އިޓަލީގެ ބޮޑު ރެކޯޑް ނިމުމަކަށް ގެނެސް ސްޕެއިން ނޭޝަންސް ލީގު ފައިނަލަށް

Oct 6, 2021, 9:13 PM
އިޓަލީގެ ބޮޑު ރެކޯޑް ނިމުމަކަށް ގެނެސް ސްޕެއިން ނޭޝަންސް ލީގު ފައިނަލަށް

މިލާން، އިޓަލީ (އޮކްޓޫބަރު 6) - ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭ އިޓަލީގެ މައްޗަށް 2-1 އިން ކުރިހޯދައި ސްޕެއިނުން މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ސްޕެއިނުން އިޓަލީގެ މައްޗަށް ކުރިހޯދި އެ ޓީމުގެ ބަލިނުވުމުގެ ރެކޯޑަށް ނިމުން ގެނެސްފަ އެވެ. އިޓަލީ ވަނީ މިރޭ ސްޕެއިނާ ދެކޮޅަށް ކުޅުނު މެޗާ ހަަމައަށް އައިއިރު، ބަލިނުވެ 37 މެޗު ހަމަކޮށް, ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ. އެ ރެކޯޑް ގާއިމްކުރުމުގެ ތެރޭގައި އިޓަލީ ވަނީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ހަވާލުވި ފަހުން އެ ޓީމުން ބަލިނުވެ 37 މެޗު ހަމަކުރިއިރު، އޭގެއިން 28 މެޗުން މޮޅުވެ، ނުވަ މެޗު އެއްވަރުކުރި އެވެ. އިޓަލީގެ ގޯލަށް 1168 މިނިޓު ލަނޑެއް ނުވަދެ ނިންމާލައި ކްލީންޝީޓްގެ ރެކޯޑް ވެސް ގާއިމްކުރި އެވެ. މިރޭގެ ކުރިން އެންމެ ފަހުން އިޓަލީ ބަލިވީ 2018 ވަނަ އަހަރުގެ 10 ސެޕްޓެމްބަރުގަ އެވެ. އެއީ ޕޯޗުގަލް އަތުންނެވެ.

މިލާންގެ ސެން ސީރޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 17 ވަނަ މިނިޓްގައި ސްޕެއިނުން ލީޑުނެގީ ފެރާން ޓޮރޭޒް ޖެހި ގޯލުންނެވެ. މިކޭލް އޮޔާޒަބާލް ހުސްކޮށްލާފައި ނަގައިިދިން ބޯޅަ އޭރިއާތެރެއިން ޓޮރޭޒް ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

އިޓަލީ އަށް އެއްވަރު ކޮށްދޭން ލޮރެންޒޯ އިންސީނިއާ ޖެހި ބޯޅަ އަރިމަތިން ދިޔައިރު، ފެޑެރީކޯ ބާނަޑޭޝްކީ ޖެހި ބޯޅަ ސްޕެއިނުގެ ކީޕަރު އުނައި ސިމޯން އަތުގައި އަދި ދަނޑީގައި ވެސް ޖެހިފައިވީ ބޭރެވެ.

އިޓަލީ އަށް މި މެޗުގައި މައްސަލަ ދިމާވީ 42 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. ދެ ވަނަ ރީނދޫ ކާޑު ދެއްކީ ފުއްމައިގެން އަަރައި ބޯޅައިގައި ބޮލުން ޖަަހަން އުޅުމުގެ ތެރޭގައި ސްޕެއިންގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ގައިގައި އުޅަބޮށިން ޖެހި ކަމަށް ބަލައިފަ އެވެ.

މިރޭގެ މެޗުގައި ސްޕެއިނަށް ކުޅުނު މިޑްފީލްޑަރު ޕަބްލޯ ގަވީ.

އިޓަލީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮރޭޒް ވަނީ ސްޕެއިންގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މި ގޯލު ޖަަހަން ވެސް ފުރުސަތު ދިނީ މެޗުގައި މޮޅަށް ކުޅުނު އޮޔާޒަބާލް އެވެ.

ސްޕެއިނުން މިރޭގެ މެޗުގައި ކުޅުނީ ބާސެލޯނާގެ އަރަމުން އަންނަ ތަރި ޕަބްލޯ ގަވީ ލައިގެންނެވެ. ގަވީ މިރޭގެ މެޗުގައި ކުޅުމާ އެކު އޭނާ ވެފައިވަނީ ރަސްމީ މެޗެއްގައި ކުޅުނު ސްޕެއިންގެ އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. މެޗުގައި ކުޅުނުއިރު ގަވީ އަށް އަދި އެންމެ 17 އަހަރެވެ.

މެޗުގައި އިޓަލީން ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ 83 ވަނަ މިނިޓްގަ އެވެ. އެޓޭކްކުރަން ސްޕެއިން ކުޅުންތެރިން ކުރިއަށް އަރައި ތިއްބައި ލިބުނު ބޯޅައެއް ހޯދައި، އެ ހިފައިގެން އިޓަލީގެ ފެޑެރީކޯ ޗިއޭސާ ވަނީ އޭރިއާތެރެއަށް ވަދެ، ހުސްކޮށް ހުރި ލޮރެންޒޯ ޕެލެގްރީނީ އަށް ދީފަ އެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ނިމިދިޔަ ޔޫރޯގެ ސެމީ ފައިނަލްގައި ސްޕެއިން ކެޓީ ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބަލިވެގެންނެވެ. އަދި އޮލިމްޕިކްސްގެ ފައިނަލްގައި ވަނީ ބްރެޒިލް އަތުން އިތުރު ވަގުތުގައި ބަލިވެފަ އެވެ. ސްޕެއިންގައި މިހާރު އޮތް ޒުވާން ޓީމަށް ނޭޝަންސް ލީގު ކާމިޔާބު ކުރެވިއްޖެނަމަ އެއީ މުސްތަގުބަލަށް އެޅޭނެ ބިންގަލެކެވެ. އަދި އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން ސްޕެއިން ކޯޗު ލުއިސް އެންރީކޭ އަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

ފައިނަލުގައި ސްޕެއިން ނުކުންނާނީ ބެލްޖިއަމާއި ފްރާންސް ކުޅޭ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ފައިނަލް އާދިއްތަ ދުވަހުގެރޭގަ އެވެ. ދެ ވަނަ ސެމީ އާއި ފައިނަލް ވެސް ކުޅޭނީ އިޓަލީގެ ސްޓޭޑިއަމްތަކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox