ރޯގާ އަދި ހުމުގެ އަލާމާތްތަކާއެކު ހޮސްޕިޓަލުގައި އެނދުމަތި ކުރައްވައިގެން ފަރުވާ ހޯއްދެވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް އެމަނިކުފާނުގެ ރަސްމީ ގެކޮޅު ހިލާލީގެއަށް ވަޑައިގެންފި އެވެ.
ފައިސަލް ގެކޮޅަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގަ އެވެ. ހުމުގެ އަސަރު ކުރައްވާތީ ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު އެމަނިކުފާނު ހަށިކޮޅުގައި އެ ބަލި ނެތް ކަމަށް އެނގިފައިވެ އެވެ.
ނަމަވެސް މިދިޔަ މެއި މަހު ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަތެވެ.
މިއީ ނައިބު ރައީސްގެ ބަލިހާލު ދެރަވެގެން މި އަހަރުތެރޭ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ދެވަނަ ފަހަރެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ބަލިހާލު ދެރަވެގެން ނައިބު ރައީސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އެފަހަރު ވެސް ނައިބު ރައީސް ވަނީ ކޮވިޑަށް ނެގެޓިވްވެފަ އެވެ.














