އިރާނުގެ ފުރަތަމަ ރައީސް އަބުލްހަސަން ބަނީސަދްރު އަވަހާރަވެއްޖެ

ބަނީސަދްރު އަކީ 1979 ގެ އިންގިލާބަށް ފަހު އިރާނުގެ ފުރަތަމަ ރައީސް. -- ފޮޓޯ: ގެޓީ އިމޭޖަޒް

ބަނީސަދްރު އަކީ 1979 ގެ އިންގިލާބަށް ފަހު އިރާނުގެ ފުރަތަމަ ރައީސް. -- ފޮޓޯ: ގެޓީ އިމޭޖަޒް

އިރާނުގައި 1979 ވަނަ އަހަރު ހިންގި އިސްލާމީ އިންގިލާބަށް ފަހު ފުރަތަމަ ރައީސްގެ މަގާމު ފުރުއްވި އަބުލްހަސަން ބަނީސަދްރު އުމުރުފުޅުން 88 އަހަރުގައި އަވަހާރަވެއްޖެ އެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ވަނަ އަހަރު ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ބަނީސަދްރު އޭގެ 16 މަސް ފަހުން މަގާމުން ދުރުކުރެއްވީ ޝެއިހުންގެ ސިޔާސީ ބާރުގަދަވުމާ ދެކޮޅަށް ގޮންޖެއްސެވުމުންނެވެ.

މަގާމުން ވަކިކުރެއްވުމާ އެކު އިރާނު ދޫކުރައްވައި ފްރާންސަށް ވަޑައިގެންނެވި އެވެ. އެ ތަނުގައި ހުންނަވައި މަސައްކަތް ކުރެއްވީ ވެސް ޝެއިހުންގެ ސިޔާސީ ނުފޫޒު ފެތުރުން ހުއްޓުވުމަށެވެ.

އިރާނުގެ މީޑިއާތަކުން ހޮނިހިރު ދުވަހު ރިޕޯޓްކުރި ގޮތުގައި އެމަނިކުފާނު އަވަހާރަވީ ދިގު އާލާސްކަންފުޅަކާ އުޅުއްވުމަށް ފަހު ޕެރިސް ހޮސްޕިޓަލުގަ އެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި ބަނީސަދްރު ޖަލުގައި ބަންދުކުރެއްވީ އިރާނުގެ ރަސްގެފާނު ޝާހުގެ ވެރިކަމާ ދެކޮޅަށް މަސައްކަތް ކުރައްވާތީ އެވެ.

އޭގެ ފަހުން ފްރާންސަށް ވަޑައިގެން އާޔަތުﷲ ރޫހުﷲ ހާމަނާއީއާ އެކު ފެއްޓެވި މަސައްކަތުގެ ތެރެއިން ދެ ބޭފުޅުން ގާތް އެކުވެރިންނަށް ވި އެވެ.

އިސްލާމީ އިންގިލާބުގެ ތެރޭގައި އެ ދެ ބޭފުޅުން އެނބުރި އިރާނަށް ވަޑައިގެންނެވީ ވެސް އެކުގަ އެވެ. އެއަށްފަހު ބަނީސަދްރު ހުންނެވީ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ކަމުގަ އެވެ.

އިރާނުގެ ފުރަތަމަ ރައީސްކަމަށް އެމަނިކުފާނު އިންތިހާބުވެވަޑައިގެންނެވީ ޝެއިހުންގެ ތާއީދާއެކު އެވެ. ވެރިކަން ފެށުމާއެކު ވެސް ބަނީސަދްރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެވަޑައިގެންނެވި އެވެ.

އެގޮތުން އެމެރިކާ އެމްބަސީގައި ބަޔަކު ރަހީނު ކުރުމުގެ ހާދިސާ އާއި އިރާނާއި އިރާގާ ދެމެދު ކުރި ހަނގުރާމަ އާއި ޝެއިހުންގެ ފާޑުކިޔުން ވެސް ދިމާވި އެވެ.

ސިޔާސީ ނިޒާމުގެ ތެރޭގައި ޝެއިހުންގެ ބައިވެރިވުން އޮތުމާ ބަނީސަދްރު ދެކޮޅު ހެއްދެވި އެވެ. އެ ކޯޅުންގަނޑުގެ ތެރެއިން އިރާނުގެ ފުރަތަމަ ރޫހާނީ ލީޑަރު ހާމަނާއީގެ ރުހުމާއެކު ޕާލިމެންޓުން އެމަނިކުފާނު އަޒުލުކުރެއްވި އެވެ.

އޭގެ އެއް މަސް ފަހުން، ބަނީސަދްރު ސިއްރުން ގައުމު ދޫކޮށް ފްރާންސަށް ވަޑައިގެންނެވީ އިރާނިއަން އެއާފޯސް ބޮއިންގް 707 ބޯޓެއްގަ އެވެ. އެއާއެކު ފްރާންސުން އެމަނިކުފާނަށް ރައްކާތެރިކަން ދިނެވެ.

ޝެއިހުންނާ ދެކޮޅަށް މަސައްކަތް ކުރުމަށް ނޭޝަނަލް ކައުންސިލް އޮފް ރެޒިޒްޓަންސް އޮފް އިރާން އުފެއްދެވި ނަމަވެސް އޭގެ ތިން އަހަރު ފަހުން 1984 ގައި އެ ހަރަކާތާ ވަކިވެވަޑައިގެންނެވި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ރޮއިޓާޒް އަށް ދެއްވި އިންޓަވިއުއެއްގައި ބަނީސަދްރު ވިދާޅުވީ 1989 ގައި އަހަވާރަވި ހާމަނާއީ ވަނީ ބާރު ލިބުމުން އިންގިލާބުގެ އުސޫލުތަކާ ހިލާފުވެވަޑައިގެންފައި ކަމަށެވެ.

ބަނީސަދްރު ވިދާޅުވީ އިސްލާމީ އިންގިލާބަށް ފަހު އިރާނަށް ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ލިބޭނެކަމަށް ގަބޫލުކުރެއްވި ކަމަށެވެ.

"އަޅުގަނޑު ހުރީ ބައްޕަޔަކު ރާ ބޯން ދެވިހިފާ މަންޒަރު ބަލަން ހުރި ކުއްޖެއް ގޮތަށް. މި ފަހަރު މަސްތުވާ އެއްޗަކަށްވީ ބާރު،" އާޔަތުﷲ އާ ގުޅޭ ގޮތުން ބަނީސަދްރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox