނުން މަނާކޮށްފައިވާކަމަށް ވެސް މައުލޫމާތު ލިބޭއިރު، ފުލުހުން ބަލާފާސްކުރަމުންދާ ތަންތަނުގެ ތެރޭގައި މިހާރު ފާސްކުރަމުންދަނީ މީހުން ދިރިއުޅޭ ގެއެކެވެ.

އެނގިފައިވާ ގޮތުގައި އެ ގެއަކީ ބިދޭސީއަކު ދިރިއުޅޭ ގެއެކެވެ. އެއީ އެރަށުގެ އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހުންނަ ބިދޭސީއެއް ކަމަށް އެ ރަށު މީހަކު ބުންޏެވެ.

ނަމަވެސް، މަހުމޫދުގެ މަރާ އެ ބިދޭސީ މީހާއާ ގުޅުމެއް އޮތް ކަމެއް ސާފެއް ނުވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް، އޭނާ ހައްޔަރުކުރި ކަމެއް އަދި ފުލުހުން ނުބުނެ އެވެ.

މަހުމޫދުގެ ހަށިގަނޑު ބުރާސްފަތި ދުވަހު ފެނުނުއިރު، އެންމެ ފުރަތަމަ އާއްމުންނަށް ނުވަދެވޭގޮތަށް ތަހުގީގުގެ ބޭނުމަށް ބަންދުކުރީ ހަށިގަނޑު ފެނުނު ގެ އެކަންޏެވެ.

ތަހުގީގަށްޓަކައި ބަންދުކޮށްފައިވާ ސަރަހައްދު އިތުރަށް ފުޅާކޮށްފައިވާކަން ފުލުހުން ވެސް މިހާރު ވަނީ ކަށަވަރުކޮށްފަ އެވެ. އެހެންނަމަވެސް އެއީ ކޮން ސަބަބަކާ ގުޅިގެންކަމެއް ފުލުހުން ނުބުނެ އެވެ.

ރަށުގައި ގިނަ އަދަދެއްގެ ފުލުހުން މިހާރު ވެސް ހަރަކާތްތެރިވަމުންދާއިރު، އޭގެ ތެރޭގައި އދ. އަތޮޅުގައި ސްޓޭޝަންވެގެން ތިބޭ ފޮރެންސިކް ފުލުހުންގެ އިތުރުން، މާލެއިން އެރަށަށް ދަތުރުކުރި ފޮރެންސިކް ފުލުހުންގެ ޓީމެއް ވެސް ދަނީ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

މަހުމޫދުގެ މަރާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ނަމަވެސް އެ މައްސަލައިގައި ދަނގެތީ ރައްޔިތުން ތުހުމަތުކުރާ ތިން މީހަކު ވަނީ ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސް، އިއްޔެގެ ވަގުތެއްގައި ދަނގެތިން އެ އަތޮޅު މަހިބަދޫއަށް ބަދަލުކޮށްފަ އެވެ. ފުލުހުން ފަހުން ބުނި ގޮތުގައި އެ ތިން މީހުން ވެސް ތިބީ އެހެން މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ.

ދަނގެތި ސިއްސުވާލި ގަތުލެއް

މަހުމޫދު މަރާލުމަށް ފަހު ދަނގެތީގެ ފަޅުގެއްގެ ވަޅަކަށް އެއްލާލާފައި އޮއްވާ މަހުމޫދުގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ބުރާސްފަތި ދުވަހުގެ 14:00 އާއި 15:00 އަ ދެމެދުގެ ވަގުތެއްގަ އެވެ.

ހަށިގަނޑު ފުރަތަމަ ފެނުނު މީހުން ބުނާ ގޮތުގައި, މަހުމޫދުގެ ފަޔާއި ބޮލުގައި ގޯނިތަކެއް އައްސާފައި ހުއްޓެވެ. އަދި ވަޅިއަކުން ހަމަލާދީ ވަރަށް އަނިޔާކޮށްފައި ވެސް ހުއްޓެވެ.

އެ ސަރަހައްދުގައި އެ ވަޅި އާއި ދަގަނޑު ބުރިއެއް ވެސް އޮތެވެ.

މަހުމޫދު އެންމެ ފަހުން ފެނުނީ ބުދަ ދުވަހުގެ ރޭ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖޭއާ އިންޑިއާ ވާދަކުރި މެޗު ބަލަން އޭނާގެ ކެފޭ ތެރޭ އިންދަ އެވެ.

ޖީބުގައި އަބަދުވެސް ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ މަހުމޫދު މަރާލާފައިވަނީ ފޭރުމުގެ ތެރެއިން ކަމަށް އެ ރަށު މީހުން ތުހުމަތު ކުރެ އެވެ. އެ މައްސަލައިގައި އާއްމުން ތުހުމަތުކުރަނީ އއ. ތޮއްޑުއިން ދަގެއްޗަށް ދިރިއުޅުން ބަދަލު ކުރި ތިން މީހަކަށެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ފިރިހެނުންނެވެ.

ފުލުހުން އެމީހުންގެ ވަނަވަރު އާއްމުކޮށްފައި ނުވިނަމަވެސް، "އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި އެ ދެމީހުންނަކީ އަލީ ޖަމްޝާދު އާއި ޝާރިހު އަލީ އެވެ. އެ ދެ މީހުންނަކީ އއ. ތޮއްޑޫގެ އެއް ގެޔަކަށް ނިސްބަތްވާ ދެ ބެއިންގެ ދެ ދަރި މީހުންނެވެ.

ދެ މީހުންގެ ވެސް މަސްތަވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގައި ކުށުގެ ރެކޯޑު އޮވެ އެވެ.

މަހުމޫދުގެ ހަށިގަނޑު އިއްޔެގެ ހެނދުނުގެ ވަގުތެއްގައި މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުން ސީޓީ ސްކޭންއެއް ހެދުމަށްފަހު، އިއްޔެގެ މެންދުރުފަހު އަބުރާ ދަގެއްޗަށް ވަނީ ފޮނުވާފަ އެވެ. އޭގެ ފަހުން އިއްޔެގެ އަސުރު ނަމާދަށްފަހު މަހުމޫދުގެ ޖަނާޒާ ވަނީ ދަނގެތީގައި ބާއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox