އަގްސާ މިސްކިތުގައި ޔަހޫދީ އަޅުކަމަށް ހުއްދަ ދޭން އުޅޭތީ މުސްލިމުންގެ ނުރުހުން!

އަލް އަގްސާ މިސްކިތުގެ ސިޑިން މުސްލިމް އަންހެނަކު ފައިބާއިރު، މިސްކިތުގެ ގޯތިތެރޭގައި ޔަހޫދީންގެ ގްރޫޕެއް މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

އަލް އަގްސާ މިސްކިތުގެ ސިޑިން މުސްލިމް އަންހެނަކު ފައިބާއިރު، މިސްކިތުގެ ގޯތިތެރޭގައި ޔަހޫދީންގެ ގްރޫޕެއް މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

ގުދުސް (އޮކްޓޯބަރު 7) - އަލް އަގްސާ މިސްކިތުގެ ގޯތިތެރޭގައި "އަޑުމަޑުކޮށް" ޔަހޫދީ އަޅުކަން ކުރަން ހުއްދަ ދޭން ޖެހޭނެ ކަމަށް އިޒްރޭލުގެ ފަނޑިޔާރަކު މި ހަފުތާގައި ނިންމުމުން މުސްލިމުން ނުރުހުން ފާޅުކުރަމުން އެބަދެ އެވެ.

އަލް އަގްސާ މިސްކިތަކީ މުސްލިމުންނާއި ޔަހޫދީންގެ އިތުރުން ނަސާރާ ދީނުގެ މީހުންނަށް ވެސް ހާއްސަ ތަނެކެވެ. ޔަހޫދީން އަލް އަގްސާ މިސްކިތަށް ކިޔަނީ ޓެމްޕަލް މައުންޓް އެވެ. އަގްސާ މިސްކިތް ހުންނަނީ ފަލަސްތީނުގެ ބިމެއް ކަމަށްވާ އިރުމަތީ ގުދުސްގަ އެވެ.

އިޒްރޭލުން ވަނީ މީގެ އަހަރުތަކެއް ކުރިން އިރުމަތީ ގުދުސް އަށް ވެރިވެގަނެފަ އެވެ. ނަމަވެސް އަގްސާ މިސްކިތުގެ ކަންކަން ބަލަހައްޓަނީ ވަގުފު އިސްލާމިކް އެފެއާޒް ކައުންސިލުންނެވެ.

ގުދުސް މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ބިލްހާ ޔަހަލޫމް މިދިޔަ އަންގާރަ ދުވަހު ނެރުނު ނިންމުމާ ގުޅިގެން ވަގުފު ކައުންސިލުން ބުނީ އެއީ ރުޅިވެރިކަން އުފެއްދުން ކަމަށެވެ. ފަލަސްތީނުގެ ބޮޑު ވަޒީރު މުހައްމަދު އިޝްތަޔާ ވަނީ އެ ނިންމުން ތަންފީޒު ކުރުމާ ދެކޮޅަށް އިޒްރޭލަށް އިންޒާރު ދީފަ އެވެ.

ފަނޑިޔާރު ޔަހަލޫމް އެގޮތަށް ނިންމީ ޔަހޫދީ ފާދިރީ އާރްޔޭ ލިޕޯ އަގްސާ މިސްކިތުގައި އަޅުކަން ކުރުމުން ސެޕްޓެމްބަރު 29 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާ އަށް އޭނާ އަށް މިސްކިތުގެ ގޯތިތެރެއަށް ނުދެވޭނެ ކަމަށް ވަގުފު ކައުންސިލުން އެންގުމުން، އެކަން ކޯޓަށް ހުށަހެޅުމުންނެވެ.

ވަގުފު ކައުންސިލުން ޔަހޫދީންނަށް އަގްސާ މިސްކިތުގެ ގޯތިތެރެއަށް ޒިޔާރަތް ކުރުމުގެ ހުއްދަ ވަކި ވަގުތުތަކެއްގައި ދެ އެވެ. ނަމަވެސް އަގްސާ އަށް ޔަހޫދީން ބާރު ފޯރުވަން އުޅޭކަމުގެ ތުހުމަތަކީ މުސްލިމުން އަބަދުވެސް ކަންބޮޑުވާ މައްސަލަ އެކެވެ.

ނަވާރަ ސަތޭކަ ސާޅީސް އަށެއްގައި އިޒްރޭލު އުފެދުމުގެ ކުރިން، އިނގިރޭސިން ބާރު ހިންގި ފަލަސްތީނުގައި 1929 ވަނަ އަހަރު ހިނގި ހަމަނުޖެހުންތައް ވެސް ގުޅިފައި ވަނީ އަގްސާ މިސްކިތުގައި ޔަހޫދީން އަޅުކަން ކުރަން އުޅޭ ކަމަށް ކުރެވޭ ތުހުމަތުތަކާ އެވެ.

ގުދުސްގައި ފަލަސްތީނު ރައްޔިތުން ގެތަކުން ނެރެން މަސައްކަތް ކުރުމުން މިދިޔަ މޭ މަހު އުފެދުނު ހަމަނުޖެހުން އަގްސާ މިސްކިތުގެ ގޯތިތެރެއަށް ވެސް ފެތުރުނެވެ. އޭގެ ފަހުން އިޒްރޭލާއި ގާޒާގައި ވެރިކަން ކުރާ ހަމާސްއާ ދެމެދު 11 ދުވަސް ވަންދެން ހަނގުރާމަ ކުރި އެވެ.

އަގްސާ މިސްކިތުގެ ގޯތިތެރޭގައި ޔަހޫދީން އަޅުކަން ކުރުން އިޒްރޭލުގެ ގާނޫނުން މަނާނުކުރެ އެވެ. ނަމަވެސް 1967 ވަނަ އަހަރު އިޒްރޭލުގެ އިރުމަތީ ގުދުސް ހިފުމަށް ފަހު، ހަމަނުޖެހުން އުފެދިދާނެކަމުގެ ބިރަށް ޔަހޫދީން މިސްކިތުގެ ގޯތިތެރޭގައި އަޅުކަން ކުރުން މަނާކަމަށް އެންގި އެވެ.

މިދިޔަ އަންގާރަ ދުވަހު ފަނޑިޔާރު ޔަހަލޫމް ނެރުއްވި ނިންމުމާ ގުޅިގެން މުސްލިމް ލީޑަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ޔަހޫދީންގެ އަޅުކަމަށް ހުއްދަ ދިނުމަކީ ހަމަނުޖެހުމަށް ހިތްވަރުދީ، އަގްސާ މިސްކިތުގެ ކަރާމާތް ނަގާލަން ކުރާ ކަމެއް،" މިސްކިތުގެ ޑިރެކްޓަރު ޝެއިހް އުމަރު އަލް ކިސްވާނީ ވިދާޅުވި އެވެ.

"އެ ނިންމުމަކީ ގާނޫނީ ބުރަދަނެއް ހުރި ނިންމުމެއް ވެސް ނޫން. އެއީ އަލް އަގްސާ މިސްކިތުން އިޒްރޭލުގެ ގާނޫނު ބަލައިނުގަންނާތީ."

ސައުދީ އަރަބިއްޔާގައި ގާއިމްކޮށްފައި ހުންނަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބުނީ އިޒްރޭލުން "ގުދުސް ކޯޓުގެ" ނަމުގައި ހިންގާ ކޯޓުން ނެރުނު ނިންމުން ކުށްވެރި ކުރާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox