ފުރަތަމަ ރީޖަނަލް ސޭފްގާޑިން ސެމިނާ އެފްއޭއެމް އިން ރާއްޖޭގައި ކުރިއަށް ގެންގޮސްފި

Oct 12, 2021, 5:24 AM
ރާއްޖޭގައި ކުރިއަށްގެންދިޔަ ސާފް ސޭފްގާޑިން ސެމިނާގެ ބައިވެރިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ރާއްޖޭގައި ކުރިއަށްގެންދިޔަ ސާފް ސޭފްގާޑިން ސެމިނާގެ ބައިވެރިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ފަރާތުން ފުޓްބޯޅައިގެ ތެރެއިން ރައްކާތެރިކަން ކަށަވަރުކުރަން ކުރެވޭ މަސައްކަތުގައި އެކުލަވާލި ސާފް ސޭފްގާޑިން ސްޓިއަރިން ކޮމިޓީ ލީޑުކުރުމުގެ ފުރުސަތު ލިބުނު ރާއްޖޭން ފުރަތަމަ ބައްދަލުވުން މާލޭގައި ކުރިއަށް ގެންގޮސްފި އެވެ.

ރާއްޖޭން ފުރަތަމަ ބައްދަލުވުން ބޭއްވީ މި މަހު 8 އާއި 9 ވަނަ ދުވަހު ހޮޓެލް ޖެންގެ ބޯލް ރޫމުގަ އެވެ.

މި ސެމިނާގައި އެފްއޭއެމްގެ އިތުރުން ސާފް ސަރަހައްދުގެ އެކި ގައުމުތަކުގެ ސޭފްގާޑިން އޮފިސަރުންގެ އިތުރުން އޭއެފްސީގެ އޮފިޝަލުންނާއި އެކި މެމްބަރު އެސޯސިއޭޝަންތަކުގެ އޮފިޝަލުން ބައިވެރިވި އެވެ.

މި ފަދަ ކަަމަކަށް އިސްނެގުމަކީ ރާއްޖެ އާއި ސާފް އިން ދެއްކި ނަމޫނާއެއްގެ ގޮތުގައި އޭއެފްސީގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ ވާހިދު ކަރްދާނީ ވަނީ ފާހަގަކުރައްވައިފަ އެވެ. ފީފާގެ ސޭފްގާޑިން ސީނިއާ އިވެންޓް މެނޭޖަރު ގްލޯރިއާ ވިސޭރަސް ވެސް ވަނީ ސޭފްގާޑިންގެ މަސައްކަތުގައި ސަރަހައްދީ ލެވަލްގައި ރާއްޖޭން އިސްނަގައިގެން މިކުރާ މަސައްކަތަށް ތަރުހީބު ދެއްވައިފަ އެވެ.

"ސޭފްގާޑިން 360" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ސެމިނާގައި އެކި ގޮތްގޮތުން ރައްކާތެރިކަން ކަށަވަރުކުރަން ކުރިމަތިވާ ޗެލެންޖްތަކާއި އެކަންކަން ހުއްޓުވޭނެ އެކި ގޮތްގޮތް ފުޅާގޮތެއްގައި ވަނީ މަޝްވަރާކޮށްފަ އެވެ.

ފުޓްބޯޅައިގައި ހުރި އެކި ސޭފްގާޑިން މައްސަލަތަކުގައި އަމަލުކުރެވޭނެ ގޮތްތަކާއި ހައްލު ހޯދޭނެގޮތްތައް މި ސެމިނާގެ ބައިވެރިންނަށް ވަނީ ވަރަށް ރަނގަޅަށް އުނގަނައިދެވިފަ އެވެ.

މި ސެމިނާ ކުރިއަށް ގެންދިޔައީ އޭއެފްސީ އާއި ކޮމަންވެލްތުގެ ބައިވެރިވުން ހިމެނޭގޮތަށެވެ. މި ބައްދަލުވުމުގައި ބައިނަލްއަގުވާމީ ގޮތުން ސޭފްގާޑިންގެ ކަންކަން ކުރަމުން އައި ގޮތްގޮތަށް ނަޒަރު ހިންގާލާފައިވާއިރު، ސިޓީ ފުޓްބޯލް ގްރޫޕުން ކަންތައް ކުރާ ގޮތްތައް ވެސް ވަނީ ބަލައިފަ އެވެ. އަދި އާކް އިން ވަނީ އެފްއޭއެމްއާ އެކު ޗައިލް ސޭފްގާޑިން، ކުޑަކުދިންނަށް ފުޓްބޯޅައިގެ ތެެރެއިން ރައްކާތެރިކަން ކަށަވަކުރަން ގެންގުޅޭ ސިސްޓަމް ސެމިނާގެ ބައިވެރިންނަށް ބުނެދީފަ އެވެ.

މި ސެމިނާގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކީޕިން ޗިލްޑްރެން ސޭފްގެ ޔޫކޭގެ ސޭރާ ބްލެކްމޯ، ސިޓީ ފުޓްބޯލް ގްރޫޕްގެ ސޭފްގާޑިން ޑިރެކްޓަރު ނިކް ސްކޮޓް، ކޮމަންވެލްތު އިސް ފަރާތްތަކެއް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އޭގެ އިތުރުން ސާފް ގައުމުތަކުގެ ޓެކްނިކަލް ޑިރެކްޓަރުންނާއި ޖެނެރަލް ސެކްރެޓަރީން ވެސް ބައިވެރިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox