ސާފް ޗެމްޕިއަންޝިޕް: ވައުޒަކާއި ނަސޭހަތެއް

ސާފް ޗެމްޕިއަންޝިޕް: ވައުޒަކާއި ނަސޭހަތެއް

އަޅުގަނޑަކީވެސް، ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖޭގެ ގައުމީ ޓީމަށް ކުރިމަތިވި ނާކާމިޔާގައި ހިތާމަ ކުރި ސަޕޯޓަރަކީމެވެ. އެހެންނަމަވެސް އެ ހިތާމައިގެ ތެރެއިންވެސް އުފާވެރި އިހުސާސެއް ކުރާންވީ ސަބަބެއް އަޅުގަނޑަށް ވިސްނުނެވެ. އެއީ ގައުމީ ޓީމުގެ ސަޕޯޓަރުންގެ ޖޯޝާއި ޓީމަށް ދިން ހިތްވަރެވެ. ކުޅި ބަލަން ދަނޑަށް ވަދެތިބި ހުރިހާ ދިވެހިންގެ ހިތުގައި ހިނގަމުން ދިޔައީ އެއް ޝުއޫރެކެވެ. ކުރަމުން ގެންދިޔައީ އެއް އިހުސާސެކެވެ. އެންމެންގެ ހިތާ ނިޔަތާ އަމަލުތައް ވެސް ހުރީ އެއް މިސްރާބަކަށެވެ.

ފުންކޮށް ވިސްނާލީމާ އިތުރަށް ފާޅުވި ހަގީގަތަކީ ކުޅިވަރަކީ ހަމައެކަނި ކުޅިވަރެއް ނޫން ކަމެވެ. ރާއްޖެ ތަމްސީލު ކުރަން ދަނޑަށް އެރީ އެގާރަ ކުޅުންތެރިން ކަމުގައި ވީނަމަވެސް އެ އެގާރަ ކުޅުންތެރިން އިހުސާސްކުރި ވަރުބަލިކަން ހަތަރުލައްކަ ސަޕޯޓަރުންވެސް އިހުސާސް ކުރި އެވެ. ކޮންމެ މޮޅު ކުޅުމަކާއެކު އުފާފާޅުކޮށް، ކޮންމެ ދެރައެއްގައި ހިތްވަރު ދިނުމުގައި ދެމި ތިއްބެވެ.

އިތުރު ހަރުފަތަކަށް ވިސްނުން ގެންދަވާށެވެ. ދަނޑުގައި ތަރުހީބު ދިނުމަށް ތިބި އިރު އަޅުގަނޑުމެންނަށް ތިބެވުނީ "އެއް ހަށިގަނޑެއްގެ ގޮތުގަ" އެވެ. މާތް ނަބިއްޔާގެ ޙަދީސް ބަސްފުޅުގައިވެއެވެ. "އެއްބަޔަކު އަނެއް ބަޔަކަށް އެއްބާރުލުންދިނުމާއި ރަހުމުކުރުމާއި އޯގާތެރިވުމުގައި މުއުމިނުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. ހަށިގަނޑުގެ އެންމެ ގުނަވަނެއްގައި ވޭން އެޅިޔަސް ހުންއައުމާއި ހޭލާހުރުމުގައި މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ." އެއްހަށިގަނޑެއްގެ މިސާލަކީ ކޮބައިކަން އަޅުގަނޑުމެންނަށް މިހާރު ވިސްނިއްޖެ އެވެ. ބަދަލުކޮށްލަންޖެހޭ ކަމަކީ ގަލަޅު ބޯޅަދަނޑުން ބޭރަށް އެއްހަށިގަނޑުގެ މިސާލުގައި އަހަރެމެން އެންމެން ތެދުވެލައި ހިންދަމާލުމެވެ. ދީނީ އަޅުކަންތަކާއި ދެދުނިޔޭގެ ބާއްޖަވެރިކަމަށް އަދާކުރަންހުރި ކަންކަމުގައި އެއްހަށިގަނޑުގެ ފަލްސަފާ ދިރުވާއާލާކޮށްލުމެވެ.

ކުޅިވަރާއި ސަމާސާ މަޖަލަކީ ވެސް ދީނުގައި އޮތް ކަމެކެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ ވެސް އެކަން ކުރެއްވި އެވެ. މުސްކުޅި ފުރައިގެ އަންހެން ކަނބަލަކު އެކަމަނާ ސުވަރުގެ ވެއްދެވުމަށް އެދި ދުއާކޮށްދެއްވުމަށް ރަސޫލާ އަރިހުގައި ދެންނެވި އެވެ. އެހިނދު ޙަދީސް ކުރެއްވީ މުސްކުޅިއަކު ސުވަރުގެ ނުވައްދަވާނެކަމަށެވެ. އެކަމަނާ އެކަމާ ކަރުނައެޅުއްވުމުން ސަމާސާގެ މާނަ އެކަމަނާއަށް ނުވިސްނުނުކަން މާތް ނަބިއްޔާއަށް އެނގިވަޑައިގަތެވެ. އެހިނދު ސާފުކޮށްދެއްވި އެވެ. އެކަމަނާ ވެސް ސުވަރުގެ ވައްދަވާނީ ޒުވާނެއްގެ ގޮތުގައިކަން ވިސްނަވައިދެއްވި އެވެ.

މާތް ނަބިއްޔާ އެކަލޭގެފާނުގެ އަސްހާބުންނާއި، އަދި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ މުއާމަލާތު ކުރެއްވުމުގައި ވެސް ސަމާސަ ކުރެއްވުމާއި ކުޅިވަރު ކުޅުއްވުމަކީ އޮތް ކަމެކެވެ. އުންމިލްމުއުމިނީން ޢާއިޝާގެފާނާއެކު ރޭސް ޖެއްސެވި ހާދިސާއަކީ މަޝްހޫރު ހާދިސާއެކެވެ. އެކަމަނާ ރިވާކުރައްވަ އެވެ. ދަތުރެއްގެ މަތީގައި އެކަމަނާ މާތް ނަބިއްޔާއާ ރޭސްޖައްސަވައި އެކަމަނާއަށް ކުރި ލިބިވަޑައިގަތެވެ. އެފަހުން އެކަމަނާގެ ރޫފަ ތަންކޮޅެއް ހެޔޮވީފަހުން ރޭސް ޖެއްސެވުމުން މާތް ނަބިއްޔާއަށް ކުރި ލިބިވަޑައިގަތެވެ. މިއީ އެރޭހުގެ ބަދަލުކަމުގައި ޙަދީސް ކުރެއްވައި ސަމާސާކުރެއްވި އެވެ. މިފަދަ ކިތަންމެ ހާދިސާއެކެވެ.

މިފަދަ ކުޅިވަރުތަކާއި ސަމާސަތަކުން ހާސިލުކުރެވޭ ނަތީޖާއަކީ ގުޅުން ބަދަހިވުމެވެ. އިހުތިރާމް ކުރަން ދަސްވުމެވެ. ނާކާމިޔާބީ އަކީވެސް ދުނިޔޭގެ ހަޔާތުގެ ނަތީޖާތަކުގެ ތެރެއިން ނަތީޖާއެއްކަން ދަސްވުމެވެ.

މުޅި ދުނިޔޭގައި އިސްލާމީ އުއްމަތް މިހާރު އޮތް ދަރަޖައަކީ، އަޅުގަނޑުމެން ތިބެންވީ، އަދި ތިބެންޖެހޭ ހިސާބެއް ވެސް ނޫންކަން ގައިމެވެ. އިރެއްގައި ދުނިޔޭގައި ވެރިކަން ކުރަމުން ގެންދިޔައީ މުސްލިމުންނެވެ. އެ ބާރު ދަށްވަމުން، ބީވަމުން ނެތެމުން ދިޔައީ އަޅުގަނޑުމެންނަށް ނުވެސް އެނގި އެވެ. އެކަމުގެ ސަބަބުތަކާމެދު ވިސްނާލާނޭ އަވައްޖެއްވިއިރު އަޅުގަނޑުމެންނަށް ތިބެވުނީ ދުނިޔޭގެ ބިމުގައި ނިކަމެތިވެފަ އެވެ.

މުސްލިމުންގެ މިހާރުގެ ހާލަތުގެ ވަރަށްވެސް ހިތާމަވެރި ސަބަބަކީ މާތް ނަބިއްޔާގެ އިރުޝާދާ އަޅުގަނޑުމެން ކަނޑައެޅިގެން ހިލާފްވުމެވެ. އެކުވެރިކަމެއް ނެތި ވަކިވެގަތުމާއި، އެކަކު އަނެކަކާމެދު ނުނިޔަތް ލައިގެން ހޭދަވި ކޮންމެ ދުވަހަކީ ނިކަމެތިކަމާ ކައިރިއަށް ދަތުރު ކުރެވުނު ދުވަހެކެވެ. މި ހާލަތުގެ ސަބަބު އެނގުމުން އެކަން ރަނގަޅުކުރުމަށްވެސް އެކަށީގެންވާ ގޮތުގައި މަސައްކަތެއް ނުކުރެވެ އެވެ. މުސްލިމު ގައުމުތައް އެއް ގައުމު އަނެއް ގައުމާ ހަނގުރާމަ ކުރަނީ އެވެ. މާތް ނަބިއްޔާގެ މި ސާބިތު އިރުޝާދަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި އެވެ. މާތް ނަބިއްޔާ ޙަދީސްކުރައްވާ އަންގަވާފައިވަނީ "އަހަރެމެންގެ މައްޗަށް ހަތިޔާރު އުފުލާ މީހާވަނީ އަހަރެމެންގެ ތެރެއިންނެއް ނޫނެވެ." މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމައަށް ނުކުންނައިރު، އެ ނުކުމެވެނީ މާތް ނަބިއްޔާގެ މި އިރުޝާދު ބޮލާލާ ޖަހާފަ އެވެ.

އެ ޒަމާނުގައިވެސް މި ޒަމާނުގައިވެސް މުސްލިމުންގެ ކުރިއެރުމަށް އެޅުނު އަދި އެޅޭ އެންމެ ބޮޑު ހުރަހަކީ އެއްބައިވަންތަކަން ނެތުމެވެ. އިތުރު އެކަލޭގެފާނުގެ ޒަމާނުގައި މުސްލިމުންގެ ބާރު ހޯއްދަވައިދެއްވުމަށް އަޅުއްވަމުން ގެންދެވި އެންމެ މުހިންމު ފިޔަވަޅަކީ މުސްލިމުން އެއްބައިވަންތަ ކުރުވުމެވެ. މާތް ނަބިއްޔާ ސާފުބަހުން އިރުޝާދުދެއްވަނީ އެއްބަޔަކު އަނެއްބަޔަކަށް ހަސަދަވެރިނުވުމަށެވެ. ރުޅިއަރައިނުގަތުމަށެވެ. ދެކޮޅުވެރިނުވުމަށެވެ. އެއްބަޔަކު އަނެއްބަޔަކަށް ފުރަގަސްނުދިނުމަށެވެ. އެއްބަޔަކު ގަނެނިމިފައިވާ އެއްޗެއް އަލުން ގަނެ ހޯދައިނުގަތުމަށެވެ. ﷲ ގެ އަޅުންގެ ގޮތުގައި އެކުވެރިންތަކެއްކަމުގައިވުމަށެވެ. ކޮންމެ މުސްލިމަކީ އަނެއް މުސްލިމެއްގެ އެކުވެރިޔެކެވެ. އަނިޔާއެއްކޮށްގެނެއްނުވާނެ އެވެ. ނިކަމެތިކޮށްލައިގެންނުވާނެ އެވެ. ދެރަކޮށްލައިގެންނުވާނެ އެވެ.

ކުޅިވަރުގެ މި މޫސުމުގައި އަޅުގަނޑުމެން ދަސްކުރަންވީ ފިލާވަޅުތައް ނުހަނު ގިނަ އެވެ. އަޅުގަނޑުމެން ފަދަ ސަޕޯޓަރުން އެދިއެދި ތިއްބައި ގައުމީ ޓީމާއެކު ގައުމަށް ކުރިމަތިވީ ނާކާމިޔާބީ އެވެ. އެހެނަސް އަޅުގަނޑުމެންގެ ތެރެއިން ފެނުނު އެއްބައިވަންތަކަމާއި ގައުމީ ރޫހު އެއީ މޫސުމާއެކު ނިމިގެންވާނޭ ކަމެއް ނޫނެވެ. އަދި ދީނީގޮތުން ބަލާއިރު އެކަމަކީ ކުޅިވަރަށް ހާއްސަވެފައި އޮންނަންވީ ކަމެއް ނޫނެވެ. މުއުމިނުން ތިބެންވީ ދީނަށް ނަސްރުދީ ދީން ކުރިއަރުވައި ދީނުގެ މަގުގައި ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތްކުރުމުގައި އެއްހަށިގަނޑެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox