މަހުމޫދުގެ މަރު: ތުހުމަތުވާ މީހުން ރަށުން ބާލައިފި

ދަނގެތީ ރައްޔިތުން ފުލުހުންގެ އިދާރާ ކައިރީ ހަރަކާތްތެރިވަނީ--

ދަނގެތީ ރައްޔިތުން ފުލުހުންގެ އިދާރާ ކައިރީ ހަރަކާތްތެރިވަނީ--

އދ. ދަނގެތި މަހުމޫދު އަބޫބަކުރު މަރާލިކަމަށް އެ ރަށު ރައްޔިތުން ތުހުމަތުކުރާ މީހުން، ފުލުހުންގެ ހިމާޔަތުގެ ދަށުން އެ ރަށުން މިއަދު ބާލައިފި އެވެ.

ރަހުމުކުޑަ ގޮތަކަށް މަހުމޫދު މަރާލާފައިވަނިކޮށް އެ ރަށުގެ ފަޅު ގެއެއްގެ ވަޅެއްގެ ތެރެއިން ފެނުމާއެކު ދަނގެތީގެ މަޝްރަހު ހޫނުވެ, ރައްޔިތުން ނުކުމެ ތުހުމަތު ކުރެވޭ ދެ މީހަކު އަތުލައިގަތެވެ.

އެއީ އެ ރަށުގައި ތިބި އއ. ތޮއްޑޫއަށް ނިސްބަތްވާ ދެ މީހެކެވެ. އެމީހުން ފުލުހުންނާ ހަވާލުކުރީ ރައްޔިތުން ނުކުމެ އިއްޔެ ހަވީރު އެވެ.

އޭގެފަހުން އެ ދެ މީހުންނާ ގުޅުންހުރި އަންހެނަކު ވެސް އިއްޔެ ވަނީ ފުލުހުންގެ ހިމާޔަތުގެ ދަށަށް ގެންގޮސްފަ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ގަތުލުގެ ތުހުމަތުވާ ތިން މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ހެނދުނު އެ ރަށުން ބާލާފައިވާ ކަމަށެވެ.

އެ މީހުން ރަށުން ބޭލީ، ރަށު ކައުންސިލުގެ އެދުމުގެ މަތިން އެ ތިން މީހުންގެ ސަލާމަތަށްޓަކައިކަން އެނގިފައި ވެ އެވެ.

އެ ތިން މީހުން އެ ރަށުން ބާލައިގެން ގެންދިޔައީ މަހިބަދޫއަށް ކަމަށް އެ ރަށު ކައުންސިލް މެމްބަރު އަހުމަދު އަބްދުލް ސަމަދު "އަދަދު"އަށް ވިދާޅުވި އެވެ.

ނަމަވެސް، އޭގެ ތެރެއިން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައިނުވާ ކަން ވަނީ އެނގިފަ އެވެ.

މަހުމޫދުގެ މަރާ ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް އިއްޔެ ހަވީރުން ފެށިގެން އެ ރަށުގައި ހަރަކާތްތެރިވަމުން އަންނައިރު، އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެ އެވެ.

އިތުރު ޓެސްޓުތަކެއް ހެދުމަށް މަހުމޫދުގެ ހަށިގަނޑު މިއަދު ހެނދުނު ވަނީ މާލެ ގެނެސްފަ އެވެ.

އައިޖީއެމްއެޗްގައި ސީޓީ ސްކޭން ހެދުމަށްފަހު އަނބުރާ ދަނގެއްޗަށް ގެންދަން މިހާރު މާލޭން ފުރާފައިވާއިރު، މަހުމޫދުގެ ޖަނާޒާ ވެސް އެ ރަށުގައި އޮންނާނެކަމަށް އާއިލާއިން ބުނެ އެވެ.

އެ ދެ މީހުންނަށް ތުހުމަތުކުރަނީ ކީއްވެ؟

މުޅި ދަނގެތި ސިއްސުވާލި އަނިޔާވެރި އަމަލުގެ ފަހަތުގައި ތިބި ކަމަށް ތުހުމަތު އެޅިފައިވާ ދެ މީހުންނާ ގުޅޭ ގޮތުން އެ ރަށުން ވެސް ތޮއްޑޫއިން ވެސް އިވުނީ ހަމަ އެއް ވާހަކަތަކެވެެ.

ތޮއްޑޫ ކައުންސިލް މެމްބަރަކު ވިދާޅުވި ގޮތުން އެ ދެމީހުންނަކީ އެ ރަށުން 2019 ވަނަ އަހަރު އެ ރަށު ރައްޔިތުން ނުކުމެ ބޭރުކޮށްފައިވާ ބައެކެވެ. އެއީ ވައްކަމާއި، ފޭރުމުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރީ ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާތީ, އެކަން ބޮޑުވެގެންނެވެ.

އޭނާ ކިޔައިދެއްވި ގޮތުގައި އެމީހުން ރަށުން ބޭރުކުރި ދުވަހު ވެސް ބޮޑު މާރާމާރީއެއް ހިނގާފައިވެ އެވެ. މި ހަމަނުޖެހުމުގައި އެތަނުން އެކަކަށް އަނިޔާވި ކަމާއި އޭގެ ފަހުން ފަރުވާ ހޯދަން ދިޔައީ މާލޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަރުވާ ހޯދުމަށްފަހު އެނބުރި ތޮއްޑޫއަށް އަޔަސް ރަށަށް ނާރުވާނެތީ, އެމީހުންގެ މިސްރާބު ދަނގެއްޗަށް ޖެހީ ކަމަށް ކައުންސިލް މެންބަރު ވިދާޅުވި އެވެ. އޭގެފަހުން އެމީހުން އުޅެމުން ދިޔައީ ދަނގެތީގަ އެވެ.

ތޮއްޑޫން އޭނާ ބޭރުކުރީ ރަށު ރައްޔިތުންނަށް ކެތްނުވުމުން، އޭނާއާއި ހެދި ނޫޅެވޭ ދަރަޖައަށް ދިއުމުން

އެރަށު އިތުރު މީހެއް މި ނޫހަށް ކިޔައިދިން ގޮތުގައި އެމީހުން ތޮއްޑޫން ބޭރުކުރީ ދެތިން ހަތަރު ކުއްޖަކަށް މަރުގެ އިންޒާރު ވެސް ދީފައި ވަނިކޮށެވެ. އަދި އެރަށު ގެސްޓު ހައުސްއެއް ހިންގާ އޯނަރެއް ގައިގައި ތަޅައިގަނެ، ގެސްޓުން ތިއްބާ މާރާމާރީވެސް ހިންގާފައިވަނިކޮށެވެ.

އޭނާ ވަނީ އެތަނުން އެކަކު އެރަށު ފިހާރައެއް ފަޅާލައިގެން ވައްކަން ކުރަން ހުރި ކަމަށް ބުނާ ފޮޓޯތަކެއް ވެސް މި ނޫހަށް ހިއްސާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox