ސައުދީ ޑީލު ކާމިޔާބު، ނިއުކާސަލް މަހުޖަނު ކްލަބްތަކުގެ ކުރިއަށް

Oct 8, 2021, 5:42 AM
ނިއުކާސަލްގެ ބައެއް ސަޕޯޓަރުން އުފާފާޅުކުރަނީ.

ނިއުކާސަލްގެ ބައެއް ސަޕޯޓަރުން އުފާފާޅުކުރަނީ.

ނިއުކާސަލް (އޮކްޓޫބަރު 8) - ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް، ނިއުކާސަލް ޔުނައިޓެޑް ގަތުމުގެ ޑީލް ނިންމާލުމާ އެކު ދުނިޔޭގެ ފުޓްބޯޅައިގެ މަހުޖަނުން ހިންގާ ކްލަބްގެ ލިސްޓުގެ ކުރިއަށް ނިއުކާސަލްގެ ނަން އަރައިފި އެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން މެޖޯރިޓީ ހިއްސާާާއާ އެކު ނިއުކާސަލް ގަތްކަން އިއުލާނުކުރީ ރޭ އެވެ. ނިއުކާސަލް ގަންނަން ޖުމްލަ 408 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ އޮތް ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ ފުޓްބޯޅަ ކްލަބެއް ހިންގާ ބައެއްގެ އެންމެ ބޮޑު މިލްކިއްޔާތެވެ. ދެން އެ ޓީމާ އެންމެ ކައިރި ކުރަނީ މެންޗެސްޓާ ސިޓީ ހިންގަމުން އަންނަ ސިޓީ ފުޓްބޯލް ގްރޫޕްގެ ވެރިޔާ ޔޫއޭއީގެ ޝެއިހް މަންސޫރެވެ. އޭނާގެ މިލްކިއްޔާތުގައި 32 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ޕްރިމިއާ ލީގުގެ އޮފިޝަލަކު ބުނީ ނިއުކާސަލްގެ އާ ބޯޑު ރަޖިސްޓްރީ ކޮށްދިނީ ސައުދީގެ ސަރުކާރުގެ އެއްވެސް އޮފިޝަލެއް ނުހިމެނޭ ގޮތަށް ކަމަށެވެ.

ޕީއައިއެފްގެ ގަވަރުނަރު ޔާސިރް އަލް ރުމައްޔާން ވިދާޅުވީ ނިއުކާސަލް އަކީ އިނގިރޭސި ވިލާތުގެ ގިނަ ބަޔަކު ސަޕޯޓްކުރާ ކްލަބެއް ކަމަށެވެ. އަދި މިއީ ނިއުކާސަލްގެ ތާރީހު ބަދަލުކުރަން މަސައްކަތް ފަށަންވީ ވަގުތު ކަމަށް ރުމައްޔާން ވިދާޅުވި އެވެ.

ޕީއައިއެފްގެ ގަވަރުނަރު ރުމައްޔާން އިންޓަވިއުއެއް ދެއްވަނީ.-- ފޮޓޯ: އޭއެފްޕީ

ނިއުކާސަލް ގަންނަން ޕީއައިއެފާ ބައިވެރިވި އަމަންޑާ ސްޓަވީލީސް ބުނީ ޓާގެޓަކީ ނިއުކާސަލަކީ ކުރިއަށް އޮތް 10 އަހަރު ތެރޭ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައި ޔޫރަޕްގެ އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައި ފައިތިލަ ސާބިތުކޮށްފައިވާ ޓީމަކަށް ވުމެވެ.

މި ވަގުތު ނިއުކާސަލްގެ ކޯޗުކަމާ ހަވާލުވެ ހުރި ސްޓީވް ބްރޫސްގެ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކަން އަމަންޑާ ބޭނުމެއް ނުވި އެވެ.

ދެ ވަނަ ފަހަރު ކުރި މަސައްކަތް ކާމިޔާބު

ޕީއައިއެފް އިން މިދިޔަ އަހަރު ނިއުކާސަލް ގަންނަން ހުރިހާ ލިޔެކިއުންތަކެއް ހުށަހަޅައި މަސައްކަތްތައް ކުރިއަށްގެންދިޔަ ނަމަވެސް ތަފާތު ގިނަ ޕްރެޝަރުތަކަކާ ހެދި ޕްރިމިއާ ލީގުން ނިއުކާސަލްގެ އާ ބޯޑު ރަޖިސްޓްރީ ނުކޮށްދިނެވެ.

އެއީ މި ޑީލްގައި ސައުދީ ސަރުކާރާ ގުޅޭ ބައިވެރިވުން އޮތުމުން ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ހެދި އެވެ. އެންމެ ފަހުން އޭރު ޕީއައިއެފް އިން ނިންމީ ޑީލް އަނބުރާ ގެންދާށެވެ. އެކަމަކު، މިހާރު އެ ޑީލް މި ނިންމައިލީ މީގެކުރިން ހުރި ޗެލެންޖްތަކާ ކުރިމަތިލައި ހައްލި ހޯދަން މަޝްވަރާތަކެއް ވެސް ކުރެވިގެންނެވެ

ސައުދީގެ ހިއްސާ ބޮޑު ބަޔަކަށް ނިއުކާސަލް ވިއްކާނުލަން ޕީއެސްޖީގެ ރައީސް ނާސިރު ހެއްލާފީގެ ބޮޑު ހިއްސާއެއް އޮންނަ މީޑިއާ އެއް ކަމަށްވާ ބީން ސްޕޯޓްސް އިން ވެސް ވަނީ މީގެ ކުރިން ގޮވާލައިފަ އެވެ. ބީން ސްޕޯޓްސް އިން އޭރު ތުހުމަތުކުރި ގޮތުގައި ހޯސްޓް ބްރޮޑްކާސްޓް އެގްރީމެންޓެެއް ނެތި ސައުދީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އޮފިޝަލުންގެ ހިއްސާ އޮންނަ ގިނަ ކުންފުނިތައް އަޑީގައި އޮވެގެން ޕްރިމިއާ ލީގުގެ މެޗުތައް ސައުދީގައި ދައްކަ އެވެ. އަދި ނިއުކާސަލް ޑީލް ކުރިއަށް ގޮސްފިނަމަ ސައުދީ އޮފިޝަލުން މިކަން ފުޅާ ދާއިރާއެއްގައި ކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ބީން ސްޕޯޓްސް އިން އޭރު ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސައުދީން މި ފަހަރު ނިއުކާސަލް ގަންނަން މަސައްކަތް މި ފެށީ ބީން ސްޕޯޓްސްއާ އެކު ވެސް ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ. އެ ބައްދަލުވުމުގައި ވަނީ ވަގަށް މެޗުތައް ސްޓްރީމް ކުރުން ހުއްޓުވަން ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފަ އެވެ.

މިދިޔަ އަހަރު ސައުދީން ނިއުކާސަލް ގަންނަން މަސައްކަތްކުރިއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަަނަލް އިން ވަނީ އެ ޑީލާ ދެކޮޅަށް އިންޒާރެއް ދީފަ އެވެ. އެ ޖަމިއްޔާ އިން ތުހުމަތުކުރާ ގޮތުގައި ސައުދީން އިސްވެ ކުޅިވަރު ހަރަކާތްތަކަށް އިންވެސްޓްކުރަނީ އެ ގައުމުން އިންސާނިއްޔަތާ ހިލާފަށް ހިންގާ އަމަލުތައް ފޮރުވުމުގެ ގޮތުން ކަމަށެވެ. އެކަމަކު، މި ފަހަރު ނިއުކާސަލްގެ ޑީލް ސައުދީގެ ޕީއައިފް އިން ނިންމާލިއިރު، އެމްނެސްޓީން މީޑިއާގައި ވާހަކައެއް ނުދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox