އެމެރިކާ އިން ހޯދަމުންދާ އައިއެސްގެ "ފިނޭންސް މިނިސްޓަރު" ހައްޔަރުކޮށްފި

އައިއެސްގެ މާލީ ވެރިޔާ ސާމީ ޖާސިލް އަލް ޖަބޫރީ.

އައިއެސްގެ މާލީ ވެރިޔާ ސާމީ ޖާސިލް އަލް ޖަބޫރީ.

ބަގްދާދް، އިރާގް (އޮކްޓޯބަރު 11) - އެމެރިކާ އިން ހޯދަމުންދާ އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓު ގްރޫޕުގެ މާލީ ވެރިޔާ ސާމީ ޖާސިމް އަލް ޖަބޫރީ އިރާގުން ހައްޔަރުކޮށްފި އެވެ.

އިރާގުގެ ބޮޑު ވަޒީރު މުސްތަފާ އަލް ކަދޭމީ ޓްވިޓާގައި އިއުލާނު ކުރެއްވި ގޮތުގައި އޭނާ ހައްޔަރު ކުރީ އިރާގުގެ ބޯޑަރު ސަރަހައްދުގެ ބޭރުން ޖާސޫސީ އޮފިޝަލުންނެވެ.

އައިއެސްގެ މާލީ ވެރިޔާގެ އިތުރުން އައިއެސްގެ ކުރީގެ ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީގެ ނައިބުގެ މަގާމުގައި ވެސް ޖަބޫރީ ހުރި ކަމަށް ތުހުމަތުކުރެވެ އެވެ.

ޖަބޫރީ ހައްޔަރު ކުރި ސީދާ ލޮކޭޝަން ހާމަ ނުކުރި ނަމަވެސް ކަދޭމީ ވިދާޅުވީ އޭނާ ހައްޔަރު ކުރުމަށް ބޮޑު "އެކްސްޓާނަލް އޮޕަރޭޝަނެއް" ހިންގަން ޖެހުނު ކަމަށެވެ.

އެމެރިކާ އިން ވަނީ ޖަބޫރީ ހިފައި ހައްޔަރު ކުރާ ފަރާތަކަށް ފަސް މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް މީގެ ކުރިން އިއުލާނުކޮށްފަ އެވެ.

އެމެރިކާގެ "ރިވޯޑްސް ފޯ ޖަސްޓިސް" ޕްރޮގްރާމުން ބުނީ އައިއެސްގެ ތެރޭގައި ޖަބޫރީ އަދާކުރީ ފިނޭންސް މިނިސްޓަރާ އެއްވަރުގެ ޒިންމާތަކެއް ކަމަށެވެ. އެގޮތުން ވަގަށް ތެލާއި، ގޭސް، މިނެރަލް އަދި އެހެން ސާމާނު ވިއްކައިގެން ލިބޭ އާމްދަނީ މެނޭޖު ކުރަނީ އޭނާ ކަމަށް ތުހުމަތު ކުރެވެ އެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ތެރޭގައި އައިއެސްގެ އިރާގުގެ ބޮޑު ބައެއް ހިފައި، އިރާގާއި ސީރިއާގައި އައިއެސްގެ ދައުލަތެއް ގާއިމްކުރި ކަމަށް އިއުލާނުކުރި އެވެ.

ނަމަވެސް 2017 ވަނަ އަހަރު އިރާގުގެ ފައުޖުން ވަނީ އައިއެސް ބަލިކޮށްފަ އެވެ. އައިއެސްގެ ލީޑަރު ބަގްދާދީ މަރާލީ ހުޅަނގު އުތުރު ސީރިއާގައި އެމެރިކާގެ ހާއްސަ ފައުޖުން ހިންގި އޮޕަރޭޝަނެއްގައި އޮކްޓޯބަރު 2019 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox