ސައުދީން އިސްވެ ނިއުކާސަލް ގަތް ޑީލަށް ކްލޮޕް ފާޑުކިޔައިފި

Oct 16, 2021, 3:55 AM
ސައުދީން އިސްވެ ނިއުކާސަލް ގަތް ޑީލަށް ކްލޮޕް ފާޑުކިޔައިފި

ލިވަޕޫލް (އޮކްޓޫބަރު 16) - ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ދާދި ފަހުން ގަތް ނިއުކާސަލް ޔުނައިޓެޑަކީ މިހާރު ޔޫރަޕިއަން ސުޕަ ލީގު ފެންވަރުގެ އެއް ޓީމު ކަމަށް ބުނެ، ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ފާޑުކިޔައިފި އެވެ.

ޕީއައިއެފް އިން މެޖޯރިޓީ ހިއްސާާާއާ އެކު ނިއުކާސަލް ގަންނަން ޖުމްލަ 408 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ އޮތް ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ ފުޓްބޯޅަ ކްލަބެއް ހިންގާ ބައެއްގެ އެންމެ ބޮޑު މިލްކިއްޔާތެވެ. ދެން އެ ޓީމާ އެންމެ ކައިރި ކުރަނީ މެންޗެސްޓާ ސިޓީ ހިންގަމުން އަންނަ ސިޓީ ފުޓްބޯލް ގްރޫޕްގެ ވެރިޔާ ޔޫއޭއީގެ ޝެއިހް މަންސޫރެވެ. އޭނާގެ މިލްކިއްޔާތުގައި 32 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ނިއުކާސަލްގެ ޑީލް ކުރިއަށްދިޔައީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ ގަވާއިދުގެ ތެރެއިން ތޯ ކަަށަވަރުކުރަން ޕްރިމިއާ ލީގުގެ ބައެއް ކްލަބްތަކުން ޕްރިމިއާ ލީގުގެ ބޯޑުގައި އެދުނެވެ. އޭގެ ތެރެއިން އެންމެ އިސްކޮށް އުޅެނީ މެންޗެސްޓާ ސިޓީ އެވެ.

ނިއުކާސަލްގެ މި ޑީލާ ބެހޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ މީގެ ދުވަސްތަކެއް ކުރިން ގިނަ ބަޔަކަށް މައްސަލަ އަކަށްވީ ޔޫރަޕިއަން ސުޕަ ލީގު އަންނަން އުޅޭތީ ކަމަށާއި މިހާރު ނިއުކާސަލް އަކީ ސުޕަ ލީގު ލެވަލްގެ ޓީމެއް ކަމަށެވެ.

"މުޅި ދުނިޔެ ހިތްހަމައެއް ނުޖެހުނު ސުޕަ ލީގު އަންނާތީ. އަހަރެން ބުނެލަން އޮތީ މިހާރު އެއް ކްލަބަށް ބަލާއިރު (ނިއުކާސަލް އަށް ބަލާއިރު) މި އޮތީ ހަަަމަ ސުޕަ ލީގުގެ ހާލަތު. އެ މީހުންނަށް މުޅި ލީގު އެއްކޮށް ވެސް ގަނެލެވޭހާ ފައިސާ އެބައޮތް. ކުރިއަށް އޮތް 20-30 އަށް އަހަރު ނިއުކާސަލް ދުނިޔޭގެ ފުޓްބޯޅަ ޑޮމިނަންޓް ކުރާ ޓީމުތަކުގެ ތެރޭގައި ހިމެނޭނެ،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ނިއުކާސަލް އަކީ ދުނިޔޭގެ ފުޓްބޯޅައިގައި ވަކި ގައުމަކަށް ނިސްބަތްވާ ތިން ވަނަ ކްލަބް ކަމަށެވެ. އަދި މި ތިން ކްލަބް ވެސް އޮތީ ދުނިޔޭގެ އެންމެ މަހުޖަނު އާއިލާތަކާ ގުޅިފައި ކަމަށް ކްލޮޕް ބުނެފައިވެ އެވެ.

"މިއީ އަހަންނާ ބެހޭ ކަމެއް ނޫން. އެކަމަކު އަހަރެންގެ ހިޔާލަކަށް އެހީމަ ދައްކާ ވާހަަކަ. އަހަރެން އަބަދުވެސް ބުނާ ވާހަކަ އަކީ ފުޓްބޯޅަ އަކީ ހަމައެކަނި ފައިސާއިން ވާ ކަމެއް ނަމަ. ބޮޑު ހަރަދުކުރާ ޓީމުތައް އަބަދުވެސް އޮންނާނީ އެންމެ ކުރީގައި. އެކަަމަކު ވަނީ އެހެނެއް ނޫން،" ކްލޮޕް ބުންޏެވެ.

ޕީއައިއެފް އިން މިދިޔަ އަހަރު ނިއުކާސަލް ގަންނަން ހުރިހާ ލިޔެކިއުންތަކެއް ހުށަހަޅައި މަސައްކަތްތައް ކުރިއަށްގެންދިޔަ ނަމަވެސް ތަފާތު ގިނަ ޕްރެޝަރުތަކަކާ ހެދި ޕްރިމިއާ ލީގުން ނިއުކާސަލްގެ އާ ބޯޑު ރަޖިސްޓްރީ ނުކޮށްދިނެވެ. އެއީ މި ޑީލްގައި ސައުދީ ސަރުކާރާ ގުޅޭ ބައިވެރިވުން އޮތުމުން ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ހެދި އެވެ. އެންމެ ފަހުން އޭރު ޕީއައިއެފް އިން ނިންމީ ޑީލް އަނބުރާ ގެންދާށެވެ. އެކަމަކު، މި ފަހަރު އެ ޑީލް މި ނިންމައިލީ މީގެކުރިން ހުރި ޗެލެންޖްތަކާ ކުރިމަތިލައި ހައްލު ހޯދައިގެންނެވެ.

ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކުން އަންނަނީ ނުސީދާކޮށް ވެސް ނިއުކާސަލްގެ މި ޑީލްގެ ކަންތައްތަކާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. އެ ކްލަބްތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް އަދި އެސްޓަން ވިލާ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox