އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކައްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި ޖިންސީގޯނާ ކޮށްފައި ވަނީ އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކަށެވެ.
މިހަދިސާ ހިނގާފައި ވަނީ ނ، ރ، ބ އަދި ޅ. އަތޮޅު ހިމެނޭ އުތުރުގެ ސަރަހައްދުގެ ރަށެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނަށް މިކަމުގެ މައުލޫމާތު ހުށަހަޅާފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ނަމަވެސް، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.

ކުޑަ ކުދިންނާ ގުޅޭ މިފަދަ މައްސަލަތަކަކީ ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާ މައްސަލަތަކެއް ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް އެއިދާރާއިން ބުނެ އެވެ.












