ހިލަމެއްވެސް ނެތް؛ އަމާން ދަނގެތި ސިއްސުވައިލި އަނިޔާވެރި ގަތުލެއް

ހިލަމެއްވެސް ނެތް؛ އަމާން ދަނގެތި ސިއްސުވައިލި އަނިޔާވެރި ގަތުލެއް

އެއްބައިވަންތަ ރައްޔިތަކު އުޅޭ އދ. ދަނގެއްޗަށް މިއީ އައި އެންމެ ކަޅު ދުވަހެވެ;

އެންމެންނާ ގުޅޭ އެކުވެރި, އެ ރަށު މަހުމޫދު އަބޫބަކުރު އަނިޔާވެރި ގޮތަކަށް މަރާލައި, އެއްލާލާފައި އޮތްވައި ފެނުނީ އެ ރަށު ފަޅު ގެއެއްގެ ތެރޭ ހުރި ވަޅަކުންނެވެ. އެ ރަހުމު ކުޑަ އަމަލަކީ ދުވަހަކު ވެސް އެ ރަށުގައި ހިނގައިދާނެ ކަމެއް ކަމަށް އެ ރަށުގެ ހަަމަ އެކަކު ވެސް ހިތަށް ނާރާފަދަ އަމަލެކެވެ.

"މި ރަށަކީ އެކުވެރި ބައެއް އުޅޭ ތަނެއް, އެކަހަލަ ކަމެއް ދުވަހަކު ވެސް މި ރަށުގަ ނުވާތީ އެވަރުގެ އަމަލެއް ހިނގަފާނެ ކަމަށް ވިސްނުމެއް ނާދޭ،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެކަމަކު, މިއަދު އެ ރަށުގައި އޮތީ ނަފުރަތާއި ބިރުވެރިކަމެެވެ.

އައީ ފޯނު ކޯލެއް, އޭގެ ފަހުން ނުފެނޭ

މަހުމޫދުގެ ދަނބިދަރިއަކު ވަނީ އޭނާގެ އެންމެ ފަހުގެ ވާހަކަތައް މި ނޫހާ ހިއްސާކޮށްފަ އެވެ. އެގޮތުން ފޯނުން ވާހަކަ ދައްކަމުން ބުނި ގޮތުގައި, މަހުމޫދު އެންމެ ފަހުން ފެނިފައިވަނީ ރޭ ކުޅުނު ރާއްޖެ-އިންޑިއާ މެޗު ބަލަން އޭނާގެ ކެފޭ "މޮނަލާޒް"ގައި އިންދަ އެވެ.

"އޭގެ ފަހުން އޭނާ ކެފޭއިން ނުކުތީ ފޯނު ކޯލެއް އައިސްގެން, އޭގެ ފަހުން ގެއަކަށް ނާދޭ,"

އޭނާ ކިޔައިދިން ގޮތުގައި, މަހުމޫދު ރޭ ގެއަށް ނާންނަ ކަމެއް އެ ގޭގައި އުޅޭ އެއްވެސް މީހަކަށް ނޭނގެ އެވެ. އެއީ, އޭނާގެ އަންހެނުން ވެސް ބަލިވެ އުޅޭތީ ބޭރަށް ނުކުމެ ނޫޅޭތީ އެވެ. އަދި އެފަަދަ ކަމެއް ހިނގާފާނެ ކަމުގެ ހިލަމެއް ވެސް އެ އާއިލާގެ ވިސްނުމުގައި ވެސް ނެތުމުންނެވެ.

ދަނބިދަރި ކިޔައިދިން ގޮތުގައި ބައްޕަގެ އުސޫލަކީ ފަތިހު ގެއިން ނުކުންނަ ގޮތަށް ހެނދުނު 9:00 ޖަހާލާއިރު ސައި ބޯން ގެއަށް ވަނުމެވެ. އެ ވަގުތު އޭނާ ހޭދަކުރަނީ ބަނދަރު މަތީގަ ދޯނިތައް ކައިރީގައާއި، ރައްޓެހިންނާއެއްކޮށެވެ.

އެހެންވެ, މިއަދު ވެސް އާއިލާއިން ވިސްނައިގެން ތިބީ ބައްޕަ އެ އުސޫލުން ފަތިހު ބޭރަށް ދިޔަ ގޮތަށް ގެއަށް ނާންނަނީ ކަމަށެވެ. އެކަމަކު, ފަތިހު ވެސް އާއިލާއިން މަހުމޫދަށް ގުޅި އެވެ.

"އެކަމަކު ފޯނު ނުނެގުމަކީ އާއްމުކޮށް ވިޔަފާރިއާ ހެދި އުޅޭ ވަގުތުތަކުގައި މަހުމޫދަށް ބޭއިހްތިޔާރުގައި ކުރެވޭ ކަމެއް ކަމުން، އެއީ ބޮޑު ކަމެއްގެ ގޮތުގައި ނުވިސްނުނު," މަހުމޫދުގެ ދަރިއަކާ އިނދެގެން އުޅޭ މީހާ ބުންޏެވެ.

ގޯހެއް އުޅޭކަން އިހުސާސް ކުރެވުނީ މަހުމޫދުގެ އާންމު އުސޫލުން ހެނދުނު ސައި ބޯން ގެއަށް ނައުމުންނެވެ.

"ދެން ހޯދަން ފެށީ. 9:00 ޖެހިއްސުރެން. ރަށުގެ ގިނަ ބަޔަކު ތިން ގުރޫޕަކަށް ބަހާލައިގެން ހޯދަނިކޮށް ފެނުނީ 10:00 ޖަހާކަންހާއިރު," އޭނާ ބުންޏެވެ.

ހިޔާލަށް ވެސް ނުގެނެސް ތިއްބާ އާއިލާއަށް ފެނުނީ މަހުމޫދުގެ ފުރާނަ ނެތް މަސްގަނޑެކެވެ. އަނިޔާވެރި, ރަހުމުކުޑަ ބައެއްގެ ޝިކާރައަކަށް ބައްޕަ ވެފައިވާ މަންޒަރެވެ.

މަހުމޫދުގެ ހަށިގަނޑު ފެނުނީ ދަނގެތީގައި ހުރި އޭނާގެ އާއިލާއަށް ނިސްބަތްވާ ފަޅު ގެޔެއްގެ ވަޅެއް ތެރެއިންނެވެ. އެއީ, ކެފޭއާ ގާތްގަނޑަކަށް 200 މީޓަރު ދުރުގައި ހުރި ގޯއްޗެކެވެ.

ހަށިގަނޑު ފުރަތަމަ ފެނުނު މީހުން ބުނާ ގޮތުގައި, މަހުމޫދުގެ ފަޔާއި ބޮލުގައި ގޯނިތަކެއް އައްސާފައި ހުއްޓެވެ. އަދި ވަޅިއަކުން ހަމަލާދީ ވަރަށް އަނިޔާކޮށްފައި ވެސް ހުއްޓެވެ. އެ ސަރަހައްދުގައި އެ ވަޅި އާއި ދަގަނޑު ބުރިއެއް ވެސް އޮތެވެ.

"މަހުމޫދުގެ ހަށިގަނޑު ވަޅުން ނެގި ވަގުތު ހޯސްލާފައި ރޭލަތައް ފައިބަމުންދިޔަ,"

މަހުމޫދުގެ ހަށިގަނޑު ފެނުނު ތަން.
މަހުމޫދުގެ ހަށިގަނޑު ފެނުނު ތަން.

މަހުމޫދުގެ ހަށިގަނޑު ފެނުނު ތަން.

މަހުމޫދުގެ އަބަދުވެސް ފައިސާ ގެންގުޅޭ, ބެލެވެނީ ފޭރުމެއް ކަމަށް

މަހުމޫދުގެ ދަނބިދަރި ބުނި ގޮތުގައި, އެއްވެސް ކަމެއްގައި މަހުމޫދާ ހިތްހަމަނުޖެހުން އޮތް މީހަކު އެ ރަށުގައި ނެތެވެ. ފައިސާގެ މައްސަލައެއް ނުވަތަ ދަރަނި ފަދަ ކަމެއް ވެސް ނެތެވެ.

އެހެންވެ, މަހުމޫދު މަރާލުމުގެ ފަހަތުގައި އެފަދަ ކަމެއް އޮވެދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.

"ބައްޕަ އަބަދުވެސް ފައިސާ ގެންގުޅޭނެ އަތުގަ، ގާތްގަނޑަކަށް 20،000-25،000 ރުފިޔާ ހުންނާނެ އަތުގައި. އެއީ ލާރި މާރުކުރަންށާ، ޕެޓީ ކޭޝްގެ ގޮތުގައި ގެންގުޅޭ ފައިސާ," ކެފޭއެއް ހިންގާ މަހުމޫދާ ގުޅޭ ގޮތުން އޭނާގެ ދަނބިދަރި ބުންޏެވެ.

އެހެންވެ, އޭނާ ގަބޫލު ކުރާ ގޮތުގައި, މަހުމޫދު މަރާލާފައިވަނީ ފޭރުމުގެ ތެރެއިންނެވެ.

"އިތުރު އެއްވެސް ނިޔަތެއް ނެތް,"

މި އަމަލުގައި ބައިވެރިވަނީ އެ ރަށަށް އައިސްގެން އުޅޭ އެހެން ރަށެއްގެ ދެ މީހުން ކަަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. ރައްޔިތުން ނުކުމެ އެމީހުން ހޯދައި ވަނީ ފުލުހުންނާ ހަވާލު ވެސް ކޮށްފަ އެވެ.

އެކަމަކު, މިހާތަނަށް އެމީހުން ހައްޔަރުކޮށްފައެއް ނުވެ އެވެ.

ދަނގެތިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ކަންކަމުގައި އެ ރަށުގައި އުޅޭ ދެ މީހުންނެވެ. އެކަކީ އެރަށް ނިސްބަތްވާ މީހެއްގެ ދަރިއެއް ނަމަވެސް، ގިނައިން އުޅެނީ އެ ރަށުގައި ނޫން ކަމަށް އެމީހާ ބުންޏެވެ.

އެ ދެ މީހުންނަކީ ވެސް ކުށުގެ ވެށީގެ ކަންކަމުގައި ރަށުގައި އިސްކޮށް ތިބި މީހުން. އެކަކީ ވައްކަމާއި މަސްތުވާތަކެތީގެ ކަންކަމާ ހެދި އެހެން ރަށަކުން ވަރަށް އަނިޔާކޮށް ބޭރުކޮށްލާފަ ހުރި މީހެއް, އެ ރަށަށް ނޭރޭ ގޮތަށް،" ދަނގެތިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

މަހުމޫދަކީ ހިތްހެޔޮ މީހެެއް, ރަށަށް ހިތާމަ

ރަށުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި މަހުމޫދުގެ ކުއްލި މަރާއެކު މުޅި ދަނގެތި އޮތީ ރުޅިވެރިކަމާއި ނަފްރަތުގެ ތެރޭ އެވެ. މަދު ބައެއްގެ އެ އަމަލާއެކު މުޅި ރަށަށް ބިރުވެރިކަމާއި މާޔޫސްކަން ލިބިފައިވާ ކަމަށެވެ.

"މުޅި ރަށް އޮތީ މަހުމޫދު ފަދަ މީހުންނާ ގުޅޭ ހިތްހެޔޮ މީހަކު ގެއްލުމުން ރޯން," އޭނާ ބުންޏެވެ.

"މަހުމޫދުގެ އާއިލާއަކީ ވަރަށް އިސްކޮށް ހުރިހާ ކަމެއްގައި ރަށުގައި އުޅޭ އާއިލާއެއް. ވަރަށް މީހުންނާ ގުޅޭ މީހެއް."

އޭނާ ބުނި ގޮތުގައި, މަހުމޫދަށް އިންސާފު ހޯދައިދިނުމަށް ރަށުގެ ރައްޔިތުން ތިބީ ނުކުމެ އެވެ. ތުހުމަތުވާ މީހުން ދޫވުމަކީ އެމީހުން ގަބޫލު ކުރާނެ ކަމެއް ނޫނެވެ.

"މަރަށް މަރު ހިފަން ޖެހޭނީ, ސަލާމަތްވެގެން ދެވިގެން ނުވާނެ," ރައްޔިތުންގެ ޝުއޫރު ހުރި ގޮތް އެ ރަށުން ވާހަކަ ދެއްކި މީހަކު ފާޅުކުރި އެވެ.

މަހުމޫދު ހަށިގަނޑު އަދިވެސް އޮތީ ތަހުގީގަށް ބާއްވާފަ އެވެ. އޭނާގެ ޖަނާޒާގެ ކަންކަން އަދި ފެށިފައި ނުވި ނަމަވެސް, ހިނަވާގެއާއި ސިއްހީ މަރުކަޒު ދޮށުގައި ރައްޔިތުން ތިބީ އެއްވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox