ނިއުކާސަލް ގަންނަން ސައުދީން އަލުން މަސައްކަތް ކުރަނީ

Oct 7, 2021, 3:35 AM
ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން.

ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން.

ނިއުކާސަލް (އޮކްޓޫބަރު 7) - ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް، ނިއުކާސަލް ޔުނައިޓެޑް ގަންނަން ކުރާ މަސައްކަތް އަލުން ފަށާފައިވާއިރު، އެ ޑީލް ވަރަށް އަވަހަށް ނިމުމުގެ ފުރުސަތު އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން މިދިޔަ އަހަރު ނިއުކާސަލް ގަންނަން ހުށަހެޅީ ޕީއައިއެފް އަށް ބޮޑު ހިއްސާއެއް ލިބޭ ގޮތަށް އަމަންޑާ ސްޓަވިލީސްގެ ޕީސީޕީ ކެޕިޓަލް ޕާޓްނާސްގެ ފަރާތުންނެވެ. ހުރިހާ ލިޔެކިއުންތަކެއް ހުށަހަޅައި މަސައްކަތްތައް ކުރިއަށްގެންދިޔަ ނަމަވެސް ތަފާތު ގިނަ ޕްރެޝަރުތަކަކާ ހެދި ޕްރިމިއާ ލީގުން ނިއުކާސަލްގެ އާ ބޯޑު ރަޖިސްޓްރީ ނުކޮށްދިނެވެ. އެއީ މި ޑީލްގައި ސައުދީގެ ބައިވެރިވުން އޮތުމުން ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކާ ހެދި އެވެ. އެންމެ ފަހުން އޭރު ޕީއައިއެފް އިން ނިންމީ ޑީލް އަނބުރާ ގެންދާށެވެ.

ޕީއައިއެފް އިން މި ފަހަރު ޕްރިމިއާ ލީގަށް ހުށަހެޅި ބޯޑުގައި ވަނީ ސައުދީ ސަރުކާރާ ގުޅޭ އެންމެންގެ ނަން އުނިކޮށްފަ އެވެ. އެހެންވެ، ވަރަށް އަވަހަށް އާ ބޯޑުގެ ރަޖިސްޓްރީ ކަންކަން ނިމޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސައުދީގެ ހިއްސާ ބޮޑު ބަޔަކަށް ނިއުކާސަލް ވިއްކާނުލަން ޕީއެސްޖީގެ ރައީސް ނާސިރު ހެއްލާފީގެ ބޮޑު ހިއްސާއެއް އޮންނަ މީޑިއާ އެއް ކަމަށްވާ ބީން ސްޕޯޓްސް އިން ވެސް ވަނީ މީގެ ކުރިން ގޮވާލައިފަ އެވެ. ބީން ސްޕޯޓްސް އިން އޭރު ތުހުމަތުކުރި ގޮތުގައި ހޯސްޓް ބްރޮޑްކާސްޓް އެގްރީމެންޓެެއް ނެތި ސައުދީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އޮފިޝަލުންގެ ހިއްސާ އޮންނަ ގިނަ ކުންފުނިތައް އަޑީގައި އޮވެގެން ޕްރިމިއާ ލީގުގެ މެޗުތައް ސައުދީގައި ދައްކަ އެވެ. އަދި ނިއުކާސަލް ޑީލް ކުރިއަށް ގޮސްފިނަމަ ސައުދީ އޮފިޝަލުން މިކަން ފުޅާ ދާއިރާއެއްގައި ކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް ބީން ސްޕޯޓްސް އިން އޭރު ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ސައުދީން މި ފަހަރު ނިއުކާސަލް ގަންނަން މަސައްކަތް މި ފެށީ ބީން ސްޕޯޓްސްއާ އެކު ވެސް ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު އެވެ. އެ ބައްދަލުވުމުގައި ވަނީ ވަގަށް މެޗުތައް ސްޓްރީމް ކުރުން ހުއްޓުވަން ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފަ އެވެ.

މައިކް އެޝްލީ، 2007 ވަނަ އަހަރު 134 މިލިއަން ޕައުންޑަށް ގަތް ނިއުކާސަލް ސައުދީ ޑީލްގެ ތެރެއިން ވިއްކާލަން ނިންމާފައި އޮތީ 300 މިލިއަން ޕައުންޑަށެވެ. ނިއުކާސަލްގެ މި ޑީލް ކުރިއަށްދާނީ ކްލަބްގައި ޕީއައިއެފްގެ ޗެއާމަންގެ ހައިސިއްޔަތުން ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނަށް 80 ޕަސެންޓް ލިބޭ ގޮތަށެވެ. ބާކީ 20 ޕަސެންޓް ބެހިފައި އޮތީ ދެ ކުންފުންޏަކަށެވެ. އޭގެ ތެރެއިން ކޮންމެ ބަޔަކަށް 10 ޕަސެންޓް ލިބޭނެ އެވެ.

ނިއުކާސަލް ސަޕޯޓަރުންގެ ޓްރަސްޓް ގްރޫޕްގެ ސާވޭ އަކުން ދައްކާ ގޮތުގައި 93 ޕަސެންޓް މީހުން ބޭނުންވަނީ ސައުދީ ޑީލް ކުރިއަށް ދިއުމަށެވެ. ގިނަ ބަޔަކު މައިކް އެޝްލީގެ ލީޑަޝިޕާ މެދު ހިތްހަމަނުޖެހި މިދިޔަ 14 ވަރަކަށް އަހަރު ވަނީ ދަނޑުތެރޭގަޔާއި ދަނޑު ބޭރުގައި އަޑުއުފުލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox