ރާއްޖެ - އިންޑިއާ މެޗު: ޓިކެޓް ވިއްކަން ފަށާނީ މާދަމާ!

Oct 11, 2021, 5:07 AM
ސަޕޯޓަރަކު ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓެއް ދައްކާލަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސަޕޯޓަރަކު ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓެއް ދައްކާލަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބުދަ ދުވަހު ކުޅެން ހަމަޖެހިފައިވާ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ މާދަމާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ދެން ބާކީ އޮތީ ތިން މެޗެވެ. އެއީ ލީގު ބުރުގެ ފަހު ދެ މެޗާއި ފައިނަލް މެޗެވެ. ލީގު ބުރުގެ ފަހު ދެ މެޗުގެ ތެރެއިން ބުދަ ދުވަހު ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ނޭޕާލް އެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި އިންޑިއާ އެވެ. މިހާރު އޮތްގޮތުން މި ދެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާއިރު، ދެ މެޗު ވެސް އެއްވަރުވެއްޖެނަމަ ފައިނަލް ކުޅޭނީ ރާއްޖެ އާއި ނޭޕާލް އެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސާފް ޗެމްޕިއަންޝިޕްގައި ބުދަ ދުވަހު ކުޅޭ ދެ މެޗުގެ ޓިކެޓްތައް ވިއްކަން ހަމަޖެހިފައިވަނީ މާދަމާ ކަމަށެވެ.

"ޓިކެޓް ވިއްކާ ގަޑި އާއި ތަން ފަހުން އިއުލާން ކުރެވޭނެ ވާހަކަ ދަންނަވަމެވެ." އެފްއޭއެމުން ބުންޏެވެ.

ރާއްޖެ އާއި ސްރީ ލަންކާ ކުޅުނު މެޗަށް އާއްމުކޮށް ވިއްކަން ހުޅުވާލި ޓިކެޓުތައް ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ވިކި ހުސްވުމުން ކިޔޫގައި އެތައް އިރެއް ވަންދެން ތިބި މީހުންނަށް ވެސް ޓިކެޓް ނުލިބުނެވެ. އެކަމާ ގިނަ ސަޕޯޓަރުންތަކެއް ހިތްހަމަނުޖެހިގެން ދަނޑުތެރެއަށް ވެސް ވަނެވެ. އަދި މަގުމަތީގައި ނުރުހުމުގެ ޝުއޫރުތައް ވެސް ފާޅުކުރި އެވެ.

އެ ހުރިހާ ކަމަކަށް ބަލައި އެފްއޭއެމުން ވަނީ އިންޑިއާ އާއި ލަންކާގެ މެޗުގެ ހާއްސަ ކެޓަގަރީން 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކައިފަ އެވެ. އެއީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާ އަށް ހާއްސަކުރި ޓިކެޓްތަކުގެ ތެރެއިންނެވެ. އެ ޓިކެޓްތައް ސަޕޯޓަރުންނަށް ވިއްކީ ސޯޝަލް ސެންޓަރުގަ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އެފްއޭއެމާ ވާހަކަ ދައްކައިގެން ޓިކެޓް ވިއްކުމަށް ރަނގަޅު އިންތިޒާމެއް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއި ގަލޮޅު ދަނޑުގެ ސީޓީން ކެޕޭސިޓީ އަށް ބަލާއިރު، މި ފަހަރުގެ މުބާރާތުގެ ކޮންމެ މެޗަކަށް ވެސް ގިނަ ވެގެން ދަނޑަށް ވަދެވޭނީ 5000 މީހުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox